ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒުފޯރުވުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަށް ގުޅާފައިވާކަމަށް އޭނާ ބުނެފައިވާ ބުނުން މިހާރު ރައީސް ޔާމީންގެ މައްސަލަ ބަލަމުންދާ ގާޒީ އަލީ ރަޗީދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހު ތަހުނިޔާ ކުރެހުމެއް ވައިބަރ ގުރޫޕަކަށް ހައިލަމް ފޮނުވި އިރު އޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމައިފައިދާ މަންޒަރު ފެންނާތީ ގާޒީ ހައިލަމް ވަނީ ދެމަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައެވެ. ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެން އޭނާ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ އެކި އިސް ފަރާތްތަކުން ފޯނުން ގުޅައި، އަދި މެސެޖުގެ ޒަރިއްޔާއިންނާއި އޭނާ ދަންނަ މީހުން މެދުވެރިކޮށް ޔާމީން ޖަލަށް ލާން ހުކުމް ކުރާނެ ކަމުގެ ޔަގީންކަން ހޯދުމަށް މަސައްކަތް ކޮށްފައި ވާކަމަށެވެ.

އަދި އެކަން ގާޒީ އަލީ ރަޝީދަށް އެނގޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގާޒީ ރަޝީދު "ރާއްޖެ އެމްވީ" އަށް ދީފައިވާ އިންޓަރ ވިއުއެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ އެއްވެސް އިސް ފަރާތަކުން ގާޒީ ހައިލަމް އަށް ގުޅާ ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައި ވާކަން ނުދެނެހުރި ކަމަށެވެ. އަދި އޭނާ ވަނީ ހައިލަމް ދެއްކި ވާހަކަ ދޮގު ކުރައްވާފައެވެ.

މީގެ އިތުރުން ގާޒީ އަލީ ރަޝީދު ވިދާޅުވެފައި ވަނީ އޭނާ ފަނޑިޔާރުކަން ކުރައްވަން ފެށި ތާ 13 އަހަރު ވެފައިވާ ކަމަށާއި އެމުއްދަތުގެ ތެރޭގައި ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

 1. މޫސަ

  ގާޒީ ހައިލަ މަށް ނުގުޅާކަން އަލީ ރަޝީދަށް އެނގެނީ ކިހިނަކުންބާ؟

  172
  • Anonymous

   ވެދާނެއްނު ގާޒީ ހައިލަމްގެ މެނޭޖަރަކީ ގާޒީ އަލީ ރަޝީދުކަމަށް

   82
  • 2-48-

   ގާޒީ ހައިލަމަށް ދާ ހުރިހާ ކޯލެއް ފޯވަޑްވަނީ ގާޒީ އަލީ ރަޝީދުގެ ފޯނުން ކަމަށްވުމުން އެހެންވެދާނެތާ

   56
  • ކިނބޫ

   ނުފޫޒު ފޯރުވަން ހައިލަމަށް ނުގުޅާ ވާހަކަ އަލީ ރަޝީދު ގާތު ބުނީ ކާކު؟ ތީ އަނެއްކާ އަނެއް ކަންތައް. ތިމައްސަލަ ބަލަން ޖެހޭ. ތިއޮތީ ފިސާރި ރަނގަޅަށްވެސް ނުފޫޒު ފޯރުވާފަ.

 2. ކަނަމަނަ

  ރަގަޅު ސަރުކާރުން ޖަވާދާރީ ވުމުގެ ބަދަލު މިހާރުގެ އިސްގާޡީ ތިޖަވާބުދާރީވީ ވީމާއެގިއްޖެ ނުފޫޒް ފޯރުވެނުވަރު

  159
 3. މާލެ ބޭބެ

  އަލިބޭ؛ ތިބޭފުޅާއަކީ ދީނީ ތައުލީމް ހާސިލްކޮށްގެންހުރި ބޭފުޅެއް...ސިޔާސީ ކަމެއް ހާސިލްކުރަން ދޮގް ނަހަދާތި؛ އަދި ރ.ޔާމިން އެކަނިކަމަށްހީކޮށް ނުހައްގު ހުކުމެއް ނުކުރައްވާތި؛ ކައްވަޅުގައި އޮންނައިރު އެމްޑީޕީ އާއި އަދާލަތު ގެ ލީޑަރުން ނުތިބޭބެ؛ ރ.ޔާމިންއަކީ އެއްލައްކަ 100،000 ރައްޔިތުންނަށްވުރެ ގިނަ ރައްޔިތުންގެ ލީޑަރއެއް.. މަނީ ލޯންޑް ކުރެވިކަމަށް ބުނެ ކުރާ ދައުވާއަކީ އޭގެ އެއްވެސް އަސްލެއްނެތް ސިޔާސީ ދައުވާއެއް...މިސާލު..ޤާޝީ އަލީ ރަޝީދުގެ އެކައުންޓް އިނގޭ މީހަކު އެ އެކައުންޓަށް އަލީ އަށް ނޭގި މީހަކު ޖަމާކުރީމަ އަލީ ކުށްވެރިވާނެތޯ... އަދި އެމީހަކު އެޖަމާކުރި ފައިސާއަކީ މާވަހަރެއް ހޮވައިގެން ނުވަތަ ޑުރަގް ވިއްކައިގެން ހޯދި ފައިސާކަން އަލީ އަށް އެގޭނެތޯއެވެ... ސަދޫމުގެ ޝަރީއަތް ހިންގި ގޮތަށް ހުކުމެއް ކުރަން ނުވިސްނަވާތި، މިއަދު ދޮންފުތުކަމަށް ބުނެ ސާބަސް ދޭ މީހުން މާދަމާ ތިބާ ނިކަމެތިވާއިރު ކަޅުފުތަށްވެ ނުވެސް ދަންނަ މީހަކަށްވާނެ....

  162
  12
  • ނާސާ

   ބްރާންތިވެފަ އާވާރާވެފަ ތިއްބަސް ބޮޑުވަރު. ބަލަ އެއީ އެމް.އެމް.ޕީ.އާރު.ސީ ގެ ފައިސާކަން އެގުމުންވެސް އެފައިސާއިން ޔާމިނު މަންފާ ހޯދަން އުޅުނު މައްސަލައޭ އެބަލަނީ.

   5
   67
  • Anonymous

   ޗެކުގައި އިތުރު ބަޔާން ކިޔާފަ ލިޔެފަ އޮތީތަ އެއީ މމޕރސ ގެ ހިޔާނާތުގެ ފައިސާއޭ؟ ކާކުބާ ބުރާންތީ. އަމިއަލައަށް ހަލާކުވެ ދޮގުގެ މައްޗަށް ދޮގުހަދާ ސެކިއުލާ ބައިގަނޑަކަށް ތި އަޅުކަން ކުރެވެނީ.

 4. ާއދ.

  ކިހިނެއް ހައިލަ މް އައްނުގުޅާކަން އަލީރަސީދު އައް އެގުނީ ؟ އަލީރަސީދު ތީ މާމ މަތިން އައިސްގެން އުޅޭމ މީހެއްތަ؟ އަލީރަސީދު ތީ ދެފުއްކެހެރި އެއްދޯ

  132
  2
 5. ޒުހުރާ

  އަޅުގަނޑު ވަރަށް އިޙްތިރާމް ކުރާ ބޭފުޅެއް ގާޟީ ޢަލީ ރަޝީދަކީ. އެހެންވެ ދަންނަވާލަން. ސެލެބްރިޓީ ހެދިގެން ނޫޅުއްވާ. ތި ތަންތަނަށް އިންޓަރވިޔު ދެއްވާ އާދައިގެ ސިޔާސީ ތާކުންތާކު ނުޖެހޭ މީހެއްހެން އުޅުއްވާވަރަށްވުރެ އަޚްލާޤް ރަނގަޅު ބޭފުޅެއްތީ. ގާޟީންގެ ގޮތުގައި އަބުރުވެރި ޕްރައިވެޓް ލައިފް އެއްގައި އުޅުއްވާ. އާދޭސް ދަންނަވަން.

  115
  1
 6. ޒުހުރާ

  އަޅުގަނޑު ވަރަށް އިޙްތިރާމް ކުރާ ބޭފުޅެއް ގާޟީ ޢަލީ ރަޝީދަކީ. އެހެންވެ ދަންނަވާލަން. ސެލެބްރިޓީ ހެދިގެން ނޫޅުއްވާ. ތި ތަންތަނަށް އިންޓަރވިޔު ދެއްވާ އާދައިގެ ސިޔާސީ ތާކުންތާކު ނުޖެހޭ މީހެއްހެން އުޅުއްވާވަރަށްވުރެ އަޚްލާޤް ރަނގަޅު ބޭފުޅެއްތީ. ގާޟީންގެ ގޮތުގައި އަބުރުވެރި ޕްރައިވެޓް ލައިފް އެއްގައި އުޅުއްވާ. އާދޭސް ދަންނަވަން. މަގުގެއްލި ހަލާކުވެގެންދާ މީހުނާއެކު ވުމަށް އެދިވަޑައިނުގަންނަވާ.

  71
  1
 7. Anonymous

  މާތްﷲއަށް ބިރުވެތިވޭ

  103
 8. ޢަލީ

  މިހާރު ސްޕްރީ މްކޯޓުގެ ފަނޑިޔާރުންނަށް ވެފައިތިބިގޮތް ހުރިހާ އެން މެންވެސް ވިސްނާތި. އެ މީހުންގެެ މަކަރުވެރިކަ މުން އެތިބީ އެން މެން ޖަލުން ނިކު މެ ހުކު މްތައްވެސް ބާޠިލުކޮށްގެން. ބަދަލުގަ މިޖެހުނީ ފަނޑިޔާރުކަ މުން ވަކިވާން.

  93
 9. އ

  އަލީ ރަށީދު އަކީ ރޯނުއެދުރެއް ހަމަ ވިދާޅުވިގޮތެއް

  92
 10. ކުކުރު

  سبحان الله މިރާއްޖޭގެ ދުވަސް ހިގައްޖެ

  97
  1
  • Anonymous

   ހަ މަ ތެދެއް ތިބުނީ، ގައު މުގެ ދުވަސްގޮއްސި، އަދި ކުރިޔަށްހުރި ރޭވުންތަށް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.

   102
  • ނަރެލް

   މިރާއްޖޭގެ ދުވަސް ދިޔައީ މިއަދަކު ނޫން ރާއްޖެ ހަލާކުވީތާ ދުވަސްކޮޅެއް ވެއްޖެ

 11. ތޭރަ އަހަރު؟

  "މީގެ އިތުރުން ގާޒީ އަލީ ރަޝީދު ވިދާޅުވެފައި ވަނީ އޭނާ ފަނޑިޔާރުކަން ކުރައްވަން ފެށި ތާ 13 އަހަރު ވެފައިވާ ކަމަށާއި އެމުއްދަތުގެ ތެރޭގައި ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ"
  މިހާރު މިއޮތީ އަދި އެއް އަހަރުނުވާ ސަރުކާރެއް ނޫންތޯ؟ ތި 13 އަހަރު ވެފައިވާ ސަރުކާރުގައި ހިމެނޭތޯ؟

  80
 12. ކެޔޮޅު

  އަލީރަސީދައް ސަރުކާރުން ނުގުޅާކަން އެނގުމުން އޭނާގެ ނަޒާހަތްތެރިކަން ގެއްލިއްޖެ ތީހަމަ 0!

  91
 13. ކެޔޮޅު

  ހައްޤުގެ މަގުގައި ނުހުރެވެންޏާ އައްޔަކަސް ކާސިމަކަސް ނިކަން އަނގަދޮށިވާނެ!

  66
  1
 14. ކާކުތީ

  މިހަަރުވެސް ކަލޭގެ ނަޒާހަތްތެރިކަން ތިޔަ އެނގި ފާޅުވެއްޖެ ގާޒީ ހައިލަމް އަށް ސަރުކާރުން ގުޅިޔަސް އަލީ ރަސީދަކަށް ނޭންގޭނެ

  44
 15. އެަކަމަކުވާ

  ސަރުކާރުގެ މައުތު ޕީސް އަކަށްވެ ޤާޟީއަކު ނުކުމެ ޢާޢްމު ޓީވީ އަކައްއަރާ ވާހަކަދައްކާ ހިސާބައްދިޔާމާ އޭނާގެޢަދުލުވެރިކަމާއި ނަޒާޙަތް ތެރިކަމާއި މެދު ޝައްކުކުރާނެ ޖާގަ ހަމަކޮންމެމީހަކައްވެސް އެބައޮތެވެ. ދެންއޭނާ ޢަދުލުވެރި ޙުކުމެއްކޮށްފާނެކަމާއިމެދު ހަމަގައިމުވެސް އަޅުގަނޑައް ޝައްކެވެ.

  46
 16. އައު ސަރުކާރު

  " މީގެ އިތުރުން ގާޒީ އަލީ ރަޝީދު ވިދާޅުވެފައި ވަނީ އޭނާ ފަނޑިޔާރުކަން ކުރައްވަން ފެށި ތާ 13 އަހަރު ވެފައިވާ ކަމަށާއި އެމުއްދަތުގެ ތެރޭގައި ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. "
  އަދި އެއް އަހަރު ނުވާ ސަރުކާރެއް އޮތީ އެހެންވީމަ އައު ސަރުކާރުގެ ގޮތެއް ނޭނގެ ބުނާކަށް

  28
 17. Juhaa

  އެ ޢަލީ ރަޝީދު ކުރެން އަހާބަލަ، އަނާރާގެ ފިރިމީހާގެ މައްސަލަ ނިންމީ ކިހިނެއްތޯ؟

  36
 18. ޢަބްދުއްލާ

  ޔާމީން ޝަރީއަތަށް ނުފޫޒު ފޯރުވާކަށް ސަރުކާރަކުން ހައިލަމަށް ނުގުޅާ - ގާޒީ އަލީ ރަޝީދު

  1 ގަޑިއިރު ކުރިން ( ނޮވެމްބަރު 9, 2019 )

  ތިކަން އެނގޭނެ 17 ނޮވެންބަރ 2019 ވާއާދީއްތަ ދުވަހު.

  31
 19. ނޭންގޭތަ

  ގާޒީއައް ތިއައްވުރެން ބޮޑުދޮގެއްހަދަން ނުކެރުނީތީ ހަޔްރާންވެއްޖައިން އެހެންވެދޯ ގުޅިމީހާ އެބުނަނީ ތިމަންނަގުޅީމޭ

  38
 20. ހެއު

  މަގާމު އަތުގެހުނީމާ އަވަހެއްނޫންތަ ދެމިގަތްއިރު އެބުނީ ހައިލަމްވެސް ނުދައްނަމޭ އަޅެ މީ ދެ އެކުވެރިން އެބުނީ 13 އަހަރުވީ އިރު ކޯޓުގެ އެއްވެސް މައްސަލައަކައް ނުފޫޒު އެއްވެސް ފަރާތަކުން ނުކުރެއޭ.. މާދަމާ ތިތަނުން ކޫތާފަ ބާލާއިރައް ބުނާނެ ވަރައްނުފޫޒުގަދައޭ ފިސާރި ކެރިންގެން ތިޔަ ދޮގުހަދަނީ

  36
 21. ޢަބްދުއްލާ

  ޔާމީން ޝަރީއަތަށް ނުފޫޒު ފޯރުވާކަށް ސަރުކާރަކުން ހައިލަމަށް ނުގުޅާ - ގާޒީ އަލީ ރަޝީދު

  2 ގަޑިއިރު ކުރިން ( ނޮވެމްބަރު 9, 2019 )

  ތިޔަވީ މިސްކިތް ހުޅުޖެހިމީހާ އަކަށްނު.؟

  މިހާރު ހުން އަންނާނެގޮތް ލަފާކުރެވޭ. 13 އަހަރު ވީއިރު ލާދީނީ ބަޔަކު އައުނުން ތިމަގާމު

  ލިބުނޫދޯ؟ ދެން ހުންއަންނާނީ އެއުރެންގެ ހުކުންދޯ؟ އެހެންވިޔަސް މާތްﷲ ރައީސް ޔާމީނު

  ދޫކޮށް ނުލައްވާށި އާމީން.

  31
 22. ާާާޢަލީ

  ކަލޭވައިޖަހަނީދޯ މިއޮއް ހުރިހާ ދުވަހު އޭނާވެސް އެހެނެއްނުކިޔާ ...ހާދަހާމާތްބަޔަކަށް ތިހެދީ...މާތްﷲއާއި މާތްނަބިއްޔާއަށް ފުރައްސާރަކޮށް ހަދާބަޔަކު އިންސާކަކާޖައްސާލިމަ ނުކޮށެއްނުހުންނާނެ...ކިހިނެއް ކަލެޔަށް އެހެނީ...ގުޅިޔަސް ތީ ހައިލަ މްގެކަންފަތްތަ؟؟؟؟

  26
 23. މީ

  ރަޝީދަކީ ދިރާގާ އުރީދޫ ގެ ފޯނުތަކައް ގުޅާ ނަމްބަރުތައް ބަލަހައްޓަން ހުންނަ މީހެއްވީމަ ހައިލަމައް މިހަކު ގުޅިއަސް އޭނަ އަށް އެންގޭނެ

  33
  1
 24. ޟުޖެއިން

  ސަރުކާރުން ހައިލަ މަ ށް ގުޅަންވީތޯ އަހަން ގުޅަނީ ސަ ރު ކާ ރު ބޯއީ އައްޔަށް

  27
 25. ޢުންބެ

  ނުފޫޒް ތިކިޔަނީ ވަރައްދިގު ޗޭންއަކައްތަ 2003 ކުން މިއަދާހަމަޔައް ނެރެފަހުރި ނޫސްތައް ކިޔާލީމައެގޭނެ ސަރުކާރުތަކުން އިސްތިއުފާދީފަ ތިބިމީހުން މަގާމުތައްދޫކޮއްލިގޮއެތް ނުފޫޒް ފޯރުވާ ވާހަކަ ތިބޭފުޅާދައްކާދުވަހެއްވެސް އައްނާނެ ބޭރުގައުމުތަކުންވެސް އަބަދުވެސްބުނޭ ތިންބާރު ގެވާހަކަ އެވަކިނުވެގެން ގާނޫނު އިސްލާހުކުރީ ވެސް ތިބޭފުޅާ ނުފޫޒް ތިކިޔަނީވެދާނެ ގޭޓްގަ ޗޭނުލާފަތަޅުއެޅީމަވާއެއްޗެކައް.

  24
 26. ޝާހް، ރ.ވާދޫ

  އަލީ ރަޝީދޫ، ކަލޭގެ ފޯނަކަށްތަ ގުޅީ؟ ޕާޓީއާހެދި ހޭބަލިވިޔަސް ތަންފުކެއް ބޮޑުވަރުތީ!

  29
 27. އަމީ

  ހައިލަމް ގެ ފޯނު ގެންގުޅެނީ އަލީ ރަޝީދު ތޯ؟

  27
  • ރަޝީދު

   ޢަލީ ރަޝީދު މަޤާމާހެދި ބޫތު ކެއީޔޯ. ހައިލަމް ސަސްޕެންޑް ކުރުމުގެ ކުރިންވެސް ކޯޓުތެރޭގައި މަޤާމާހެދި ވަރަށް ޒުވާބުކުރެޔޯ ޢަލީ ރަޝީދު.

 28. އައްޑޫ މީހާ

  ޤާޒީ އަލީގެ.ސުލޫކީ މައްސަލަ ބެލުން މިހާރު މާ ރަނގަޅު ސަބަބަކީ ގާޒީއެއްގެ ހައިސިއްޔަތުން ހުރެ ވަކި ކޮޅަކަށް ބުރަވެ ތަންތަނަަށް އަރާ ސިޔާސީ އިންޓަވިއު ދިނީ މަ ދެން އަލީގެ އިހްލާސްތެރިކަ މާއި މެދު ސުވާލު އުފެދޭ އަދި ޤާޒީ ހަައިލަމަށް ގޮވާލަން ޔާމިނުގެ މައްސަލައިގައި ހުކުމެްް އިއްވޭނެ ވަރުގެ ބުރަދަން ހުރި ހެއްކެއް ލިބިފައިވޭތޯ ނުވަތަ ހައިލަމް ގަބޫލު ކުރަންތޯ ޔާމީނަށް މި މައްސަލައިގައި އިންސާފް ލިބޭނެކަމަށް މިމައްސަލައާއި ބެހޭ ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ހާމަކޮށްދޭން އެހެން ނޫނީ އަލީ މީގެ ނާޖައިޒް ފައިދާ ނަގައިގެން އިންސާފުން ބޭރުން ހުކުމް ކުރުމުގެ ފުރުސަތު.އަލީއަށް ނުދިނުމުގެ ގޮތުން ހަގީގަތް ހާމަކުރަން ޖެހޭ

  29
 29. ރަންގޮމާ

  އަލީީ ރަޝީދުގެ ވާޖިބެއް ރައްޔިތުންނަށް މިކަންކަން ސާާފުކޮއްދިނުމަކީ. ސަބަބަކީ ހައިލަމް އެ ވިދާލުވަނީ އަލީީ ރަޝީދަށް އެކަން ވަރަށް ސާފުކޮޮއް އެނގޭނޭކަމަށް. މިހެންކަކަމުން ރައްޔިތުންގެ ހިތް ތަކުގައި އުފެދިފައިވާ ޝައްކާއި ވަޙުމް ފިލުވައިދިނުމަކީ އަލީ ރަޝީދުގެ މައްޗަށް ވާޖިބު ކަމެއްގެ ގޮތުގައި ދެކެން.

  5
  19
 30. ޝާނީ

  އަލީ ރަޝީދު ކަންކުރުމުގެ ކުރިން އަދިވެސް ވިސްނަވާލައްވާ.

  26
 31. އަލީ

  މި ކަމުގައި އަލީ ރަޝީދު ޖަވާބުދަރީ ވުމަކީ ވެސް އޭނާގެ ނަޒާހަތްތތެރިކަން ހުރި މިންވަރު އެނގިގެން ދިޔަ ކަމެއް. ނުވި ތާކަށް މީނާއަކީ ސިޔާސީ މަގާމެއްގައި ހުރި، ސަރުކާރުގެ ސްޕޯކްސް ޕަރސަން އެއްގެ ދައުރު އަދާ ކުރަނީ ކޮން ހައިސިއްޔަތަކުންތޯ ރައްޔތުން ބަލާލާހތްވޭ

 32. Anonymous

  ބަލަ މިތިބަ ގަމާރު ކޮމެންޓޭތަކާ ހައިލަމު ބުނީއޭ އަލީރަޝީދަށް އެނގޭނޭ އެކަމު އަލީ ރަޝީދު އިންކާރުކުރީމަ އެނގެނީ ހައިލަމު ހެދީ ދޮގުކަން. އޭނާ ހަމަ ޖަލުގަ ކުނިވާން ބާއްވަންވީ ޔާމީނާ އެއްކޮށް

 33. އެންޖެލީނާ

  ކަލޯ އަލީރަސީދޫ ކަލޭ ބުރާންތި ވަޒީފާގެ ބޭނުމުގައި ބުރާންތިން ދައްކާ ކަހަލަ ވާހަކަނުދައްކަބަލަ މިއުޅޭނީ ފިރިމީހާއައްވެސް އަންނަކޯލްތައް ނޭގިގެން ދެން ކިހިނެއްތަ ކަލެއައް އެގޭނީ ގާޒީ ހައިލަމްއައް އައް އަންނަކޯލްތައް ތިވެސް ނުފޫޒެއް ދެއްތޯ ހާދަވައްތަރޭ

 34. ޢާސީ

  އަނެއް އަޖައިބު

 35. އެންޖެލީނާ

  ކަލޯ އަލީރަސީދޫ ކަލޭ ބުރާންތި ވަޒީފާގެ ބޭނުމުގައި ބުރާންތިން ދައްކާ ކަހަލަ ވާހަކަނުދައްކަބަލަ މިއުޅޭނީ އިންދެގެން އުޅޭ ފިރިމީހާއައްވެސް އަންނަކޯލްތައް ނޭގިގެން ދެން ކިހިނެއްތަ ކަލެއައް އެގޭނީ ގާޒީ ހައިލަމްއައް އައް އަންނަކޯލްތައް ތިވެސް ނުފޫޒެއް ދެއްތޯ ހާދަވައްތަރޭ

 36. އަހުނަދު

  ވަރަށް މޮޅު ޤާޟީ އެއް. މީހުންގެ މެދުގަ ހިނގާ ސިއްރު ކަން ކަން އެނގިވަޑައި ގަންނަވާ ބޭފުޅެއްގެ ޝަރީއަތް ވަރަށް ފުރިހަމަ ވާނެ. ހެއްކެއް ގަރީނާއެއް ބޭނުމެއް ނުވާނެ. ޝަރީއަތަށް މައްސަލަ ވެއްދުމާ އެކު ހުކުމް ކަނޑައެޅޭނެ. ދެން މައްސަލަ ތައް ލަހެއް ނުވާނެ. ދުވާލަކު 10 ވަރަކަށް މައްސަލަ ނިންމޭނެ ކަމަށް ލަފާ ކުރެވޭ.

 37. ރަހޫ

  ޙައިރާންވާ ވަރުވޭ. ޢަލީ ރަޝީދުއަށް ކިހިނެތްތޯ އެނގުނީ ހައިލަމަށް ސަރުކާރުން ނުގުޅާކަން. ޢަލީ ރަޝީދަކީ ހައިލަމްގެ ވޮޗްޑޯގްތޯ؟ ޢަލީ ރަޝީދަކީ ވަރަށް ފޭމަސްވާން ބޭނުން މީހެއްކަން ވަރަށް ސާފު. ކުރިން ކްރިމިނަލް ކޯޓުގަ އުޅުނު އިރުވެސް މައްސަލަތަކުގެ އަޑުއަހަން އަންނަ ނޫސްވެރިންނާ ވަކިން ބައްދަލުކޮށް، ނޫސްވެރިންނަށް ގުޅާ މައްސަލައާއި ބެހޭ މަޢުލޫމާތު އަމިއްލައަށް މީޑިއާއަށް ދިންކަން މަމެން ދެނެތިބިން. ޔޫ.އެސް.އޭ ގައި ގޭސް ކުންފުންޏެއްގެ އެޑްވައިޒަރެކޯ..ހެހެހެ

 38. Anonymous

  ޜ ގަންޖާއަށް 13 އަހަރު ޖަލުހުކުން އިއްވީތީ ބަދަލުހިފު
  މުގެގޮތުންރ ޔާ މީން 13 އަހަރަށް ޖަލައް. . ރޝދ ގެ ހުކު މަކީ މިއީ. ދައުވާ ސާބިތުވިޔަސް ނުވިޔަސް ..

 39. ފާއިޒް

  މީމަތިން ފައިބާފަ ހުރި ޤާޟީ އެއްތަ މީނަ އަށް އިނގޭ ހުރިހާ އެއްޗެއްވެސް...

 40. މިހުރީ ހަނު

  އަޅެފަހެ ގާޒީ އަލީ ރަޝީދު ވިދާޅުވެބަލަ ކޮންބައެއްތޯ ގުޅީ؟
  "ފަނޑިޔާރުކަން ކުރައްވަން ފެށި ތާ 13 އަހަރު ވެފައިވާ ކަމަށާއި އެމުއްދަތުގެ ތެރޭގައި ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ." މާނައަކީ ރައީސް ޔާމީނު ވެރިކަމުގައި އެކޯޓުން ކުރި ހުކުމްތައްވެސްތޯ؟

 41. ވަހީދުބެ

  ސަރުކާރުގެ އިސްމީހުން އެދޭގޮތަށް މިފަހަރު ޙުކުމްކުރާނެ ކަމަށް ބެލެވެން ފަށައިފި.

 42. މެޑާމް

  އަޅުގަނޑުވެސް މީ ޔާމިން ޖަލަށް ލާ ތަން ދެކިލާ ހިތްވާ މީހެއް. އެކަމަކު މިހާރު އެމައްސަލަ ބަލާ އެންމެ އިސް ގާޒީ ގެ ޒިންމާ ނަގާ މީހަކު މިގޮތަށް އެއްވެސް އަސާސެއް ނެތި މީޑިޔާއާ ވާހަކަދެއްކުމަކީ އޭނާގެ އިންޓަގްރިޓީ ގެއްލޭކަމެއް. ހިނގަމުންދާ މައްސަލައަކާ ގުޅިގެން ގާޒީ އަކަށް މީޑިޔާއަކަށް އެއްވެސް މައުލޫމާތެއް ބަހެއް ދެކޮޅަށް ވެސް އެއްކޮޅަށްވެސް ރައްދެއްވެސް ނުދެވޭނެ. ހަމަ ނުދެވޭނެ. އަލީ ރަޝީދު ޖެހޭނީ މިހާރު ޒިންމާއިން އެއްފަރާއްވާން

  2
  1
 43. ދަރި

  ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޒާހިރު އޭނާގެ ރަސްމީ އެކައުންޓު މެދުވެރި ކޮށް ބުނެފި ނޫންތޯ ގުޅީމޭ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެއްނު އެކަމު އަލިބެ މުބުނަނީ ނުގުޅާނެއޭ ކިހާ އެއްވާ ގުޅިމީހަކު ބުނެފި ގުޅީމެ ރައްދުވި ފަރާތުން ބުނި ގުޅިއޭ ދެން ކޮބައިތޯ ސައްކު ކުރާނެ ތަނެއް....