ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ) ގެ ހަޔާތްޕުޅުން އެންމެހާ މުސްލިމުން އިބުރަތް ހާސިލުކޮށް އެއްބައިވަންތަކާމާއި ހަމަހަމަކަމަށް ހުރުމަތްތެރިކޮށް ހިތުމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ގޮވާލައިފިއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވަނީ ކީރިތި ރަސޫލާގެ ޢީދު މީލާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހިތާބެއްގައެވެ. މައުމޫން ވަނީީ، ކީރިތި ރަސޫލާގެ ހަޔާތްޕުޅުން އިބުރަތް ހާސިލުކޮށް ދިވެހިންގެ މެދުގައިވާ އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސުލްހަ މަސްލަހަތު ދެމެހެއްޓުމުގެ މަތިވެރި އަޒުމް އިތުރަށް ވަރުގަދަ ކުރަމަށް އެންމެހާ ދިވެހިނަށް އިލްތިމާސް ކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ، ރަސޫލާގެ ސީރަތްޕުޅަށް ނަޒަރު ހިންގާލުމުން ސާބިތުވެގެންދަނީ އޯގާތެރިކަން ނުވަތަ އެންމެންނަށް ރަހުމް ކުރެއްވުމުގެ މާތް ސިފަފުޅު ކަމަށެވެ.
"ވަކިން ހާއްސަކޮށް އެންމެންނާމެދުވެސް އެކަލޭގެފާނު ގެންގުޅުއްވި މާތް ރީތި ގޮތްތައް ދަސްކުރުމެވެ. އަޅުގަނޑުމެންނަކީ އެންމެންނަށްވެސް އޯގާތެރިވާ އެންމެންނަށްވެސް ރަހުމް ކުރާ، އެންމެންނަށްވެސް ކަމޭހިތާ، އެއްވެސް މީހަކާމެދު ކުޑައިމިސް ބަހެއް ނުބުނާ އިހްސާންތެރި ބަޔަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ،" ރައީސް މައުމޫންގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް މައުމޫން ފޮނުއްވެވި ހިތާބުގައި ވަނީ މިމާތް ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ، ކީރިތި ރަސޫލާގެ ވަސްމީރު ޒިކުރާއިން އެންމެހާ މުސްލިމުން އިބުރަތްތެރި ފިލާވަޅުތަކެއް ހާސިލް ކުރުން ކަމަށް ވިދާޅުވެފައެވެ.
ބަސްބުނުެ މަޝްހޫރުކަން ހޯދުމަށް ވުރެ ބަހާ ޢަމަލު އެއްގޮތް ކުރުން މުހިއްމު ނޫންތޯ؟
ރަސޫލާގެ ޙަޔަތްޕުޅުން ޢިބްރަތް ޙާޞިލްކުރަން ކަލޭ ގޮވާއިރު ، ފާޠިމަތުގެފާނު ވައްކަން ކުރެއްވިޔަސް ތިމަން ކަލޭގެފާނު އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާނަމޭ ރަސޫލާ ޙަދީޘްކުރެއްވިއެވެ. އެކަމަކު ކަލޭ ކުށްކުރީމާ ކަލެޔަށް އަދަބު ދިނުން ވީ އަނިޔާއަށެވެ. އަދި އެކަމަށް ފުރަގަސްދީ ކަލޭ ތިހުރީ ލޭގެ ގުޅުންވެސް ކަނޑައިގެން ކަލޭގެވެސް އަދި ޚާންދާނުގެވެސް ޢަދުއްވުންނާ އެކުގައެވެ. ގޮހޮރޭ ގޮވުން ކަލެޔަށް މާ ތާހިރުވާނެއެވެ.
މީހުންނަށް ހެޔޮ ނަޞޭޙަތްދޭއިރު ތިމާގެ ޙާލަތާމެދު ވިސްނައިފިންހެއްޔެވެ؟
ތިމަާގެ މީހާ ހަވަރަށްދޭން މަސައްކަތްކޮކުރާ މީހުންވެސް މިގައުމުގަ މަދެއްނޫން. ވެރިކަމުގަ ބޭނުމުގަ ވަރިހަމަ ބައިބައިވުން އުފެއްދިޔަސް.
ޢާލަމްތަކަށް ރަހްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާގެ ހަޔާތްޕުަޅުން އިބްރަތް ލިބިގަނެ ، ކޮއްކޯފުޅު ޔާމީނަށް ހެދިފައިވާ ގޯސްތަކަށް މާފުކޮށް އެއްބައިވަންތަވުމަށް ރައީސް މައުމޫނަށް އިލްތިމާސްކުރަން
ރަހިމުގެ ލެއާދެކޮޅު ހަދާމީހަކަށް ކިހިނެތް ޝޭޚެކޭ ބުނާނީ
އެއްބައިވަންތަވާން ނިކަން ޔާމީނުގެއަށް ޒިޔާރަތްކޮށް ސަލާމް ކޮށްބަލަ!
ކަލޭ ލަދުގަންނަންޖެހޭނެ ދީނުގެ ވާހަކަ ދައްކަން !
ފުރަތަމަ ބުނެދީބަލަ ރަހިމުގެ ގުޅުން ކަޑާއިފިމީހާގެ ހުކުމް.. ލޭގެ ގުޅުން ކަޑާލިމީހާގެ ހުކުމް.. ގާތްތިމާގެކަމުގެ ގުޅުންކަޑާލި މީހާގެ ހުކުމް. ސަދަގާތް ދިނުންވެސްވަނީ ގާތުން ދުރަށް.. މައުމޫނު ސަދަގާތްކުރަނީ ދުރުންދުރުންތަ. ރޔާމީން މަގުމަތިކޮށް ބަދުނާމުކޮށް ހަވަރަށްދީފަ މައުމޫނު ދާންކޮޅުގަ އަރާމުކުރެވޭއިރު ދެން އެހެންމީހަކަށް ދޭނެ ނަސޭހަތެއެބައޮތްތަ.. ﷲގެހަޒުރަތަށް މައުމޫނު ދަތުުރުކުރިޔަސް ދުނިޔެމަތީގަ މައުމޫނަށް ހެޔޮދުއާ ކޮއްދޭންތިބި ޔާމީންގެ ދަރިން ނިކަމެތިކޮށް ހިތާމައިގަ ޖައްސުވާފަ އެހެންމީހުންނަދޭނެ ނަސޭހަތެއެބައޮތްތަ.. އިހައްރޭ މައުމޫނުގެދަރި ރޔާމީނަކީ އަނިޔާވެރިއެކޭކިޔާ އަޑުގަދަކުރިއިރު މައުމޫނުއިނީ އަތްޖަހަން.. އެކަންފުރަތަމަ ނަސޭހަތްދީ ނުހުއްޓުވުނު.. ހަގީގަތްއެގިހުރެ ރޔާމީނަށް އެއްޗެހިކިޔާ ބަދުނާމުކުރަނީ..
މމމމމައު މޫނަކީ 30 އަހަރު މިގައު މު ހަލާކުު ކުރަން މަސައްކަތް ކުރި މީހެއް ދީނީގޮތުން
1 ޒުވާން ޖީލެއް މަސްތުކޮއްލުން
2 ރިބާ ހުއްދަކުން
3 ބުުުުރުުގާާ އަށް ދެކޮޅުހެދުން
4 ސުންނަތަައް ފާޅުގަ ދެކޮޅުހެދުން
އަޖާބެއްފަހެ ނުވާނެތަ މިހިރަދައްކާ ވާހަކަޔަކުން ބަލަގަ ބައިބައިވުމާ އޮޅުވާލުމާ މަކަރާހީލަތުން ކުރިކަންކަން ބަލަން އަހަރެމެންތިބީމޭ ނަމަވެސް އޭރު ކުޑަކޮށްވެސް ހިތަކަށްނާރާ ބޭފުޅާ އެފަދަ ވިތާނުދާ ތަމްސީލެއް ދައްކާނެކަމަކަށް ވީއިރު ކިހިނެއް މިހާރު ތިޔަދޮގުވެރިޔާގެ ވާހަކަތައް އަޑުއަހާނީ ނުވާނެތިކަމެއް މަށަކަށް ބޭފުޅާ ދެންވެސް ދުރަށްގޮސް ހުރެލުން އެންމެރަގަޫވާނީ ވަރަށްވެދުން ހެހެހޭ
ތިޔަ ލެކްޗަރުދޭތާ ބައިގަރުނު. އެރީތި އަޚްލާގާ މާތްކަމާ އޯގާވެރިކަމާ ހިއްޕުޅު ތިރިކަމާއި އެކުވެރިކަމާ މިހުރިހާ އެއްޗެއް ބުނެދެވިފަތާ މިހާރު ހުންނާނީ. ދުނިޔޭގެ ތިބިހާ ބަޔަކު އެނަމޫނާ ނަގައި ނިމިއްޖެ. ރާއްޖޭގެ އެންމެންވެސް އެއުޅެނީ ހަމަ އެމިސާލު ނަގައިގެން. ނޫންތަ އަޅެފަހެ.
މާ ދީން ދަންނަ މީހަކަށް ހެދިގެން މިޤައު މު ކުދިކުދިކޮށް ހަލާކޮށް ޔަހޫދީންނަށް ބައިއަތުހިފައިގެން ތަރަށްޤީގެ އައްޕަ ހެދިގެން ރަސޫލާ (ޞވ) ވެސް ފާހަގަނުކުރައްވާ ކަންކަން ފަތުރަން މި މީހާ މިހިރަ އުޅޭވަރެއްދޯ؟ އަދިވެސް ނޫވޭތަ ތައުބާވާކަށް.
محمد ގެފާނަށް ހަޖޫޖަހާ މީހުންނަށް ހަލާކި
މައު މޫން އަކީ
ކީރިތި ގުރުވާނާއި ކީރިތި ރަސޫލާގެ ސުންނަތައް ފާޅުގަ ދެކޮޅުހަދާ މީހެއް
ކަޅުފޮށީގައި ލާރިއުފުލާފަ 17 ފަހަރު ކޯޓްއަމުރު ސާފުކުރަން ވިދާޅުވީމާ ދެން ފަސާދަ އެބަގިނަވޭ!
ޢެކަން އެނގުނެއް ނޫންތޯ ދިގު 30 އަހަރުގެ ވެރިކަ މެއް ނިއް މާލާފަ ދިޔައީ ރައްޔަތުން އަޅުވެތި ކޮއްފަ ފެށުނީސްސުރެ އަ މިއްލަޔައް ގެދޮރު އަޅައިގެން ހިލޭ އުޅެއުޅެތިއްބާ ރައްޔަތުން ބިންތައް ހިސޯރުކޮއް ރައްޔަތުން އަޅުވެތި ކުރަން ފުލެޓްގެ ނަ މުގައި ގެސްޓް ހައުސްއަޅައިގެން ރައްޔަތުން އަޅުވެތި ކުރު މުގެ ސަގާފަތެއް ފައްޓާފަ މިހާރު މިގައު މުގެ އެސެޓަކައް ހަދައިގެން މިއުޅެނީ ރައްޔަތުން ލަދުނުގަންނަކަން