ރާއްޖޭގައި އިންފްލުއެންޒާ އިތުރުވަމުންދާތީ ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މި ދުވަސްވަރު އިންފްލުއެންޒާ ޖެހިގެން ރިޕޯޓު ކުރާ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެފައވާއރު، އެ އޭޖެންސީން ވިދާޅުވީ މިކަމުނެ ސަލާމަތްވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެޗްޕީއޭގެ ތަފާސްވހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހާއި އަޅާބަލާއިރު މި މަހުގެ ފުރަތަމަކޮޅު އިންފްލުއެންޒާގެ މިންވަރު ވަނީ އިތުރުވެފައެވެ.

އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި، ރޯގާ ޖެހިގެން ތިން ދުވަހަށްވުރެ ގިނަވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެދޭ ކަމަށެވެ. އަދި އިންފްލުއެންޒާ އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށްވެސް އެ އޭޖެންސީ އިލްތިމާސްކޮށްފައި ވެއެވެ.

އިންފްލުއެންޒާ ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި، ސާފުތާހިރުކަމަށް ސަމާލުކަންދީ ސައިބޯނި ލައިގެން އަތްދޮވުމަށް އާދަކުރަން ޖެހެއެވެ. އަދި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނައިން ދިޔާތަކެތި ބުއިމާއެކު، ހާލަތު އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ. ހަމަ އެހެންމެ ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަޔާއި ނިވާ ކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކޮށްދޭނެ ކަމެކެވެ.