މައުމޫން ފުލުހުންގެ ލޯންޗެއްގައި މާލެ ގެންނަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މައުމޫން ފުލުހުންގެ ލޯންޗެއްގައި މާލެ ގެންނަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ރައީސް މައުމޫން ތަހުގީގަށް އެއްބާރު ލެއްވުން ނުދެއްވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި ކުށެއް ނެތްކަން ސާބިތުކޮށްދެއްވަން ޖެހެނީ މައުމޫން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ޚަލީމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ގެ އޮފީހުން ދާދި ފަހުން ނެރުނު ބަޔާނާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޚަލީލް ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ކުރީގެ ރައީސް ކަމަށެވެ/

"މައުމޫނަކީ ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރައްވައި ގައުމަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވި ނަމޫނާ ވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް, އެހެންނަމަވެސް ފެބުރުއަރީ އެކެއްގެ ހުކުމަށްފަހު އެމަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ވަނީ ކުރެވިފައި" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެމަނިކުފާނު އެއްބާރުލެއްވުން ދެއްވަންޖެހޭނެ ކަމަށެވެ.

"މައުމޫން ފަދަ ބޭފުޅެއްގެ މައްޗަށް އެފަދަ ތުހުމަތު ތަކެއް ކުރެވިފައި ވުމުން އެމަނިކުފާނު އެބަޖެހޭ ކުށުން ބަރީއްޔަވާން. އެމަނިކުފާނުގެ ކުށެއްނެތްކަން ހާމަކޮށް ދެއްވުމަކީ އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް. އެކަން ކުރެއްވުމަށް ފުލުހުންގެ ތަހުގީގަށް އެއްބާރުލެއްވުން ދެއްވަންޖެހޭނެ،" ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ކުރީގެ ރައީސް ކަމަށާއި އެމަނިކުފާނަށް އަދިވެސް ޕީޕީއެމްއިން ފުރުސަތު އޮންނަންވާނެ ކަމަށެވެ. "އެކަމަކު އެއަށްވުރެ ކުރިން އެމަނިކުފާނު ޖެހިވަޑައިގަންނަވާނެ ކުށެއްނެތްކަން ސާބިތު ކޮށްދެއްވަން،" ޑރ.ޚަލީލް ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ ޝަރީޢަތައް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން މައުމޫން ވަނީ އިންސާނިއްޔަތައްޓަކައި ނަމަވެސް އެމަނިކުފާނު ދޫކޮށްލައިދިނުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢާދިލް މުޙައްމަދު

    އިންސާނިއްޔަތަށްޓަކައި މާ ރަނގަޅުވާނެ ރޮހިންޖާ މީހުންނާއި ފަލަސްޠީނު މީހުންނަށް އެހީވިއްޔާ. އެއީ ،މާ ގިނަ ބަޔެއް.

  2. ރ.މައުމޫން ކުށެއް ކުރެއްވިކަން ސާބިތުކޮށް ދެއްވަންޖެހޭނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރި ފަރާތަކުން އިސްލާމީ ޝަރީއަތް ކޮބާ

    • މައުމޫނު ހަނު ހުރުމާއި ގޮތްދޫނުކުރުމާއި ފޯނު ނުދިނުން ބަގާވާތުގަ ބައިވެރި ނުވާނަމަ ފިސާރި ކެރެންވާނެ -މައުމޫނުގެ ވެރިކަމުގަ މީހުން ނުކުރާކަންތަކާއި ނުފެންނަ ކަންތަކަށް އެއްބަސްކުރުވީ ކަނޑުފައްތާ ނޭވާހޮލިއަށް ފެނ އަރުވަގެން. އެކަމުގެ ވޭނުގަ މަރުވި މީހުނާއި މިހަރުވެސް ވޭން ތަހައްމަލް ކުރާމީހުން އެބަތިބި

  3. ޚަލީލު ކަލޭ ތިޔައީ ފަނޑިޔާރުތަ... ތިޔައީ ޝަރުޢީދާއިރާ އަށް އަތްބާނާ ގޮތަކީ...

  4. އިންސާނިއްޔަތަށްޓަކައިތޯ ، ޢަދާވާތްތރިންނާ ގުޅިގެން ކޮއްކޮގެ ކަރުގައި ހިފާގެން ތި އުޅެނީ؟
    - މާދަމާރޭ ބޮޑު ހަނދު ކޭތައެއް ހިފާނެ
    - ޔާމީނަށް ކުރި ތާއީދު އަނބުރާ ގެނަސްފިން
    - ދެން ދުވަހަކުވެސް މި ސަރުކރަށް ތައީދެއް ނުކުރާނަށް
    - އިންތިޚާބު އަންނަންދެން މަޑުކުރާނޭކަމެއް ނެތް
    - މިހާރުން މިހާރަށް މި ކަންތައް އެބަ ނިންމަންޖެހޭ
    މހުރީ ކޮއްކޮގެ ކަރުގައި ހިފާގެންހުރެ މައުމޫނު ބޭރުކުޅަ ބައެއް ބަސްތައް! ވީމާ ޤާނޫނުތަކުގެބޭރުން ސަރުކަރު ވައްޓާލުމަށް މައުމޫނު ކުޅަ މަސައްކަތް މާތްﷲގެ ޤުދުރަތްތެރިކަމުން ބާޠިލްކުރެއްވިގޮތް އެއީ އީބްރަތުން ފުރިގެންވާ އިލާހީ މުޢުޖިޒާއެއް!

    • އިލާހީ މުއުޖިޒާތޭ؟ އަޑު އަހަންތަ " އިނަސެންޓް އަންޓިލް ޕްރޫވަން ގިލްޓީ" އޭ ބުނާ އަޑު؟ މައުމޫނަށް ކުރާ ތުހުމަތުތަކަށް ވަނީ އިންކާރު ކޮށްފައި. އެހެންވިމާ އެ ތުހުމަތުތައް ސާބިތުކުރުމަކީ ދައުވާ ހުށަހެޅި ފަރާތުން (ދައުލަތުން) ކުރަން ޖެހޭނޭ ކަމެއް.

    • ދެމަފިރިންވެގެން ބޭބެގެ ޕާޓީގަޑު އަތުލީކީއްވެ؟

  5. އަޅުގަނޑު ޢާރިފް

    ވަރަށް ހެޔޮ ދުޢާ ސަލާން. މަނިކުފާނު ކިތަންމެ މައްޗަކަށް ކިޔަވާ ވިދާޅުވެގެން ހުންނެވިއެއް ކަމަކު، ތިޔަ ވިދާޅުވީކީ ރަނގަޅަކަށް ނޫން. ކުށެއް ނެތްކަން މައުމޫނު ސާބިތުކޮށްދޭކަށް ނުޖެހޭ. އޭގެ ބަދަލުގައި މައުމޫނު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ އެކަން ސާބިތުކޮށްދޭނީ އިންސާފެވެރި ޝަރީޢަތެއް ކުރައްވާ އިންސާވެރި ގާޒީއެއް. މަނިކުފާނު މިވަގުތު ހުންނެވި މަގާމުގެ ގޮތުން އެއްވެސް މީހެއްގެ ޝަރީޢަތާ ބެހި ހެދުމަކީ މަނިކުފާނު ކުރައްވަންޖެހޭ ކަމެއް ވެސް ނޫން. އަދި އެއްވެސް މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުމަކީ ވެސް މަނިކުފާނު އެކަމަށް ރައްދެއް ދެއްވަން ޖެހޭ ކަމެއް ވެސް ނޫން. ބައެއް ފަހަރު "މައުތުފީސް" އަކަށް ވިޔަސް، އަމުދުން ތިފެންވަރުގެ ޢިލްމީ މީހުންގެ ގޮތް ހުންނަން ޖެހޭނީ ބޭރުފުށުން އެކަންޏެއް ވެސް ނޫން ދެއްތޯ! ދެރަވަރު ދެއްތޯ!

  6. ކުށެއް ކުރިކަން ސާބިތު ކުރުމަކީ ދައުލަތަށް ލާޒިމްކަމެއް، ނާޒިމަށް ހުކުމް ކުރީވެސް ތިކަހަލަ ގޮތަކަށް، ހުކުމުގައި އޮތީ ނާޒިމަށް ސާބިތުކޮށް ނުދެވުނޯ ފިސްތޯލައަކީ އޭނަގެ އެއްޗެއް ނޫންކަން، ބަލަ ދައުލަތަށް ސާބިތުކުރެވުނުތޯ އެއީ ނާޒިމްގެ އެއްޗެއްކަން.
    މިކޮމެންޓް ނުޖަހާނެ ވަގުތު ނޫހުން

  7. މައުމޫން ފުލުހުންނަށް ފޯނު ނުދެއްކެވުމަކީ ތަޙްޤީޤަށް ހުރަސްއެޅުއްވުން. އެއީ ޤާނޫނުލް ޢުޤޫބާތުގައި ކަނޑައެޅިގެންވާ ޖިނާއީ ކުށެއް. އެ ކުށުން ބަރީއަވާން ޖެހޭނީ މައުމޫން. އަނެއް ސުވާލަކީ ޤާނޫނާ ޚިލާފު ކަމެއް ނުކުރައްވާނަމަ ފޯނު ފޮރުއްވަންވީ ކީއްވެތޯ؟ މިހާރު މައުމޫން ރަނގަޅުވެގެން އުޅޭ މީހުން (ކުރިން މައުމޫނަށް ހެއްދެވި ނެހެއްދެވިއަށް ގޮވި މީހުން) މި ސުވާލަށް ޖަވާބުދީބަލަ.

  8. ތިބޭފުޅުންނަށްވެސް ތިދަވަސް އަތުވެދާނެކަމަށް ވިސްނާތި، އެހެންނޫން ނަމަ . މައުމޫނު، އުއްތަމަ ފަޑިޔާރު، އަރީފު، ފަދަ މީހުންނަށް ތިދުވަހެއްނައިސް ،

  9. މަނިކާ ރޯއްޖާ ޚަލީލު މައުމޫނަށްވުރެކުރިން މިޤައުމުގެ ބޯކޮށް ފައިސާ ގެއްލިގެން ވެރިއެއްގެ އެކައުންޓަށް އެފައިސާ ޖަމާވެފައިވާކަން ދައުލަތުފެ މުވައްސަސާގެ ލިއުންތަކުން އެވަނީ ހާމަކޮށްފައި.
    އެތުހުމަތުތަށް ދޮގުކުރައްވައި މި ރައީސް ނުޖެހޭތޯ ދޮގެއްކަން ސާބިތުކުރައްވަން ؟

    ތިހުންނަނީ ދީނާއި ޑރ ކަން އިސްފަސްވެ ހަފުސްވެ ފައިސާޔާ މަތިވެރި މާޤާމަށް އަވަލާފަ .

  10. މައުމޫނަކީ ކުއްވެރިއެއްކަމަށް ކަލޭ ސާބިތު ކޮއްދީބަލަ

  11. ޚަލީލު ޕީއެޗްޑީ އޮތަސް ނޭނގޭދޯ، ދައުވާ އުފުލޭ ފަރާތް ނުޖެހޭ ކުށެއް ނެތަކަން ސާބިތު ކުރާކަށް، ދައުވާ ކުރާ ފަރާތް ޕީޖީ ޖެހޭނީ ކުށް ސާބިތު ކުރަން ޝައްކެއް ނެތް މިނަވަރަށް. ޚަލީލު އަށް ނޭނގޭ ވާހަކަ ނުދައްކާ.

  12. އެހެންތަ އެކަން އޮންނީ ؟ ކަލޯ ހައްޔަރުކުރީމަވެސް ތިހެން ބިނާނެބާ؟