އިސްލާމީ އަޤީދާ ދިވެހިންގެ ހިތްތަކުގައި ސާބިތު ކުރުމަށް އަހަންމިއްޔަތުކަން ދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހް މިހެން ވިދަޅުވެފައި ވަނީ ކީރިތި ރަސޫލާ (ސ.އ.ވ) ގެ އީދުމީލާދީގެ މުނާއްސަބަތުގައި ދެއްވި ހިތޯބެއްގައެވެ.
ސާލިހު ވިދާޅުވީ، އާލަމްތަކަށް ރަހުމަތެއް ކަމުގައި ފޮނުއްވެވި ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަސް ފާހަގަކުރަނީ މާތް މަގްސަދެއްގައި ކަމަށެވެ.
"އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ޙަޔާތްޕުޅުންނެވެ. އިންސާނީ މުޖްތަމަޢެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް، އެކަލޭގެފާނު ވަނީ ޢަމަލީ ގޮތުން ދައްކަވައިދެއްވައިފައެވެ" ރައީސް ސާލިހްގެ ހިތާބުގައި ވަނީ ވިދާޅުވެފައެވެ.
އަދި އެކަކު އަނެކަކާ ބައްދަލުވާހިނދު، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްކޮށް އުޅުމަކީ، އެކަލޭގެފާނު މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދު ކަމަށް ރައީސްގެ ހިތަބުގައި ވަނީ ވިދާޅުވެފައެވެ. އަދި އަނެކުންނަށް އިޙްތިރާމް ކުރުމާއި، މަޢާފްކުރުމާއި، ބަދަލު ނުހިފުމަކީ، އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެންނަށް ދޫކުރެއްވި، އިންސާނީ އަޚްލާޤިއްޔާތުގެ އެންމެ ވިދުންގަދަ މުތީތަކެވެ. ކޮންމެ ކަމެއްގައިވެސް ޢަމަލާއި ބަހުން ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި، ވަފާތެރިވުމަކީ، ނަޒާހަތްތެރިކަމުގައި އެކަލޭގެފާނު ދެއްކެވި އެންމެ މަތީ މިންގަނޑު ކަމަށާއި މުސްކުޅިންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ހެޔޮ ފޯރުވުމާއި، ފަޤީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ، އިޖްތިމާޢީ ޢަދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތައް ކަމަށްވެސް އެހިތާބުގައި ވެއެވެ.
އަދި އެފަދަ މަތިވެރި ބޭކަލެއްގެ އީދު މީލާދީގައި އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، ޢާލަމްތަކުގެ ވެރި ﷲ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ޢަޤީދާގައި، އަޅުގަނޑުމެންގެ ހިތްތައް ސާބިތު ކުރުން ކަމަށް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ.
އަދި ރައީސް ސާލިހު ވަނީ ރަސޫލާގެ އީދުމީލާދީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަރިސްކުރާ ކަމަށް ވިދާޅުވެފައެވެ.
ތިހަަކައްވަރައް އިސްލާމްދީނައް ވެރިޔަކައްއިހާނެތިކޮއް ހިތޭނީ!!
ޗަކަހިންދާއަށް ކުރުވާހަކަ ކިޔައިދެނީތަތި؟
އެންމެ ރީތި ނަމޫނާ ކަމަށް ހުރިހާ ކުދީންވެސް ބުނަމުން ގެންދާތި.
މަތިވެރި ނަބިއްޔާގެ އީދު މީލާދު ފާހަގަ ކުރާއިރު، އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ، އާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ހަޒުރަތުން އެކަލޭގެފާނު ގެނެސް ދެއްވި، އެއްކައުވަންތަކަމުގެ އަގީދާގައި، ހިތްތައް ސާބިތު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. މިހެންވީމަދޯ ރަސޫލާއައް ފުރައްސާރަ ކުރިމީހުން ރައީސް އޮފީސްތެރޭގަ ބަހައްޓައިގެން ތިޔަހުންނެވީ. ކިތަންމެ ރީތިބަޔާންތަކެއް ނުވަތަ ހިތާބުތަކެއް ދެއްވިއަސް މަނިކުފާނުގެ ހިތައްބައްލަވައި ވޮޑިގެންވާފަރާތައް އެނގިވަޑައިގަންނަވާނެ މަނިކުފާނުގެ އައުވާނުންއިސްލާމްދީނަށް ފުރައްސާރަކުރަމުން ދާއިރު އެމީހުންނަށް މަގާމުތައް ދެއްވައިގެން ތިޔަހުންނެވީ މަނިކުފާނު ހިތުތެރޭގަ ކިހާވަރެއްގެ ދީނީލޯތްބެއްއޮވެގެންކަން.
ވަރަށް ގިނަ ބަޔަކު މިހާތަނަށް މިސާލު ނަގައި ނަމޫނާ ދައްކާފައިވޭ. ދިވެހީންގެ ތެރޭގައި ވެސް ވަރަށް ގިނައި އެބައިގެ މީހުންތައް.
ހިނިތުންވުން ކިތަންމެހާވެސް ރީތި. އަހަރެމެންގެ ހިނިތުންވުން މިހާ ރީތީވެސް އެހެންވެ.
އޭރުގެ ނަމޫނާއަކީ ކަނޑި. މިހާރު ބަޑިއާއި ބޮން.
ކަނޑި ނެގި މީހުންނަކީ މައްކާގެ މުޝްރިކުންގެ މީހުން.
"އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ޙަޔާތްޕުޅުންނެވެ. އިންސާނީ މުޖްތަމަޢެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް، އެކަލޭގެފާނު ވަނީ ޢަމަލީ ގޮތުން ދައްކަވައިދެއްވައިފައެވެ" ޢަމަލާ ބަހާ ދިމާކުރައްވާ! ދެން ކީއްވެތޯ އެކަލޭގެ ފާނަށް ފުރައްސާރަކުރަ ކުރާ އެމީހުން ހައްޔަރު ނުކުރައްވައި ތިޔަހުންނަވަނީ.
އިބޫ އަކީ ބަހާ ޢަމަލާ ދިމާނުވާ ވެރިއަކަށްވާތީ. އިބޫ އަކީ އަންނި މާލި ގެ އަތުތެރޭގައި އޮންނަ ކުޅޭކުޅޭ ބުދެއްކަމަށް ވާތީ.
އެ ހުރިހާ ނަމޫނާއެއް ބަލައި އެގޮތަށް ހަދަންވާނެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެކެވެ. އާދަކާދަ ތަކެވެ. ކާވެނި ތައްވެސް މެއެވެ.
ސުންނަޔުގެ ތެރޭގައި ހިމެނޭ، ރަސޫލާއަށް ޚައްޞަ ކަންކަމަކީ ކޮބައިކަން "މީހާ" އަށް އިނގޭތޯ؟
ތިބަޔާން ޝަހިންދާއަށް ސީީސީ ކޮށްލައްޗޭ.
މުނާފިގުކަމުގެ ވާހަކަ ދައްކާނެ ކަމެއްނެތް. އެތެރެއާއި ބޭރު މިހާރު އެނގިއްޖެ.
ބަހާ އަމަލާ ދމާނުވުމަކީ މުނާފިގުންގެ އަލާމާތެއް!!
މާތާހިރެއް ނޫން އިނގޭ އިސްލާމްދީނޭ ކިޔައިގެން ވާހަކަ ދައްކާ ކަށް. އަދިވެސް ދީނަށް ފުރައްސާރަ ކުރި މީހުން އިޢްޒަތުގައި ހެވިފައި.ޒީރޯ ޓޮލަރެންސް ހުންނަނީ ބޭނުންވާ ކަންކަމުގައި.
ލަދު ހަޔާތެއް ނެތެއްނު. ކަލޭ ފުރަތަމަ ދީން އުނގެނުން މުހިންމު.
އިސްލާމީ އަގީދާ ވަރުގަދަ ކުރައްވަންތޯ އެމްޑީއެން ގެ މީހުން ތިމާޔަށް ލަފާއަރުވަން ކައިރިޔަށް ލައިގެން ތިއުޅުއްވަނީ.
ހަހަހަ ކެކެކެ ކަކަކަ ހިންޏައިގެން އަވަދިވެއްޖެ. މީނަ ހީކުރަނީ މީނަ ބާގައިގަ ތިބޭކަހަލަ މޮޔައިން ކަމަށް އެންމެންނަކީ. ފާޑުފާޑުގެ މޮޅު ވާހަކަ ނުދައްކާ އެމްޑީއެން އުވާލާ އެބައިގަނޑަށް ފިޔަވަޅު އަޅާ. ކޮންހާ ބޭކާރު ވާހަކައެއް؟
ލަދުހަޔާތުގެ ކަންފުޅެއްވެސް މިމީހާ ކިބައަކު ނުވޭނު.
ލަދުހަޔާތުގެ ކަންފުޅެއްވެސް މިމީހާ ކިބައަކު ނުވޭނު.
މުނާފިޤު ކިޔަނީ ތިޔަ ކަހަމީހުންނަށެވެ. ބޭރު ފުށުން ދީން ވެރިވެގެން އެތެރެފުށުން ދީނަށް ފުރައްސާރަ ކުރާ މީހުންނެވެ. ޢެބައި މީހުން ނަމާދަށް ތެދުވާނީ ކަންނެތް ކމާއި ދެއްކުން ތެރި ކަމާއި އެ ކުގައެވެ.. މި ހާރު މިހަދާގޮތަ ކީ ރައްޔިތުން ރުއްސަން ދީނުގެ މޮޅުވާހަ ކަ ދައް ކާފަ ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިތްވަރު ދެނީ، މީ ކޮން ކަހަ ވެރިއެއް އަދިވެސް މޮޅުވާހަ ކަ އަޑު އަހާފަ ރައްޔިތުން އަތްޖަހަން ތިބެންވީތަ؟ މިވެރިންގެ މަ ކަރުވެރިކ ކަން ރައްޔިތުންނަށް އެނގޭ ކަށް ނުވޭތަ؟
ހާވަހާވައިގެން ވެސް ހާމަ ކުރަން ޖެހޭނީ ރަނގޅު ކަންތައް އެކަނި.
ފުރަތަމަ ކަލޭ ހިތު ގައި ތިކަން އަށަގަންނުވަންވީ.
ހިތްތަކުގައި އެކަނިތޯ އިސްލާމީ އަގީދާ އޮންނަންޖެހެނީ... އަމަލުގައި ނުވަތަ ވާހަކައިގެން އޮންނާކައް ނުކެޖެހޭތޯ.