ކާރުބާރު ބޮޑު މާލޭގެ މަޖީދީ މަގުގައި ބުޅަލެއް މަރަށް ތެޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމު ވެއްޖެއެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުގައި ބުޅާ އެހާވަރަށް ތެޅިފައިވަނީ އޭގެ ގަޔަށް ދުއްވާ އެއްޗެއް އަރައިގެންނެވެ. އަދި މަގުމެދުގައި އެ ބުޅާ މަރަށް ތެޅުން އޮތް މަންޒަރު ގިނަ ބަޔަކަށް ފެނި އެފަރާތްތަކުން ވަނީ އެ މަންޒަރު ބަލައި ވީޑިއޯވެސް ކޮށްފައެވެ.

ބުޅަލަކީ އާއްމު ގޮތެއްގައި ދިވެހި ވަރަށް ލޯބިން ގެންގުޅެމުން އަންނަ ޖަނަވާރެކެވެ. ރާއްޖޭގެ މަދު ބަޔަކު ނޫނީ ހުރިހާ އެންމެން ގޮތަކަށް ގޭގެ ތަކުގައި އޮޅުކޮށްގެން ބުޅާ ގެންގުޅެއެވެ. ވީޑިއާ އިން ފެންނަ ބުޅަލަކީ އެއީ މީހަކު އޮޅުކޮށްގެން ގެންގުޅުނު ބުޅަލެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ ބުޅާ ގަޔަށް ދުއްވާފައި ދިޔަ ވެހިކަލެއް އަރާފައިވަނީ ބުޅާ މަގު ހުރަސް ކުރަން އުޅުނު ގަޑީގައެވެ. މި މަންޒަރު ލޮލަށް ފެނުނު ބައެއް ފަރާތްތަކުން ވަނީ އެ ބުޅަލަށް އެހީ ވާން ކައިރިވާން ނުކެރިފައެވެ.

ރާއްޖޭގައި ޖަނަވާރުންނަށް ފަރުވާ ދޭ ކްލިނިކެއް އެބަހުއްޓެެވެ. ނަމަވެސް އެތަނުން މިހާރު ހިދުމަތް ދެމުން ނުގެންދެއެވެ. އެހެންވެ ރާއްޖޭގައި ބުޅާ ފަދަ ޖަނަވާރުތައް އޮޅުކޮށްގެން ގެންގުޅޭ މީހުން އެކަމާއި ނުރުހުން ފާޅުކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ވީޑިއޯ

  ތި ވެދާނެ މީހަކު އޮޅުކޮއްގެން ގެންގުޅުނު ވީޑިއޯ އަކަށްވެސް.

  13
  86
  • ބުޅާ

   ވީޑިއޯ ވެސް އޮޅު ކުރެވޭތަ؟؟؟؟؟؟

   36
   2
 2. ސޭޑް

  ދުއްވާ އެއްޗެހި ދުއްވާއިރުވެސް ބަލަންވާނެދޯ ޖަނަވާރުންނަށްވެސް.....ދެރަކަމެއް 🙁

  214
  12
 3. ބުޅާ

  ބުޅަލުގެ ކެހެރި އާއި ނަޖިހަކީ، ވަރަށް ނުރައްކާތެރި ބަލި ފަތުރާ އެއްޗެއް! ބުޅަލުގެ ނަޖިހުގެ ސަބަބުން، ޓްރެކް ދަނޑުގެ ވިނަގަނޑު މިހާރު އެވަނީ، އާންމު ސިއްހަތަށް ނުރައްކާވާ ހިސާބަށް ގޮސްފައި! ހެޔޮނުވާނެ މިކަމަށް އަވަސް ހައްލެއް ގެނެސްދީ!

  69
  37
  • ނިކަ

   އާދަޔާ ހިލާފަށް ބުޅާ ގިނަވެސް ވެއްޖެ.. މިކަމަށްވެސް ހައްލު ބޭނުންވޭ

   35
   9
  • ށުލާ

   އަނގަ ތަޅަތަޅާ ތިބެން ޖެހޭނީ.

   5
   9
 4. އަހުމަދު

  ރޮވިއްޖެ

  73
  8
 5. ރުޅި

  ވަރަށް ދެރަވެއްޖެ މި ވީޑިއޯ ބަލާފަވެސް. މި ފެންނަނީ ދިވެހިންގެ ހާލަތު?

  104
  11
 6. ސާބަސް ކަލޭމެންނައ

  ކަލޭމެން އެނިކަމެތި ފުރާނަ ސަލާމަތްކުރެވެންނެތިޔާ އެންމެކުޑަވެގެން އެސޮރު މަގުމެދުން ނަގާލިނަމަ އެފަކީރުމަރައްތެޅޭއިރުވެސް ފާޑަކަ އަނގަނަގައިގެން މާމަޖާކަމެެއްހެން. ކަލޭމެން މުސްލިމުންނޭކިޔާފަ ތީހަމަފައްކާ ޖާހިލުން. ރަންގަޅު ކަމެތްކުރަން ލަދުގަނެ ނުބައިކަމެއްކުރަން ނޫނީ މީހަކާފޮށެންވެޖެޔާ އެކަމަކައް އަވަސްވެގަންނާނެ.

  136
  7
  • ހަމަ ތެދެެއް

   އެންމެ ބޮޑު ހަގީގަތް ތިބުނީ. ދިވެހިންނަކީ ނަމަކަށް މުސްލިމުންނަށް ވެގެން އުޅޭ ބައެއް. ބުޅަލަކަށް އަނިޔާވެރިވި އަންހެނަކު ވެސް ނަރަަކަ އަށް ދިޔަ. ކަލޭމެން ގޮތަށް ހައްދަވަހައްދަފަ ނެތަކަސް އެޔަކީވެސް ހަމަ މާތް ﷲ ހައްދަވާފަވާ ފުރާނައެއް. ކަލޭމެންނަކީ އަމިއްލަ އެދުން ބޮޑު ސުންޕާ ބައެއް. ކަލޭމެން ބޭނުންވާ ޖަނަވާރުތަކަށް ކަލޭމެން ކުލުނު ހުންނާނެ. އެހެން ނޫނީ ކުރިމަތީގަ ދިރޭ އެއްޗެއް މަރަށް ތެޅޭއިރުވެސް މަޖާކަމަކަށްވެފަ ވީޑިއޯ ކޮށްލަ ކޮށްލާ ކަލޭމެނަށް މަރު އެއީ ކިހާވަރެއްގެ އެއްޗެއް ކަމެއް ނޭނގެ ދޯ. އިންސާނިއްޔަތު ކަމެއް ނެތިގެން ތިތިޅެނީ. ބޭރު މީހުން އުޅޭ ވައްތަރަށް ހިސާރި އުޅޭ ހިތްވާނެ. އެކަމަކު ހަމައެކަނި ހެނދުން އެޅުމުގަޔާ ގޯސްކަންކަމުގަ. ގައިމު އެމީހުން މުސްލިމުންނަށް ނުވިޔަސް ޖަނަވާރުންނަށް މާ ކުލުނު ހުރޭ. ތީ ހަމަ ކިޔަވައިގެންތިބި ޖާހިލުންތަކެއް. އަހަރެން ލަދުގަނޭ މިހާރު ދިވެއްސަކަށް ވީތީ ފަހުރުވެރިވޭ ބުނަން. ކަލޭމެން އިންސާނިއްޔަތުކަން ހުންނަނީ ފިލިޕީނާ، ތައިލަންޑާ، ބޭންގކޮކާ އެހެން ގޮސް ކަލޭމެން ބޭނުންވާ ވައްތަރަށް އޮރިޔާމުން ތިބޭ މީހުން ފައިވާނުގަ ދޫލާން. މުސްލިމެއްގައިގަ ހުންނަންޖެހޭ އެންމެ ރިވެތިސިފއެއްވެސް ނުހުންނާނެ މި ޖާހިލުންގެ.ކިޔަވަނީ ހަމައެކަނި ސެޓްފިކެޓް ހޯދަން. ތިމާއަށް އެނގެންޖެހޭ އިލްމުގެތެރެއިން %0.1 ވެސް ނޭގޭ. އީމާންތެރި ކަމެއް ނުހުރޭ.ދަރިންނަށްއަނގަރޭސި ދަސްކޮށްދިނީމަ ނިމުނީ. ދީނާބެހޭގޮތުން ހެޔޮ އެކަށްޗެއް ނޭންގުނަސް.

 7. ޟމ

  ބުޅަލެއް މަރުވާ މަންޒަރު ބަލަން ތިބީމަ ކޮބާ މައްސަލައަކީ މީހުން މަރައް ތެޅޭއިރުވެސް ތިބެނީ ވީޑިއޯކޮށް ފޮޓޯނަގަން

  78
  15
 8. ލާދީނީ ޕާޓީ ޑީޕީ

  ކޮންމެ މީހަކަށްވެސް އަންނާނެ މިދުވަސް.

  93
  6
 9. މަރީ

  އެވެސް ވީޑިއޯ ކުރަނީ. ހާދަ ރަހު މު ކުޑައޭ މީހުން މިހާރު

  70
  8
 10. ބުއާ

  ބުޅާ ގެންގުޅޭ ބޭފުޅުން ބުޅާ ގެންގުޅެއްވާނީ ރައްކާތެރިކަމާއެކު ގޭގެ ހަތަރުފާރުތެރޭ ބައެއް މީހުން ބުޅާދެކެ ބިރުގަނޭ ސައިކަލްގެ މަޑިމަތީގައި ބުޅާއޮތީމައި ސައިކަލަށް ނޭރިފައި ކިތަށްމެބަޔަކު އެބަތިބޭ އަހަރެން ވެސް ބުޅާދެކެ ވަރަށް ބިރުގަނޭ ....

  72
  11
  • ހުސޭނު

   ލޮލް. ބުޅަލައްވުރެ މަ މާ ބިރުގަނޭ އިއްސާނުންދެކެ.

   58
   20
   • ހަމަ ވަރަށް ބޮޑު ތެދެއް.

    އެންމެ ކައިރީގަ ހުންނަ މީހާވެސް ނޭނގެ ކޮންއިރަކު ކަމެއް ހަމަލާ އެއް ދޭނީ. ނޫނީ ހާލެއްގަ ޖެހިއްޖެއްޔާ އެހީވެދޭނެ މީހެއްވެސް ނުވާނެ. ކަލޭމެން ކިޔަވައިގެން ތިބި ޖާހިލުންނަށްވުރެ ކުއްތާ ވެސް މާ އިންސާނިއްޔަތުކަން ހުރޭ

    1
    1
 11. ހެއްރަބޭ

  ވ.ދެރަވެއްޖެ.

  57
  2
 12. ސަޓޯ

  ސޯ ސޭޑް

  40
  2
 13. ދޮންބެ

  މިހާރައްބަލާއިރު މިޤައުމުގަ ޖަނަވާރައް ޚިދުމަތްދެވޭފަދަ މަރުކަޒެއް ހުންނަންޖެހޭ ސުވާލަކީ މިކަމައްހުރި ހަމައެކަނި މަރުކަޒުން ޚިދުމަތްދިނުން ހުއްޓާލީކީއްވެތޯ

  50
  2
 14. ނުންނު

  ތިހެން އިންސާނެއް ވެސް މަގުމަތީ މަރަށް ތެޅިތެޅި އޮތަސް އެންމެންވެސް ބަލާނީ ހަމަ ވީޑިޔޯ ކުރެވޭތޯ ޓިޕިކަލް މޯލްޑިވިއަންސް

  63
  6
 15. މިރުސް

  މި ބުޅާތައް މަގުމަތިީގައި އެހެން އޮތް އިރު ވީޑިއޯ ކުރުމަކީ ބުޅާތައް ވަރަށް ލަދުގަންނާނެ ކަމެށް

  8
  19
 16. ޜުންކުރުބެ

  ދިވެހިން ނަކީ އިންސާނަކު މަގުމަތިން ކަމެއް ދިމާ ވިޔަސް ވީޑިޔޯ ކޮއް ކުޅިބަލަން ތިބޭބައެއް ، ދެން ޖަނަވާރަކައް އެހީވާނެތަ

  47
 17. ފަޒީނާ

  ޖަނަވާރުންނައް ރަހުމް ނުކުރާބަޔަކު އިންސާނުންނަކައްވެސް ރަހުމް ނުކުރާނެ. ރާއްޖެ ފަނާވެ މަޑުމަޑުން ނެތިގެން މިދަނީ އެކަކު އަނެކަކައް ރަހުމް ނުކުރާބަޔަކައް ވުމުގެ ސަބަބުން. މީހުންނެއް ޖަނަވާރުންނައް ރަހުމް ނުކުރޭ.. ވެރީންނެއް ރައްޔިތުންނައް ރަހުމް ނުކުރޭ.. ވަޒީފާދޭފަރާތްތަކުން މުއައްޒަފުންނައް ރަހުމް ނުކުރޭ.. ބެލެނިވެރީން ދަރީންނައް ރަހުމް ނުކުރޭ.. ވިޔަފާރިވެރީން އާންމުންނައް ރަހުމް ނުކުރޭ. ކުއްޔައްދޭފަރާތުން ކުއްޔައް ހިފާފަރާތައް ރަހުމް ނުކުރޭ.. ޑޮކްޓަރުން ބަލިމީހުންނައަ ރަހުމްނުކުރޭ.

  29
  1
 18. އުއްމު ހުރައިރާ

  ޢަޅުގަނޑުވެސް 15 ބުޅާ ގެންގުޅެފިން. ޢަޅުގަނޑުގެ ގޭގަ ތުއްތު ތުއްތު ދަރިން ބޮޑުވަމުން އެބަ އާދޭ الحمد لله. ބައްޔެއް ޖެހިގެން އަޅުގަނޑުމެން އެންމެން މަރެއްނުވޭ އިނގެތޯ. ގައިން ގަޔަށްއަރާ ފާނަ ބަސަންދަ ޖެހުނީމަ އިންސާނުންވެސް މަރަންވީތޯ؟؟ އިންސާނަކަސް ޖަނަވަރާކަސް ބަލިވެދާނެ، ބަލިވީއޭ ކިއާފަ الله ތަޢާލާގެ މަޚުލޫގުންތަކެއްގެ ނަޞްލު ފޮހެލާކަށްނޫން ގޮވާނީ! ބުޅަލެއް ޙަޔާތުގަ ނުގެންގުޅޭ ބަޔަކު ފާޑު ކިޔީމަ ލަދުވެތި، ބުޅާ ގެންގުޅޭ މީހުންނަށް ދެއްތޯ އެނގޭނީ މިތަނުގަ ވެޓް ސަރވިސް ޤާއިމްކުރަން ކުރި އާދޭސް!

  ތުރުކީވިލާތުގެ އިތުރުން އެތައް މިލިއަން މީހުން އެއްވާ އަޅުގަނޑުމެންގެ މުޤައްދަސް ބިންތަކުގައި ނަމާދު ޤާއިމްކުރާ ތަންތަނުގަވެސް ބުޅާ އުޅޭ. ހައްޖުވެރިން އެނބުރި މާލެ އަންނަނީ ބުޅާ ހިފައިންނެއްނޫން އިނގޭތޯ.

  ދެން ސިޔާސީކުރަން އުޅޭ ފަރާތްތަކަށް ދަންނަވަން އޮތީ ގަސްގަހާގެއްސާއި، ޖަނަވާރާއި އަދި އެހެނިހެން ދިރުންތައް ރައްކާތެރިކުރުމަށް މިގައުމުގެ ހުރިހާ ސަރުކާރުތަކެއްވަނީ ނުކުޅެދިފަ!

  40
  5
  • ޝ

   ???

 19. މަ

  ވީޑިއޯ ކުރަން ތިބި މީހުން އަސްލު ލަދުގަންނަން ޖެހޭ ދޯ

  21
 20. ެއެމީހާ

  ދެރަވެއްޖެ!

  5
  1
 21. ޢަހަރެން

  މަށަށް އަދި މި އިނގުނީ ގިނަ ގޭގޭގަ ބުޅާ ގެންގުޅޭކަން