ރާއްޖޭގައި ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީން ގިނަވަނީ، ބޭރުގެ އެކި ކުންފުނިތަކަށް ޕްރެޖެކްޓުތައް ދޭތީ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ކޮށްފައިވާ ޓްވީޓުތަކެއްގައެވެ.

ރީކޯ މޫސާ ވިދާޅުވީ ރާއްޖޭގައި ކުރާ ގިނަ މަސައްކަތްތައް ބޭރު ކުންފުނިތަކަށް ދީފަ، އެ މަސައްކަތްތައް ކުރުމަށް ބިދޭސީން ގެންނަން ހުއްދާދީފައި، އެ ޕްރޮޖެކްޓް ނިމުމުން ގެންނަ ބިދޭސީންތައް މަގުމަށްޗަށް ދޫކޮށްލާފައި ބޭރު ކުންފުނިތަކުގެ ވެރިން ފުރައިގެން ދަނީ ކަމަށެވެ. ދެން އެ ބިދޭސީން އަތުޖެހުނު ކަމެއް ކުރަން ފިލައިގެން ރާއްޖޭގައި އުޅެނީ ކަމުގައި ރީކޯ މޫސަ ވަނީ ވިދާޅުވެފައެވެ.

ރީކޯ މޫސާ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ސަރުކާރު ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސަރުކާރުން ވަނީ ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ޤާނޫނުގެ ތެރެއަށް ފެއްތުމަށް ޕްރޮގްރާމް ތަކެއް ފަށާފައެވެ.

ގަލޮޅު ދަނޑުގައި މި ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔައ އިރު، އެތައް ހާސް ބީދޭންސީންނެއް ވަނީ ގަލޮޅު ދަނޑަށް ޖަމާވެފައެވެ. އަދި ގަލޮޅު ދަނޑު ފުރި، މަގުމަތީގައިވެސް ވަނީ ކިޔު ހަދާފައެވެ.

ރާއްޖޭގައި ޤަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދެއްގެ ނޭނގެއެވެ. ނަމަވެސް ޤަވައިދާއި ހިލާފަށް އުޅޭ ބިދޭސިންގެ އަދަދު ލައްކަ އަކާއި ގާތް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންއާދަނުގެކުޑަސޮރު

    ވަގްތުން ވަގްތަށް މި އެއްޗެހިތަށް އެއްބަރިއަ ކަށް ޖަހާފަ ފައްސާލަންވީ.

  2. ނަމަ

    މޫސަ އެހެން ވެގެންނެއްނޫން ތިޔަކަހަލަ ދެފުއް ކެހެރިން ގިނަވީމަ

  3. ާަައަޙްމަދު

    މޫސަގެ ރިސޯޓް ނިމުނީބާ؟؟