ވިލާ އެއާގެ ފްލައިމީ އިން ރ. އިފުރު އެއާޕޯޓަށް ދަތުރުތައް ފެށަން ތައްޔާރު ވެއްޖެއެވެ.

ވިލާ އެއާގެ ފްލައިމީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިފުރުގެ އިތުރުން މާފަރުގައި ހަދަމުން އަންނަ އެއާޕޯޓް ނިމުމުން އެ އެއާޕޯޓަށްވެސް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ.

ފްލައިމީ އިން ވަނީ އެ އެއާލައިންގެ އޭޓީއާރު 500-72 މަރުކާގެ 2 ބޯޓު ބޭނުން ކޮށްގެން މިހާރު މާލެ އިން ރާއްޖޭގެ ބައެއް ޑޮމެސްޓިކް އެއާޕޯޓް ތަކަށް ދަތުރު ކުރަމުންނެވެ. އޭގެ ތެރޭގައި އދ. މާމިގިލީ އެއާޕޯޓާއި ބ. ދަރަވަންދޫ އެއާޕޯޓް ހިމެނެއެވެ.

ފްލައިމީ އަކީ ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ކުންފުނި ވިލާ އެއާއިން އޮޕަރޭޓް ކުރަމުން އަންނަ އެއާލައިނެކެވެ. އަދި މި ކުންފުނިން އަންނަނީ ސީޕްލޭން ދަތުރުތައް ފެށުމަށް ޓްވިން އޮޓާ 300 ސީރީޒްގެ ހަތަރު ބޯޓު ގެންނަން ވެސް ވަނީ ނިންމާފައެވެ.

ފްލައިމީން ސީޕްލޭން ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ނިޔަލަށް ނިންމަން ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސް

    އޯ އޯކޭ

  2. އަމްމަޑޭ މާމިގިލީ

    އަރާންވެސް ނުވާނެ. ބާބޯޓުތަކެއް ގެނެސްގެން އުޅޭ މީހެއް ބުރުމާ އަކީ. އަބަދު އަބަދު އިންޖީނު މައްސަލަ ޖެހޭ ބޯޓު ތަކެއް. އިންޖީނުން ދުންއަރާ. މިހާރުވެސް އިންޖީނު ބަދަލު ކުރާންޖެހޭ ބޯޓެއް މާމިގިލީ އެޔާޕޯޓުގެ ހެގަރުތެރޭ އެބައޮތް. ރައްކާވެ ތިބީއްޔާ ދަތުރެކޭ މުސްކުޅިން ބުނެ އުޅޭ.

  3. ޒަރީނާ

    ގާސިމް އާދޭސްކޮށްފަބުނަން ގދ.ކާޑެއްދޫއަށް ދަތުރު ފަށާބަލަ.ވަރަށް އިންތިޒާރު އެބަކުރެވޭ.މޯލްޑިވިއަނުން މިދަނީ އަހަރުމެންގެ ލޭ ބޮއެ ހުސްކުރަމުން.