ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމް އަށް މިހާރު މައާފު ކޮށްފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިގޮތަށް ވިދާޅުވީ ވީޓީވީއިން ގެނެސްދޭ "އެންމެންގެ ޖުމްހޫރީ ޕާޓީ" ގެ ނަމުގައި ގެނެސްދޭ ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން އިލްހާމް ޖަލަށް ލިއެވެ. އޭނާ ޖަލުން މިނިވަން ވެފައިވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީންއަށް ނާކާމިޔާބުވުމުންނެވެ.

ގާސިމްގެ އެޑްވައިޒަރު އިލްހާމް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި އޭނާ ޖަލުގައި ބާއްވާފައިވަނީ ހޫނު ގަދަ ކުޑަ ގޮޅިއެއްގައި ކަމަށާއި ދުވާލަކު ބޮޑު ތިން ފެންފުޅި އާއި ޑީހައިޑްރޭޓް ވާތީ ލޮނު ފެން ވެސް ބޯން ޖެހުނު ކަމަށެވެ. އެވޭނުގައި އޭނާ 8 ވަސް ވަންދެން އޮތަސް މިހާރު ޔާމީނަށް މައާފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ޙަޤީޤަތަކީ އަޅުގަނޑުގެ ހަތުރެއް ނޫން ރައީސް ޔާމީނަކީ. ރައްޓެއްސެއް މިއަދު އަޅުގަނޑު. ރައީސް ޔާމީނަށް މަޢާފް ކޮށްފިން" ވީޓީވީގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވިއެވެ.

އިލްހާމް އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އޭނާ ޖަލަށް ލާފައިވަނީ ސިޔާސީ ގޮތުން އޭރު ކުރަމުންދިޔަ މަސައްކަތުގައި އޭރު ޔާމީނަށް ގަބޫލު ކުރެވުނު ކަންތަކުގެ މައްޗަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ހުރި އިލްހާމް އެޕާޓީއާއި ގުޅިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާލެ ބޭބެ

    އިލްހާމް ޖަލަށްލީ ޤާނޫނީ ހަމަތަކުގެ ތެރެއިން؛
    އެއީ ރ.ޔާމިންކުރާކަމެއްނޫން.. ދިވެހިރާއްޖޭގައި ހިގަމުން އައި ޤާނާނޫސީ ސަރުކާރު ވައްޓާލަން އުޅުއްވިންތޯ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ރައީސް ޔާމިނަށް ސަޕޯޓްކުރާ އެއްލައްކަ ރައްޔިތުންގެ ހިތުގަވެސް އެއްވެސް ކިލަބުވެރިކަމެއްނެތޭ ބުންޏަސް ޤައުމު ފަނާވީ..އަދި ތިބޭފުޅުންގެ ގޮޑިތައްވަނީ އެމްޑީޕީގެ ވަނީ ގެއްލުވާލާފަ.. މިޤައުމު ފަނާކޮށްލުމުގެ ފުރުސަތު ހުޅުވާލީ އަމިއްލަ އެދުމުންފޯވެތިބެ ތިބޭފުޅުން ކުރި މަސައްކަތުން. މިއަދު އިލްހާމް އަކީ ސިޔާސީގޮތުން ކާކުތޯ..އެޑްވައިޒަރޭ ސައިންޓިސްޓިކޭ ކިޔަސް ރައްޔިތުންގެ އެއްވެސް ރުހުމެއްނެތް....

    26
  2. ހައްހައް

    ޔާމީނު އެބަ އުޅޭތަ ތިކަހަލަ މަކަރުވެރި، ކުށްވެރިންގެ މާފު ނުލިބިގެން؟

    44
    8
  3. އޮބަމާ

    ތަސްވީރު ބަދަލްވަމުން ދަނީ، އެންމެން ޔާމީން އަށް ބަޔަތު ހިފަނީ....

    55
    1
  4. ޞަފިއްޔާ

    އިލްހާމު އޭގެކުރިން ކަންކުރިގޮތްވެސް ވިސްނާލަން ޖެހޭނެ! ރައީސް ޔާމީނަކީ ޤާނޫނު ހިންގުމުގައި މޫނަކަށް ކަނދުރާއަކަށް ގާތަކަށް ދުރަކަށް ތިމާގެއަކަށް ރައްޓެއްސަކަށް ބީރައްޓެއްސަކަށް ބެއްލެވުމެއްނެތި ހަމަހަމަކޮށް ކަންތައްކުރެއްވި ލީޑަރެއް! އެކަހަލަ ލީޑަރުން ބޭނުންވެގެން ގޮވާފަ އެކަހަލަ ލީޑަރެއްލިބި ތިމާއަށް އަދަބުލިބުނީމާ އެ ލީޑަރު ގޯސްވުމަކީ ދެރަކަމެއް!

    27
  5. މުހައްމަދު

    ވަޓް އިޒް ދިސް

    38
  6. ކަންނެލިއޮޑި

    އިލްހަމު! ތިޔައީ ރަނގަޅު ކަމެއް. މަރުޙަބާ!

    37
    3
  7. ރިޔަލިޓީ

    ރޔާމީން އިލްހާމަށް މައާފުނުކުރުމަށް ދަންނަވަން.. މިކަހަލަމީހުންނަ މައާފުކުރުމުން ނުކުންނަ ނަތީޖާއަކީ ފަސާދަ... ހޫނުގަދަ ގޮޅިއަކަށްލީ އޭރުގަ ސިޔާސީގޮތުން ކުރިކަންތަ ރޔާމީނަށް ގަބޫލުނުލުރެވިގެންކަމަށް އިލްހާމުބުނާއިރު އޭރުގަވެސް މިހާރުވެސް އިލްހާމުކުރާކންތަ ބަލައެއްނުގަނެވޭނެ ހަމަޔާ އިންސާފާ އުސޫލުގަތިބިބަޔަކަށް.. ސިޔާސީގޮތުންވެސް ރިޝްވަތުގަހިފުމީ ކޮއްގެންވާނެކަމެނޫން.. އާޙިރަތުގަ މާހޫނުގަދަވާނެ އެފަދަމީހުންނަ.. އިލްހާމަށް ރޔާމީންގެ އާއިލާއިން މައާފުނުކުރާތި.. ވަރަށްދެރަ ދެވިއްޖެދޯ ދެން ކޮއްމެކަމެއްގަވެސް ހައްދެވާނެ.. ދިސްއިޒް އަ ރިއަލިޓީ... ވަޓްއިޒް ދިސް...

    16
    5
  8. Anonymous

    ބައިއަތު ހިފައިގެން ވެސް ޤައުމާއި ދީން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް މަސައްކަތް ފަށަން ވެއްޖެ

    23
    1
  9. ކިޔުންތެރިޔާ

    މާކަ ގިނަ ވާގަކަތަކެއް ނުދައްކާ ރިއަލިޓީއާ ފޭސްކުރަން ދަސްކުރޭ. ރިއަލިޓީއަކީ މިހާރުން މިހާރު ކަލޭމެން އެންމެންވެގެން ހޭވި ހަޑި މި ގައުމުން ސާފްކުރަންވީ. ރ.ޔާމީނަށް ކުރަންއުޅޭ ނުހައްގު ޖަލު ހުކުމް ބާތިލްކުރެވޭތޯ ބަލަންވީ. ރ.ޔާމީނާއި ބައިއަތި ހިފާ ގައުމު ހަމަމަގަށް އެޅުވުމަށް އިދިކޮޅެއްގެ ރޯލު ކުޅެންވީ. ﷲ ތިބާއަށް ހެޔޮ ވިސްނުންދެއްވާށި.

  10. އަޖްއިބް

    ރ. ޔާމިން ދެކަކުޖަހާ ބިއްމަޗަށް ވެއްޓި ރޯހޭރި މާއްފަށް އެދުނީތާ ތި މަނިކުފާނު ތިޔަ މާފްކުރީ...އަޖައިބެއްނުވާނެތަ