ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތް ކުރިއަށްދާ ގޮތާއިބެހޭ މައުލޫމާތު ބައިނަލްއަޤްވާމީ މީޑިއާތަކަށާއި، ބޭރުގެ އެކިއެކި ފަރާތްތަކާއި ޙިއްސާކޮށްފިއެވެ.

ޕީޕީއެމް އާއި ޕީއެންސީގެ އިސް މެންބަރުންގެ އިތުރުން ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ވަނީ ޔާމީންގެ ޝަރީޢަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ބޭރުގެ ފަރާތްތަކާއި ހިއްސާކުރުމަށް ލަންކާއަށް ވަޑައިގެންފައެވެ.

ލަންކާއަށް ވަޑައިގެންފައިވާ ޓީމްގައި ޖަމީލްގެ އިތުރުން ދެން ހިމެނެނީ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދާއި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސެއިން ޝަރީފް އެވެ.

އެ ޓީމުން ވަނީ މިއަދު ހެނދުނު ބޭރުގެ މީޑިއާތަކަށް މަޢުލޫމާތު ދިނުމަށް ޚާއްސަ ޕްރެސް ކޮންފަރެންސެއް ބާއްވާފައިކަމަށް ޕީޕީއެމް އިން ބުނެއެވެ. އަދި ބައިނަލްއަޤުވާމީ އެކި ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

މި ޓީމުންވަނީ ރާއްޖޭގެ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ޖުޑިޝަރީ ހައިޖެކްކޮށް، ނުޙައްޤުން ރައީސް ޔާމީން ޖަލަށްލުމަށްޓަކައި މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޟީ ހައިލަމް، ޙުކުމް އިއްވުމަށް 5 ގަޑިއިރަށްވެފައި ވަނިކޮށް ސަސްޕެންޑް ކުރުމާއި، އަދި އޭގެ ފަހުން ހައިލަމް ނެރުއްވި ބަޔާނުގައި ސަރުކާރުގެ އެކި ލެވެލްތަކުން ރައީސް ޔާމީނަށް ޙުކުމް އަންނާނެކަން ކަށަވަރު ކުރުމަށް މަސައްކަތްކޮށް ނުފޫޒު ފޯރުވި ކަމަށް ބުނެފައިވާތީ މިކަންކަމުގެ ސަބަބުން ރައީސް ޔާމީނަށް އިންސާފުވެރި ޝަރީޢަތެއް ނުލިބޭނެ ކަމުގެ ކަންބޮޑުވުން ޙިއްސާ ކުރައްވާފައި ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޙުކުމް އިއްވަން އޮތް ދުވަހު ގާޞީ ސަސްޕެންޑް ކުރުމުން އެދުވަހު މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. މިހާރު ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ ޝަރީޢަތް ނޮވެމްބަރ 17 ވަނަ ދުވަހަށް ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ކެކެ

  ބޭރު ބޭރު ކިޔޭދޯ އެބަމިހާރު. ލަދެއްވެސް ނުގަނޭ

  23
  77
  • ހައްޕު

   ބޭރު ކިޔެނީ އުނަގަނޑު ރަނަގަޅު ކުރަންދާ މީހުނަށް އެކަނިކަމެއް ނުދެނަހުރިން.

   68
   4
  • ބަގަޅޭ

   ބަލައެހެންމީހުންގެވެސް ބުއްދިހުންނަނީ ސަލާމަތުން . އެހެންނޫނަސް އުނަގަޑުރައީސް ނޫންމީހުންނައްވެސް ބޭރުގެފަރާތްތަ ކާ ކަމެއްހިއްސާނު ކުރެވޭނީ ކީތްވެ؟

   35
   1
  • ގަމާރަށް

   ކޮންކަމަކާތަ ލަދުގަންނަންގެހެނިީ

   33
 2. ރަޒާ.

  ވަކިބަޔަކައްތޯ ބޭރޭ ކިޔަން ޖެހެނީ.

  59
  3
 3. ރާއްޖެ

  ބޭރު މީހުންނަކަށް އަހަރެމެންގެ ދާޚިލީ ކަންތައް ކުރަންވާނެ ގޮތެއް ބުނެއެއް ނުދެވޭނެ. އަމުދުން ފަރަންޖީންނަކަށް.

  38
  3
 4. ޒ

  އައްދެ ކޮންތާކު ތިޖެހުނީ! ބޭރުމީހުން މުހިއްމު ވެއްޖެ! ޔޫ.އެން އަށްވެސް ޖައްސާލާތި.... ކެކެކެ

  15
  37
  • ގަލޮޅު ދުއްޕާން

   ކައޭމެންނަށް ރާކަނިމަސް ކަންދީފަ ހުއްޓާލާނީ، މ.ޑ.ޕ އަދި މ.ޑ އެން ވެސް ފޮހެލާނަން. ދިވެހިން ހޭލަން ކާރިވެއްޖެ. ލަހެއްނުވެ އަމާން ރާއްޖެ ދިވެހިންނަށް މިންވަރުކުރައްވާށި. މިނުބައި މ.ޑ.ޕ ޖާހިލުންކާރިން ސަލާމަތް ކޮށްދެއްވާށި.

   41
   4
   • ދަމީ

    އެމްޑީއެމް ދެށްތޮ. ނޮޓް އެންޑީއެން.

    6
    3
    • ގަލޮޅު ދުއްޕާން

     ހިނިނާދޭތާ އަޅެފަހެ. އެމް.ޑީ އެން..މާލްދީބް ދިމުގުރާތީ ނެޓްވޯކް އިނގޭތޯ. މ.ޑ.ޕ އޭ ބުނާއިރަށް ފުއްމައިގެން ދެއްތޯ

 5. މަރީ

  ބޭރު ކިޔަން ޖެހުނީމަ ބޭރުވެސް ކިޔަންޖެހޭ. ޖޭވީ ދޯ ކެކެ ކެކެ. ދެން ކެކި ކެކި އޮވޭ ކެކެ

  31
  1
 6. ކަނީރު

  ބަލަ ދޮންމީހުންނާ ހިއްސާކުރަނީތަ؟ އަހަރެމެންގެ ކަންކަން ނިންމާނީ އަހަރެމެންނެން ނޫންތަ. ނޭންގިގެން

  4
  24
  • ގަލޮޅު ދުއްޕާން

   ބަލަ ކަލޭމެން ދިމުގުރާތީ ގެންނަންވެގެން މިނިވަންކަމެއްނެތޭ ކިޔާ ހަޅޭފަޅޭޖަހާ މުޅިގައުމު ހިލުވާލީ މައުމޫނު ވެރިކަމުން ބާލަން. ދިވެހިންގެ ރިވެތި އަޙުލާގު ނަގާލާ، ވިޔާނުދާ ލަދުހަޔާތްކަނޑުވާލާފަ މިއަދު ކީކޭތޯ ތިކިޔަނީ. ކައޭމެން މ.ޑ.ޕ ކޮންމެކަމެއް ދަސްކޮށްދީފަ، އެހެންބަޔަކު ކުރީމަ ހަޖަމުނުވޭ. ކިހާ ހަމަހަމަ ތިލަފަތެއް ތިގެންގުޅެނީ.

   7
   1
 7. އަލީރާޖާ

  ބަލަ ކިހިނެއްތިޔަވީ؟ މިހާރު ރާއްޖޭގެ ދާޚިލީ ކަންކަމާ ބޭރުގެ ފަރާތްތަކަށް ބެހެވެންފެށީ؟ ކުރިން ކީ އެހެން ލަވައެއް!

  7
  23
 8. މަހައްތިޔާ

  ޔާމީން ގަބޫލްފުޅުތޯ އަމިއްލަ ގައުމުގެ ކަންކަން ބޭރުމީހުންނާ ހިއްސާކޮށް އެމީހުންގެ އެހީތެރިކަން ހޯދަން އެއީ ވެރިކަމުގައި ހުންނެވިއިރު ނުކުރާނެ ކަމަށް ވިދާޅުވެ ވަރަށް ދެކޮޅުހެއްދެވިކަމެއް

  3
  27
  • ގަލޮޅު ދުއްޕާން

   އެއްގޮތަކަށްވެސް ބޭރުކުދިންގެ އެހީބޭނުން ނުވާނެ އިނގޭތޯ. ފިސާރިކެރޭ ދިވެހިން ނިކުމެ ބަދަލުކުރަންޖެހޭ ކަން ކަން ބަދަލު ކޮށްލާނެ. އެކަން ފެބް 12، 13 ގެ މާޒީން ޔަޤީންވާނެ. ބޭރުބައެއްގެ އެހީހޯދި މީހުންގެ އަޕްޑޭޓް ދޭންވާނެނޫންތޯ އެމީހުންއަތުން ފައިސާހޯދި ބޭނުން ފުދޭ މިންވަރު އަންގަން ވާނެނޫންތޯ. ޔަޤީނުންވެސް ދީންހަލާކު ކުރުމުގެ ބައި ވަރަށް ފުރިހަމަ.

 9. ޥގ

  މިހާރުކޮންބޭރުމީހުންގެވާހަކައެއްބާމިދައްކަނީ

  6
  14
 10. ހިޔާލު1

  އިންސާފާއި ބޭ އިންސާފު ތިމާއާއި ކުރިމަތިލާއިރު އެހެންމީހުނާމެދު ތިމާއަށް ކަން ކުރެވުނު ގޮތް ހިތައް އަރާންވާނެ ނޫންތޯ. ބޭ އިންސާފަ ކީ ކާ ކު ބޭނުންވާނެ އެއްޗެއްތޯއެވެ. އަނިޔާވެރިވާ ވެރިންނަށް އިބްރަތެއް ކަމުގައި މިކަންވެސް ނުވޭތޯއެވެ.

  4
  3
 11. މިނެދިންނާޅިންމިނެދިނުން

  އެބަޔަކު ކަންކުރި ގޮތަކަށް އެބަޔަކާ ދޭތެރޭ ކަންކުރަންޖެހޭ. ބޭރުމީހުންގެ މުއްފަތުން ވެރިކަމަށް އަރައި ތިބި ބަޔަކު ކަންކުރާ ގޮތުގެ ވާހަކަ ބޭރުމީހުން ގާތުގަ ކިޔައިދިނީމަތާ އެމީހުންނަށް ވެސް އެގޭނީ. ތިމާގެ ދަރި ތިމާއަށް ދޮންފުތުވާ ގޮތް އޮންނާނެކަން ވެސް އެގޭ. ވަކި މަގުސަދެއްގަ ވެރިކަމަށް ލައިދިން ބަޔަކު ކިތަންމެ އަނިޔާވެރިއެއް ވިޔަސް އެކަން ގަބޫލުކުރަން ފަސްޖެހޭނެކަންވެސް އެގޭ.

 12. ނުނނު

  ކަލޯ މިފަހަރު އީޔޫ އެންގިންތަ ؟

  2
  2
 13. އަގުމަދު

  މިސަރުކާރުންދަނީ އިންތިހާޔައް ރައިސް ޔާމީނުގެ ސަރީއަތައްނުފޫޒު ފޯރުވަމުންކަން ބުއްދި ސަލާމަތުންހުރި ކޮންމެމީހަކައްވެސއެނގޭނެ ވީމާ ރައިސް ޔާމީނައް އިންސާފު ލިބޭނެކަމައް ގަބޫލެއްނުކުރެވޭ

  6
  1