ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފް ނުފޫޒް ފޯރުވާފައި ވާކަމަށް އިދިކޮޅުން ތުހުމަތުކޮށްފިއެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ވަޒީރެއްގަ މަގާމުގައި މަހުލޫފް ހުންނަވައިގެން ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ "ކަށަވަރުކަން" ހޯދުމަށް ޕޯލް ހުޅުވުންފަދަ އަމަލެއް ހިންގުމަކީވެސް ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށެވެ. އަދި މިސަރުކާރު ދިފާއުކުރެއްވުމަށް އެކްޓިވިސްޓެއްގެ މަގާމަށް ވަޒީރަކު ވެއްޓުމަކީ ލަދުވެތި ކަމެއް ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

"ދައުލަތުގެ ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން މިފަދަ ނާތަހުޒީބު އަމަލެއް ހިންގުމަކީވެސް ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުން. މަހުލޫފް މިސަރުކާރު ދިފާއު ކުރައްވަން އެކްޓިވިސްޓެއްގެ މަގާމަށް މަނިކުފާނު ވެއްޓުމަކީ ލަދުވެތި ކަމެއް" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ މަހުލޫފް ވަނީ ޕޯލް އެއް ހުޅުވައިގެން އާންމުންގެ ހިޔާލު ހޯދުމަށް މަސައްކަތް ފަށާފައެވެ. އެޕޯލް އަކީ 24 ގަޑިއިރަށް ހުޅުވާފައިވާ ޕޯލްއެކެވެ. އެޕޯލް އަށް ވޯޓުދިން މީހުންގެ 60 އިންސައްތަ މީހުން ވޯޓު ދީފައި ވަނީ ޔާމީން ޖަލަށްލާނެ ކަން ކަށަވަރުކަމަށެވެ. އަދި 40 އިންސައްތަ މީހުން ބުނެފައި ވަނީ ކަށަވަރު ނޫން ކަމަށެެވެ.

މަހްލޫފް މިފަދަ ޕޯލްއެއް ހުޅުވިއިރު، ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދިޔަ ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކޮށްފައި ވަނިކޮށް ނެރުއްވި ބަޔާނެއްގައި ވަނީ، ޔާމީން ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުން ބޭނުންވެގެން، ސަރުކާރުގެ އިސް ބޭފުޅުން އޭނާއަށް ގުޅިކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޥަގުލޫފް

    ޥަގުލޫފް މެނަކީ ވަޒީރުންގެ ފެންވަރު ހުރި މީހެއް ނޫން، އަދި މީނާ އުޅެނީ ޔާމީނާ އަޅައިގަނެގެން ނެއްޓެއް ނޭނގިގެން.

    74
    4
  2. ފާތުން

    ވަގުލޫފު ފުރަތަމަ ޖަލައް ލާންވީ ... ޔާނު އަތުން ކައި ކައި ގެން ކެވުނުވަރު މަދުވެގެން .. ވަގުލޫފު ފުރަތަމަ ޖަލައްލާ..

    49
    2
  3. ބިންގޯ

    މަހުލޫފު ވަޒީރު ކަމުންބޭރު ކޮއްލާ ދުވަހަކުން މަހުލޫފު މެން ގެޔަށް ބޮނޑި ބަތް ފޮނުވާނަން

    42
    2
  4. ޝައިޚް

    ކަލޭ ތި ކަހާ ކަނޑުލުގެ ހިތި ކަލޭ އަދި ފިލުވަން ޖެހޭނެ! ހޫދު ސޫރަތުގެ 10 ވަނަ އާޔަތް ކިޔާފަ މާނަ ބަލާލުން އެދެން. ދެން ހަމަ އެ ސޫރަތުގެ 15 ވަނަ އަޔަތް ކިޔާފަ މާނަ ބަލާލަ! އޭގެފަހުގައި މާތްﷲ އަށް ބިރުވެތިވުމަށް ނަޞޭޙަތްތެރިވަން.

    35
  5. ކެޔޮޅު

    ރަނގަޅުކަމެއްނުކުރާތާގަ ނުބައިކަމެއްތަނަކުކުރަންޏާ މަހުލޫފުގެ އަތެއްވާނެ!

    17
  6. އަބޯ

    ވަކަރުގޭ ކުދިންނަށް މަގާމް ލިބުނީމަ އޮޅޭނެ

    16
  7. ހަނދާން

    ރައީސް މައުމޫން އަތުން ތީމުގެއިން ލާރިގަނޑެއް އަތުލައިގެން ސިންގަޕޫރުގައި އުޅުނު ކަމަށް މާކުން ނައީމު ނެރުނު ރިޕޯޓެއްގައި އޮތް. އޭގެފަހުން ޔާމީނު އަތުން ލާރިތަކެއް ހޯދި ވާހަކައެއް އަމިއްލައަށް ދެއްކި. އެއަށްފަހު އެމްއެމްޕީއާރުސީގެ ލާރިތަކެއްގައި ޖެހުނު ތުހުމަތެއްގައި ސަސްޕެންޝަނުގައިވެސް ހުރި. މުސްކުޅިން ބުނެއުޅޭ އަޑެއްކިޔައިފިއްޔާ ރެދެއް ލާނެއޭ. މި ހުރިހާ ކަމެއްގެ އެންމެ ކުރީގައި މިސޮރުގެ ނަން އޮންނަންޖެހޭ ސަބަބަކީ ކޮބައިބާ؟

    9
    1
  8. ފުނަދޫ

    ވަގުލޫފު 33000 ޑޮލަރު ވަގު ޑޮލަރުވަގު އެއްޗެއްފެއްނަ އިރައް ހޭކެނޑެނީ ޑޮލަރުވަގު

  9. އަޙްމަދު

    މިކަހަލަ މީހުންނަށް މިނިސްޓަރު ކިޔަން ލަދު ގަނޭ! މީ ގޭންގުވެގެން އުޅޭ މީހެއް!