ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ހުކުމް ކުރާނެ ކަމަށް ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ކްރިމިނަލް ކޯޓުުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ އަރިހުގައި އެދިފައިވާކަމަށް ސަސްޕެންޑުގައި ހުންނަވައިގެން ހައިލަމް ބުނެފައިވީ ނަމަވެސް ސަރުކާރުން، އިންކާރުކޮށްފައި ނުވާތީ އެކަމުގައި "ނުބައެއް" އުޅޭހެން ހީވާ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް (ޑީޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ޝަމީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހައިލަމް އެވިދާޅުވާ ސަރުކާރުގެ އިސް ފަރާތްތަކުންނާއި، ސަރުކާރުން ގުޅައި ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައި ނުވާނަމަ އެކަން ކަށަވަރު ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެކަން ރައްޔިތުންނަށް ހާމަނުކޮށްދޭ ހިނދެއްގައި ހީވާނީ އެކަމުގައި ނުބައެއް އުޅޭހެން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހައިލަމް ވިދާޅުވެފައި ވަނީ، ރައީސް ޔާމީންއަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ގުޅައި އަދި ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިތާ ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކިގައި ތިބި ފަރާތްތަކުން އޭނާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަދި އޭނާ ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުނު ކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީ އިން ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ގާޒީ ހައިލަމް ވައިބަރ ގުރޫޕަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ސިފަވާގޮތަށް ކަރުގައި ޗޭނު ޖަހައިފައި ދަމާ މަންޒަރެއް ސިފަވާ ފޮޓޯއެއް ފޮނުވައިފައިވާތީ އޭނާ ސަސްޕެންޑް ކުރުމަށް ނިންމާފައެވެ. ގާޒީ ހައިލަމް ސަސްޕެންޓް ކޮށްފައި ވަނީ ދެމަހަށްވުރެ ދިގުނޫން މުއްދަތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  އެއްޗެކޭކިޔަސް ވާނެކަ މެއް ހަރާން، އެ މީހުން ތިބީ ޔާ މީން ޖަލަށްލާން ފައިވިއްދާފަ،

  52
  2
 2. ވިސްނާ

  ސިޔާސީ ބޮލުރޮދިންގެ އަތްދަށުން މިގައުމު ސަލާމަތްކޮށް، ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިތިބި އިލްމުވެރިންނާ ގައުމު ހަވާލުކުރާ ވަގުތު އަދިވެސް ނުޖެހޭތޯ؟

  54
  1
 3. އ

  ރައީސް އޮފީހުގައި އުޅުއްވާ ރައީސްގެ އެންމެ އަރެސް ބޭފުޅާ އަމިއްލަ އަށް އިއުތިރާފުވެ ޓުވިޓް ކުރެއްވި ނޫންތޯ ދެން އިތުރު ހެއްކެއް ބޭނުމެއް ނުވޭ އަންނަ ހުކުމް ބަލަން ވެގެން ޢަލީ ޒާހިރު ގުޅުއްވި ކަމަށް ބުނީ ފަހުން އެޓުވިޓް ގެއްލިއްޖެ މިއީ ތަހުގީގު ކުރެވެން ވާނެ ކަމެއް ކޮބައިތޯ މަޖިލީހުގެ ކޮމެޓީ ކޮބައިތޯ ތަރުޖަމާނު ހޫދު އަބަދު ވެސް ޑިއު ޕްރޮސެސްގައި ތޯ މުޅި ސަރުކާރު އުޅެނީ އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެން އޭރުގެ ސަރުކާރު ޑިއުޕްރޮސެސްގައި ކަން ކުރީތީ މިސަރުކާރުގެ ވެރިން ކިހާ ހަޅޭކެއް ލެވިތޯ މިހާރު ކޮންމެ ކަމެއް ޑިއު ޕްރޮސިސްގައި އިމްރާން ވިދާޅުވަނީ އެހެން އެޔޯ އެންމެ ރަނގަޅަށް ސަރުކާރު ހިންގުމަކީ

  46
 4. ބަރުގޮނު

  އިތުރު ވާހަކަ ދައްކަން ހަދައިގެން މިހާރު އިވިފައިވާ ނުވަތަ ފެނިފައިވާ ޚަބަރުގެ ސުރުޚީ ގެ ތަފްޞީލާ މެދު ވިސްނާލަން ވަގުތު ނަގަނީ ތޯއްޗެއް.... !!! ހައިލަމް ގެ ވާހަކަތަކަކީ ދޮގެއްނަމަ އެކަން ހާމަކުރަން އެންމެ ސުކުންތެއްވެސް ލަސްކުރުމުގެ އެއްވެސް ބޭނުމެއްނެތް.

  53
 5. ނަރުދޫ

  އެއީ ތެދެއްތޯބަލަން ކޮމިޝަނެއްހަދަނީކަން ނޭންގެ

  29
 6. މިއަދު

  ސަމީމުއަށް ހީވާއިރު އަހަރެމެންނަށް ޔަގީންވޭ ހަގީގަތެއްނެތި ހައިލަމް އެވަރުގެ ވާހަކައެއްނުދައްކާނެކަމަށް ސާބިތުކުރެވޭވަރުގެ ހެއްކާއި ގަރީނާ ހައިލަމްއަތުގައި ހުންނާނެ އެމައްސަލަ ބަލާކަށް ސަރުކާރަކަށްނުވެސްކެރޭނެ އެކަމު ފަޑިޔާރަކު އެވަރުގެ ވާހަކައެއްދެއްކުމުން ފަޑިޔާރުން ބެލެނިފަރާތުން އެމައްސަލަ ދެފުށް ފެންނާނެގޮތަށް ލަސްނުކޮށްބަލަންޖެހޭ

 7. ާނަސީދު

  މަސައްޔަގީން

 8. ޢާއިޝާ

  ކަލޭ އުޅޭ ގޮތުން،، އަދި ކަލޭ ކިޔާ އެއްޗެހިން، ވަރަށް ނުބާ އުޅޭހެން ހީވޭ

 9. ޢީސަދަރި

  ޙައްތަހާބޮޑަށް އެމް.ޑީ.އެން ގަދަ ކުރަނީ. ޝަމީމަކީ ޝަހިންދާގެ ފިރިިކަލުން.