ބޯކޮށް ވާރޭވެހޭނެ މެދު ރާއްޖެތެރޭގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.

މިއަދު އިރުއޮއްސި 18:00 އިން މިރޭގެ 23:00 އާއި ހަމައަށް ދިގުލައިގެން ދާނެކަމަށް ބުނެފައިވާ، މި ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށެވެ.

މި އަތޮޅުތަކަށް ހުދުސަމާލު ނެރެފައިވަނީ، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށެވެ.

ކުރިއަށް އޮތް 24 ގަޑިރިއަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

އަދި އުތުރުގެ އަތޮޅުތަކަށް އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު