ފަނޑިޔާރަކަށް ނުފޫޒު ފޯރުވާކަން އެނގިހުރެ، އެކަން ފަނޑިޔާރު ވަންނާކޮށްގެން ހުރެ، މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ގެންދިއުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްޗަށް އުފުލިގެންދާނެ ތުހުމަތެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސެއިން ވިދާޅުވެއްޖެއެވެ.

ފާއިޒު މިއަދު ފޭސްބުކްގައި ޚަބަރެއް ޝެއާކުރައްވަމުން ވިދާޅުވީ ފަނޑިޔާރަކަށް ނުފޫޒު ފޯރުވާކަން އެނގިހުރެ، އެކަން ފަނޑިޔާރު ވަންހަނާކޮށްގެން ހުންނަވައި، އެ މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ގެންދިއުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްޗަށް އުފުލިގެންދާނެ ތުހުމަތެއް ކަމަށެވެ. އަދި އެއީ އެ ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށްވެސް ފާއިޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އުސޫލީ ވާހަކައެއްގެ ގޮތުގައި ފާހަގަ ކުރައްވައި އޭނާ ވިދާޅުވެފައިވަނީ މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ނުފޫޒެއް އޮތް ނަމަ ދެމަގެއް އިޚުތިޔާރުކުރުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އެ ދެމަގަކީ، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުފޫޒުގެ މައްސަލަ ގެނައުން ނުވަތަ އެމައްސަލައަކުން އެ ފަނޑިޔާރު ތަނާޒުލުވުން ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ވަގުތުތަކުގައި މަދުން ނަމަވެސް އެގޮތަށް ފަނޑިޔާރުން އަމަލު ކުރައްވާފައިވާ ކަމަށް ވެސް ފާއިޒު ވިދާޅުވިއެވެ.

"ފަނޑިޔާރަކު ތުހުމަތެއްގެ ތުންފަތް މަތީގައި ހުރެ ދިފާޢުއެއް ގޮތުގައި ކުރާ ތުހުމަތު ވެގެން ދާނީ ހުސް ތުހުމަށެވެ." ފާއިޒު ވިދާޅުވިއެވެ.

ފާއިޒުގެ ވާހަކަފުޅު އިޝާރާތް ކޮށްފައި ވަނީ މިހާރު މަގާމުގެ ޒިންމާތަކުން ދުރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޞީ އަހްމަދު ހައިލަމް ސަރުކާރުގެ ބައެއް ބޭފުޅުންނަށް ތުހުމަތުތަކެއް ކޮށް ނެރުއްވި ބަޔާނަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާޖުކީ ރާތު

    މީނައަށްވެސް މިގޯސްވީ ނުފޫޒުފޯވީއޭ ބުނިމީހާ ނުފޫޒު ފޯރުވިމީހާ ރަގަޅުވީ.. އަހަންނަ މީނައާމެދު ޝައްކު ފަޑިޔާރަކަންއުޅުނު ދުވަސްތައް.. އެކައުންޓްތަ ބެލިނަމަތާ އިގޭނީ.. އުއްތަމަފަޑިޔާރު މިހާރުވެސް އެއޮއްގޮވާނަގަނީ ނުފޫޒުފޯރުވަނީއޭ މަސްއޫލިއްޔަތު އަދާކުރަން ދަތިކުރަނީއޭ. ދެދުވަހުން އެއްދުވަހު ބަޔާނެ އެބަނެރޭ.. މީނައަށް އަޑުނީވެނީތާއެވާހަކަ.. އެކަމާމެދުވެސް ގޯސްވަނީ މިހާރުގެ އުއްތަމަފަޑިޔާރުދޯ.. މީހަމަ ވަކިކުރަންޖެހިގެން ވަކިކުރި މީހެއްކަން ގަބޫލުކުރެވިއްޖެ.. ސިޔާސީފިކުރު ތަޢައްޔަރުވެފަމިހުރީ..

    66
    8
  2. މުފައްކިރު.

    ވިދާޅުވީ އެކަން އޮންނަން ޖެހޭ ގޮތް ކަމަށް ވިޔަސް މިހާރުގެ ޙާލަތުން ރިޕޯރޓް ކުރާނީ ކާކަށްތޯ ؟ ބަލައިގަންނާނީ ކާކުތޯ؟ މިސުވާލަށް ފާއިޒު ޖަވާބު ދެއްވާފި ނަމަ ވަރަށް ރަގަޅު.

    77
    7
  3. ކެޔޮޅު

    ކީއްކުރަން އެމީހުންލައްވާ ހުވާ ތިކުރުވަނީ އެއީ ބުނާހާގޮތެއްހަދަންކަމައްތަ ތިހުވާ ކުރުވާ އަންނިލައްވާ!

    35
  4. ހަމަޖެހޭ

    ނުފޫޒްު ފޯރުވިކަމަށް ހައިލަމް ބުނާ މީހުން ތެރޭން ޗީފް އޮފް ސްޓާފް ރޭގަ ޓްވީޓްކުރިއިރު ފާއިޒު އަށް ނޭގުނު ދޯ. އަދި ޓްވީޓްގައި ތިމަންނަ ނުފޫޒު ފޯރުވަން އެއްޗެއް ނުބުނާކަމަސް ލިއެފަ އޮތް. އެކަމަކަު މަސައްކަތް ބަލަައްޓާ ސްޕަވައިޒަރަށް ނުވާއިރު ޤާޟީކުރާކަމެއް ރަގަޅުކުރަން އޭނާ އަންގަންޖެހޭ ސަބަބެއް ނޯންނާނެކަމަށް ދިވެހި ރައްޔަތުންނަށް ޤަބޫލްކުރެވޭ . އަދި ޗީފް އޮފް ސްޓާފް ނާންގާނެ ރައީސް އަންގަވާ އެއްޗެއް ފިޔަވާ. ޚަބަރު ބަލާ އަޕްޑޭޓްވާންޖެހޭ ފާއިޒު. ތިޔަ އެގުނީ ސްޕްރީމްކޯޓް އުއްތަމަ ފަނޑިޔާރުކަމުން ދުރުކުރަންޖެހުނު ސަބަބު. ވަރަށް ރަގަޅު އަމިއްލައަށް ތިޔަކަން ފާޅުކުރީމަ. މިހާރުގެ އުތަމަ ފަނޑިޔާރު ޑީޑީ އަށް އެހެރަ ދަނީ ނުފޫޒު ފޯރުވަމުން އަދި އެގެން ބަޔާންސެޓްތަކުން އެދަނީ ނެރެމުން. ލޯހަމައަށް ނުވަތަ ކަންފަތް ހަމައަށް ހުރި މީހަކަށް އެކަން އެގޭނެ. ފަހަރުގަ ތިޔަ ވިސްނަނީ އެމަޤާމް ހުސްވެ ފާއިޒަށް އުއްތަމަ ފަނޑިޔާރު މަޤާމް ދީފާނެކަމަށް އެކަމުގެ ދަހިވެތިކަމުގައިތަ. ތިޔަ ހުރިހާކަމެއްވެސް މިހާރު ރަގަޅަށް އެގިއްޖެ. ފާއިޒުއަށް ނުފެނޭތަ ހުރިހާ ޤާޒީންގެ ޖޭ އެސް ސީ އަށް ގެންގޮސްގެން ކޮންމެހެ ދުވަހަކު އެމީހުންގެ ބުރިން ހަންދަމަކަން. އަދި މިފަދަ ނުލަފާދުވަސްވަރެއް މިޤައުމުގެ އަދުލު އިންސާފަށް ދިމާވެފައިނުވާއިރު މިއަދުވެސް ހުރިހާ ނުލަފާކަމެއް ކުރާ މީހުންގެ ފަރާތަށް ބުރަވެ ތިޔަ ބަސްބުނަނީ. ލަދުގަނޭ ރާއްޖޭގެ އެއްދުވަސްވަރެއްގައި އުއްތަމަ ފަނޑިޔާރަކަށް ހުރިކަމަށް ބުނާތީ. މިޤައުމަށް މިވަމުންދާގޮތް އެންމެނަށްވެސް އެބަފެނޭ.

    44
    1
  5. ޢަބްދުއްލާ

    ނުފޫޒު ފޯރުވާކަން ވަންހަނާ ކުރާނަމަ، ފަނޑިޔާރަށް ތުހުމަތު ކުރެވޭނެ - ފާއިޒު

    13 ގަޑިއިރު ކުރިން ( ނޮވެމްބަރު 8, 2019 )

    މީވަރަށް ހެއްވާ އެހާމަފޖާ ހޮޅި ވާހައެއް މިސާލަކަށް 50 ހަކަށް މީހުން ލައްވާ ސަރުކާރުން
    ަ
    ނުވަތަ އެކްޓްވިސްޓުން ލައްވާ ޤާޒީއަށް ނުފޫޒު ފޯރުވަން މަސައްކަށް ކުރިއްޔޯ؟ މިފަަދަ
    ާ
    ހާލަތެއްގައި ޤާޒީއަށް ޖެހޭނީ އަބަދުވެސް ބަޔާން ނެރެންދޯ؟ ދެންޝަރީޢަތުގައި ވާމައްސަލަ

    އަށް ފޯކަސް ކުރަނީ ޤާޒީ ކޮންވަްުތަކު.

  6. Juhaa

    ތިޔަ ފާއިޒަށް ރަނގަޅުވާނެ އަންނި ކުރާ ކޮންމެ ކަމެއް. ލައިލާގެ އައްޕަޔޯ އޭނާއަށް ކިޔަވައިދިނީ ބުނާ އަޑު އިވޭ.

  7. ޢަލީ އަޙުމަދު ވަހީދު

    އަދިވެސް ފަނޑިޔާރުކަން ދީފާނެކަމުގެ އުއްމީދުގެ ޖަޒުބާތުގައި. ފާޢިޒު ނުދޭނެ އަރަބި ތައުލީމުގެ މީހަކަށް. މޮޔފުޅުވެގެން ތިއުޅުއްވަނީ.