ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގެ މަގުބޫލްކަން ކުޑަވެ ރޭންކިންއަށް އަނެއްކާވެސް ބަދަލުތަކެއް އަތުވެއްޖެއެވެ.

ވެބްސައިޓްތައް ރޭންކް ކުރާ އެމެރިކާގެ "ސިމިލާވެބް" ބުނާ ގޮތުން އެންމެ ގިނަ ދިވެހިން ވަންނަ ރާއްޖޭގެ ވެބްސައިޓަކީ އަދިވެސް "ވަގުތު" އެވެ. އެހެން ވެބްސައިޓްތަކުގެ ރޭންކިން އަށް ބަލާއިރު ދިވެހިން 8 ވަނަ އަށް ވަންނަ ވެބްސައިޓްގެ ގޮތުގައި ރާއްޖޭގެ ދެވަނަ ވެބްސައިޓަކީ "މިހާރު" އެވެ.

"އަވަސް" އޮންލައިން 13 ވަނަގައި އޮތްއިރު މަގުބޫލްކަން ކުޑަވެ ކުރީމަހަށް ވުރެ ހަތް ދަރަޖަ ފަހަތައް ވެއްޓި "ސަން" މިހާރު އޮތީ 14 ވަނައިގައެވެ. "ސީއެންއެމް" އަށް 6 ދަރަޖައިގެ ކުރިއެރުމެއް ލިބުނު ނަމަވެސް އެ ނޫސް އޮތީ 34 ވަނައިގައެވެ. "ދޯ" 35 ވަނައިގައި އޮތް އިރު "ރާއްޖެ އެމްވީ" އޮތީ 39 ވަނައިގައެވެ.

މީގެ އިތުރުން ރާއްޖޭގެ އެއްވެސް އޮންލައިން ނޫހެއް އެންމެ ގިނައިން ދިވެހިން ވަންނަ 70 ވެބްސައިޓްގެ ތެރޭގައި ވެސް ހިމެނިފައެއް ނުވެއެވެ.

"ފެށުން" ރާއްޖޭގެ ރޭންކިންގެ 78 ވަނައިގައި އޮތް އިރު "ވަން އޮންލައިން" އޮތީ 94 ވަނައިގައެވެ. "ދަ ޕްރެސް" 123 ވަނައިގައި އޮތްއިރު "ދުވަސް" އޮތީ 173 ވަނައިގައެވެ. "ދިޔަރެސް" އޮތީ 160 ވަނައިގައެވެ. "ތިލަދުން" އަށް ރޭންކިން އިން ލިބެނީ 230 އެވެ.

ރޭންކިންއަށް ބަލާއިރު ދުވާލަކު ހާހެއްހާ މީހުން ނުވަންނަ ބައެއް ވެބްސައިޓްތަކަށް ވެސް ސަރުކާރުގެ ބޮޑެތި ބައެއް ކުންފުނިތަކުން ސްޕޮންސާ ދީފައިވާކަން ފާހަގަ ކުރެވެއެވެ.

"ސިމިލާ ވެބް" ގެ އިތުރުން ދެން ވެބްސައިޓްތައް ރޭންކް ކުރާ "އެލެކްސާ" ގައި ވެސް އެންމެ ގިނަ ދިވެހިން ވަންނަ ރާއްޖޭގެ ވެބްސައިޓެއްގެ ގޮތުގައި ރޭންކް ކޮށްފައި އޮތީ "ވަގުތު" އެވެ.

"ވަގުތު" އަކީ އެންމެ އަވަހަށް ޚަބަރުތައް ގެނެސްދިނުމުގައި ކިޔުންތެރިންގެ އިތުބާރު ހޯދާފައިވާ ނޫހެކެވެ. ދުނިޔޭގައި ނުވަތަ ރާއްޖޭގައި ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ ކޮންމެ މީހަކު ވެސް އެންމެ އަވަހަށް ބަލާލާ ނޫހަކަށް ވެފައި ވަނީ މިހާރު "ވަގުތު" އެވެ.

"ވަގުތު" އަށް ދުވާލަކު ދޮޅު ލައްކައަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އަލްޙަމްދުﷲ

  މާ ޝާ ﷲ.

  67
  10
  • ޝީނާ

   މަރުޙަބާ

   2
   2
 2. ގުއި ޗޮންހެއި

  މަރުހަބާ ވަގުތު ކުދިން

  50
  7
 3. ފަލަޑޭ ގެ ހިކިޑޭ

  އަސްލުވެސް ވަގުތު ހަމަ ހަބޭސް. މަރުހަބާ ވަގުތުގެ ހީވާގި މުވައްޒަފުންނަށް. މަށަށް ހަމަ އެންމެ ކަމުދަނީ ވަގުތު ނޫސް...

  48
  9
 4. ވަޅި އިއްބެ

  ޓޮޕް 10 ވެބްސައިޓްސް ދޯސް ހޫ ވޯންޓު ނޯ...
  1. ގޫގުލް
  2. ޔޫޓިއުބް
  3. ފޭސްބުކް
  4. (އޮރިޔާން ސައިޓެއް)
  5. (އޮރިޔާން ސައިޓެއް)
  6. ވަގުތު ނޫސް
  .
  .
  .
  .
  11. އޮރިޔާން ސައިޓެއް)

  ހަހަހަަ %100 ގައުމުގެ ޙާލަތު

  28
  13
  • ާަފަލަ ފްލާވާ

   ޖޭ ވިޔަސް ތީ ދެން ބޮޑުވަރު.

   5
   3
  • XD

   ޑިސްލައިކް ޖަހާފަ މިއޮތީ ކީއްވެބާ މީ ހަމަ ހަގީގަތޭ.

   18
   2
  • ސަންފާދިޔެގެ ޝިނާޒް

   އެހެންވީމާ އިންޓަނެޓް އަގުހެޔޮނުވެގެން މިއުޅެނީ 4 އަދި 5ވަނައިގައި ތިބި ބައިގަނޑުތާ ؟
   ޢަގުހެޔޮ ކުރަން މުޒާހަރާ ކުރާ މީހުން ކަމަށްވެސް ވެދާނެ.

   4
   1
 5. ޖާބިރު

  މަރުޙަބާ ވަގުތުގެ އެންމެހާ ސްޓާފުންނާއި ކިޔުންތެރިންނަށް.
  ދެން އިނގިރޭސި ޕޭޖެއްހަދާ އިނގިރޭސިބަހުން އާޓިކަލްތައްލިޔެ ބޭރުގައުމު ތަކަށް ހުޅުވައިލާންވީ.
  މިހާރު ބޭރުގަމުތަކަށް ރާއްޖޭގެ މަޢުލޫމާތު އެނގެނީ މިނިވަން ނޫސްއިން. އޭގައި ހުންނަނީ މުޅިން ދޮގުހަދާ ހަޤީޤތާއި ޚިލާފު ލިޔުންތައް ލިޔެފަ. އެއީ އެމްޑީޕީގެ ބޮޑުން ހިންގާ ނޫހެއް. ދޮގުހަދާ އޮޅުވައިލާ މަކަރުގެ ބައިގަނޑަށް އެނޫން ގޮތަކަށް އެއްޗެއް ލިޔަންވެސް ނޭނގޭނެ.

  61
  3
 6. ނަސީމު

  މިގައުމަކީ ސައްތަ އިން ސައްތަ މުސްލިމް ގައުމެއްް މިކަމާ ދެކޮޅުނުހަދާ ، އެކަމަކު އިސްލާމުންތެރޭވެސް ނަމާދަށް ފަރުފާކުޑަ މީހުންނާ ރޯދަ ނުހިފާ މީހުން ތިބޭ މިގައުމުގެ ބަޔަކު ދީނީ ކަންކަމަށް ފަރުވާކުޑަކުރިޔަސް މިގައުމަކީ ސައްތަ އި ސައްތަ މުސްލިމް ގައުމެއްނޫނޭ ނުބުނެވޭނެ ، ބަޔަކު އެގޮތްބޭނުންވެގެން އުޅުނަސް....

  10
 7. ނޫރު

  ވަގުތު ވަރެއް ހަމަ ނެތޭ! ސާބަހޭ ވަގުތު ނޫސް

  10
  2
 8. އހ

  މަރުހަބާ ވަގުތު

  9
  2
 9. ހާމިދު ޝާޙިދު

  ދައުލަތުން ބޮޑު ހަރަދެއް ކުރަމުންދާ ޕީއެސްއެމް ނިއުސްގެ ވެބްސައިޓްގެ ރޭންކިންގ ނުވެސް ހައްދަވަނީތޯ. މިކަމުގެ މަޢުލޫމާތުކޮޅެއް ދެންއޮންނަ ޚަބަރަކުން ގެނެސްދިނުން އެދެން. އެއީ، ޓެކްސް ޕެޔަރސްގެ ފައިސާއިން ހިންގާ އަގުބޮޑުތަނަކަށްވާތީ

 10. ދަލޫފް

  ނޫސް ކިޔާ މީހުނަށް އެންމެ މުހިންމުވާނީ ޚަބަރު އެންމެތާޒާކޮށް ލިބުމާ ޚަބަރުގެ ސައްޙަކަން.
  ވަގުތު އޮންލައިން އަކީ އޭޝިޔާގަވެސް ނިސްބަތުން އެންމެތާޒާކަމާއި އެކު ޚަބަރުގެނެސްދޭ އެއް އޮންލައިން ނޫސް. އަދި ވަގުތުގެ ނޫސްވެރިންގެ އެންމެ ބަލައިގަނެވޭ ރަނގަޅު ސިފަޔަކީ ޙަޤީގަތާ ކުރިމަތިލައިގެން ޚަބަރުގެ ސައްޙަކަން ކަށަވަރު ކުރަން ކުރާ ބުރަމަސައްކަތް.
  ޝުކްރިއްޔާ ވަގުތު ނޫސް