ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނީ ރުއްގަސް ނަގައިގެން ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅު ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާ މައްސަލަ އާއި ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި ގަރާރަކަށް ބަހުސް ކުރަމުން މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ތަރައްޤީގެ ވާހަކަ ދައްކާއިރު، ތަރައްޤީއަށް ހުރަސް އަޅައިގެން ނުވާނެ ކަމަށާއި، ތަރައްޤީ ކުރެވޭނީ ރުއްގަސް ނަގައިގެން ކަމަށެވެ.

މެމްބަރު އަލީ ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވާގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ރަށްރަށުން ރުއްގަސް ނަގައިގެން ރިސޯޓުތަކަށް ގެންދާ މައްސަލަ ވަނީ ބޮޑުވެފައެވެ. އަދި އެ ރަށްރަށުން ރުއްގަސް ނަގަމުން ދަނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްކަމަށް ބުނެ ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މީގެ ކުރިންވެސް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ރުއްގަސް ނަގާ ކަމަށާއި، އޭރު ނަގާ ރުއްގަސް އަންދާލަނީ ކަމަށެވެ. ނަމަވެސް މިހާރު އެގޮތުން ނަގާ ރުއްތައް އެހެން ތަންތަނުގައި އިންދަނީ ކަމަށާއި އެކަމުގެ ފައިދާ ކުރާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގައި ވެސް ފުޓުބޯޅަ ދަނޑެއް އަޅަން ޖެހުނަސް ރުއްގަސް ނަގަން ޖެހޭނެ ކަމަށެވެ. އަދި ރުއްގަސް ނުނަގާ ހުހަށް އޮތް އެންމެ ބިންކޮޅެއްވެސް ދާއިރާގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރުއްގަސް ނަގަންޖެހޭ ހާލަތެއްގައި ރުއްގަސް ނަގަން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މެމްބަރު އަލީ ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ، ރާއްޖޭގެ އެކި ރަށްރަށުން ފުޅާ ދާއިރާއެއްގައި ރުއް ގަސް ނަގައިގެން ގެންދާތީ އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކާފ

  ނަމަވެސް ވިސްނާލަންޖެހޭ ނުކުތާއަކީ ރުއްގަސް ކަނޑާފަ އެއްވެސް އިމާރާތެއް ނުކުރެވޭކަމެވެ. ޢަލުން ފަޅާރުއްތައް ފޯދޭއިރުވެސް އެއްވެސް މަސައްކަތެއް ނުކުރެވި އޮންނަކަމެވެ.

 2. އަކްމެޑް

  ރުއްގަހެއްނޫން. ތި އުމުރުގެ މީހުން ރާއްޖެއިން ބޭރުކޮށްގެނޭ ބުނީމަ މާ ތާހިރުވާނެ.

  16
  1
 3. މަރުމޯލު

  ތިމާވެށި ހިމާޔަތްކުރާ ދުވަހު ރުއްގަސް ކެނޑުން މަނާ،
  ތަރައްގީ ބޭނުންވާ ދުވަހު ރުއްގަސް ނުކަޑާ ވާކަށް ނެތް.
  މީ ކޮންވައްތަރު؟

  12
 4. މިއަދު

  ތިބުނާ ޢަލީހުސެއިނަށް ފެންނާނީ ކެންދޫގައިހުންނަ6 ރުއް ދެންއުޅެނީމާލޭގައި މާލެއަކު ރުކެއްނުހުރެ އެހެންވެ އެސޮރުހީކުރަނީ ރާއްޖޭގެ ކޮންމެރަށަޚުސް ހުންނަނީ ގިނަވެގެން 6 ރުއްކަމަށް

  10
 5. ހަނިމާދޫ މީހެއް

  ޣަފޫރު ކަލޭ ހިމާރެއްގެ އަޑުން އަޑު ނެރެގެން ކޮން ހަޅެކޭކެއް ތިޔަލެވީ 8 ފެބްރުއަރީ 2012 ފެށިގެން މިއަދާ ހަމައަށް.... ކަލެޔަކީ ވަގުވިޔަފާރި ކުރާ ބޮޑެއް ކަލެޔާ އީރާނުން މިއަންނަ ބޯޓް ފަހަރާ ގުޅުން އޮންނަކަމައް ކުޅުދުއްފުށި، ހަނިމާދޫ އަދި ހދ އަތޮޅޮ އެހެން ރަށްރަށުގެ ރައްޔިތުން ވެސް އެބަ ތުހުމަތުކުރޭ.

  15
 6. ވިނިވިޑިވިސި

  ގަބޯ ކަލޭމެންގެ ސަރުކާރުންނޯ ކިޔާތީ އަޑުއިވޭ އެންމެ ބޮޑަަށް ރައިޓްސް ހޯދާދެން މަސައްކަތް ކުރަނީ. ސަރުކާރަށް އަންނަންވީމަ ނޫނީ އިންތިހާބެއް ބޯމަތިވީމަ އެންމެ އޯގާތެރި އެންމެ އަޅާލާ މޮޔަ ނާސިރާއަށް ވެސް މަގުމަތިން ސަލާމް ކޮށްލާ ސެލްފީ ނަގާލަން ކެރެނީ ވެސް ގަބޯ މެން ޕާޓީ އަށޯ. އިބްތިހާލް އާ ޒިޔާދާ ރިލްވާން ޔާމީން ރަޝީދު މިކަހަލަ އެތައް ނަމެއް ރަބަރެއްހެން
  މުޅި ރާއްޖޭގައި އޭރުދެމި ކާޅު ބައިގަނޑެއް
  ޙެން ގޮވި. އިހަށް ދުވަހު 7 ދަރިންގެ މަޔަކު ދަންޖެހި މަރުވީމާ ވީގޮތް ބަލާލަން ކެރުނު މީހެއް ނެތް. ކައުންސިލިން ވިޔަފާރިން އެތައް ލާރިއެއް ނަގާ އެދާއިރާގެ އެކްސްޕާޓެއް ޖެންޑަރ މިނިސްޓަރަކަށް ލާފަ ހުރިއިރުވެސް މިކަމާއި ގުޅިގެން އޭނަގަ ފުޅާވި ހަމަ އެންމެ އަނގައެއް ވެސް ނެތް. ވާވައްދާ މީހުން ބޯކެއުން ނޫން ކަމެއް ސިޔާސީ މީހުންނަށް ކުރާކަށް ނޭގޭނެ

 7. ޙަސަނާ

  ގަފޫރު މިހާރުތީ ދައްކަން ރީތިވާހަކައެއް މޑޕ ވެރިކަމުގަ ނެތިއްޔާމު ތިމާވެށިހިމާޔަތް ކުރަން އެކުޓިވިސްޓުން ނުކުމޭ މިހާރު އެހެންޕާޓީއެއްގެ މީހަކު ދެއްކީމަގޯސް ރ ފައިނުގަ އެއާރޕޯޓެއް އަޅަން އުޅުނީމަ ހަޖަމެއްނުވި ގަސްކަޑާތީ މުޒާހަރާޖެއްސުވީ ފައިނުސޮރުންލައްވާ އެސޮރުމެން ކުރިމަސައްކަތުން ފައިނު އެއޮތީ ވަރައްތަރައްގީވެފަ ލޮލް ފައިނު ވައްޑޭ