ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ތަކުގައިވެސް އާއިލީ ވެރިކަމުގެ ސިއްކަ ޖަހައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރިކަން ކުރެއްވި ސައީދު މިގޮތަށް ވިދާޅުވެފައި ވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީޓުގައި ސައީދު ވިދާޅުވެފައި ވަނީ މަޖިލީހުގެ ކޮމެޓީ ތައްވެސް އާއިލީ "ސިއްކަ" ޖެހި ނިމިފައި ވާކަމަށާއި، ތުހުމަތުތައް ތަހުގީގު ކުރުމުގެ ބަދަލުގައި ގާޒީ އިތުރަށް ކުއްވެރިކޮށް މުޅި ނިޒާމަށް އަތްބާނަން ކުރަމުންދާ މަސައްކަތް ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު އޮތް މިންވަރުން ހާމަވާކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ސަސްޕްންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ކުރެއްވީ އިންސާނީ ކަރާމަތަށް އަރައިގަންނަ އަމަލެއް ކަމަށް މަޖިލީހުގެ އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާއިން ވިދާޅުވުމާއި ގުޅިގެންނެވެ.

ހައިލަމް ވަނީ ނަސްރުގެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައިފައިވާ މަންޒަރު ފެންނަ ތަސްވީރެއް ހިއްސާކޮށްފައެވެ.

މި މައްސަލަ ފެންމަތި ވުމާއި ގުޅިގެން އޭނާ ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެބަޔާނުގައި ހައިލަމް ވިދާޅުވެފައި ވަނީ އެތަސްވީރު ހިއްސާކުރެވުނީ އެ ނިސްބަތްވަނީ ކޮންބަޔަކަށް ކަމެއް ނޭންގި ކަަމަށާއި، އަދި އެކަމާ ރައީސް ސޯލިހް އަދި ރައީސް ނަޝީދުގެ އަރިހުން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިމައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންށްކޮށްފައި ވަނީ 60 ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮކި

    ކަލޭމެން ވޭތިވެދިޔަ ފަސް އަހަރު އާއިލީ ވެރިކަމެއް މަޖިލިހު ތެރެއިން ނުކުރަންދޯ ؟

    7
    11
  2. ނާދިރާ

    މާފަށް އެދޭކަށް ނުޖެހޭ

    7
    1
  3. ޢިކުރާމު

    ސައީދޫ ކެނެރީގޭ ބޮނބި މަކުނައް ވެރިކަ މުގެ އާރާބާރު ލިބުނީ ޔާ މީނައް ސައީދު މެން ހެވާނުބައި ބުނެނުދިނު މުން ޔާ މީނު ހަރުކަށިކަން ދެއްކު މުން