ޝަހިންދާ އަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ، ނިރުބަވެރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޝައްމާންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ހައްޔަރުކޮށްފައިވާ ޝައްމާންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުންނެވެ.

އެ ކޯޓުގައި މިއަދު ކުރިއަށް ދިޔަ މުއްދަތު މަޖިލީހުގައި ޝައްމާނުގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައި ވަނީ މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުމަށް ޤާނޫނުގައި ބުނެފައިވާ 30 ދުވަސް ހަމަވުމުން އިތުރަށް މުއްދަތު އިތުރު ކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ ކިބައިން ފުލުހުން އެދުމުންނެވެ.

ޤާނޫނު ބުނާ ގޮތުން މިގޮތަށް ޕީޖީ އަށް އިތުރުކޮށްދެވޭނީ ގިނަވެގެން 30 ދުވަހުގެ މުއްދަތަށެެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޝައްމާނުގެ ޤާނޫނީ ވަކީލު، ހުސްނީ މުބާރިކް ވިދާޅުވެފައި ވަނީ ޓެރަރިޒަމް ޤާނޫނާށް ފަހުން ގެނައި އިސްލާހުގެ ދަށުން ޓެރަރިޒަމްގެ ބޮޑު ކުށެއްގެ ދައުވާ އުފުލުމުގެ ފުރުސަތު ނެތް އިރު، ޖިނާއީ ބޮޑެތި ކުށް ތަކުގައި މުއްދަތު އިތުރު ކޮށްދިނުމަށް ލިބިދޭ ބާރުގެ ދަށުން މުއްދަތު އިތުރު ކޮށްދެވިދާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބުޅޮ

    ލާދީނީ މީހުންނާ އެއްވަރަށް ހަރުކަށި މީހުންނަށް ފިޔަވަޅު އެޅެން ޖެހޭ. ލާދީނީ ފިކުރު އުފެދެނީ ހަރުކަށި ފިކުރުގެ ސަބަބުން. މިއީ ލާދީނީ ފިކުރުގެ އައްޕަ. މީހުން ކަރު ބުރިކުރާ މަންޒަރު ދައްކާކަށް ނުޖެހޭ.

    7
    55
    • ޙަޤީޤަތަކީ

      ހަރުކަށިކަން އުފެދެނީ ލާދީނީމީހުންގެ ސަބަބުން.

      27
      2
    • Anonymous

      މިހާރުގެ ސަރުކާރުން ލާދީނީ ފިކުރުގެ މީހުންނަކަށް ފިޔަވަޅެއް ނާޅާނެ. މޮޅެތި ހޮޅި ވާހަކަ ދައްކަން އިނގޭނީ. އެހެންނު ވާނީ، ލާދީނީ ފިކުރުގެ އައްޕަމެންނަށް އިނގޭނީ ހަރުކަށި ފިކުރު މީހުންނޭ ކިޔައިގެން މަތި އޮމާންކޮށް ލާދީނީ ބައިގަނޑު ހިމާޔަތް ކުރެވޭތޯ ބަލާނެ ކޮންމެހެންވެސް ހަދައިގެން.

      2
      1
  2. ޝަހީމާ

    "މޫނިމާ ނަޢީމު" ގެ ނަމުގައި އޮންނަ ފޭސްބްކް އެކައުންޓަކުން ޔާމީން ޢަބްދުލް ޤައްޔޫމު މަރާލުމަށް ތަކުރާރުކޮށް ޕޯސްޓްހަދާ ޝެއަރކުރާއިރު މިކަލޭގެވީތަނެއްވެސް ހޯދެންވާނެ! ބުނާއަޑު އިވެނީ އެއީ އެމްޑީޕީގެ ކަމެއްނުވާ މީހެއްކަމަށް!

    40
    1
  3. Anonymous

    ޝައްމާނަ ދޫކޮއްލާ.

    36
    1
  4. މިއަދު

    ލާދީނީ އެމްޑީއެންގެ މީހުން ހިމާޔަތްކުރަން މިސަރުކާރު ހާދަވަރެކެ މިހުރީ މިހެންވީމަ ބުނެވޭނީ އެމްޑީ އެންއަކީ މިސަރުކާރުން ހިންގާ ލާދީނީ ޖަމާޢަތެކޭ

    19
  5. ބޮޑު ހަސްންބެ

    ޝަހިންދާ އަށް އުފް ވެސް ބުނާ މީހުން ބަލާނީ ޓެރަރިސްޓުން ގޮތުގަ ސަބަބަކީ އެމްޑީޕީ ހޮވުމުގަ ޝަހިންދާގެ ރީޯލު ވަރަށް ބޮޑުކަމުން.

    24
  6. Anonymous

    ޝައްމާނު ދޫކޮއްލަން ގޮވާލަން

    12