ބުޅަލުގެ ޒަރިއްޔާއިން ބައްޔެއް ފެތުރެމުންދާ ކަމަށާއި، މި ބައްޔަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، "ލާވާ މައިގްރަންސް" އަކީ ރާއްޖެއިން އަބަދުވެސް ފެންނަ ބައްޔެއް ކަމަށާއި އަދި މި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެދޭ ކަމަށެެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މި ބައްޔަކީ ބުޅަލުގެ ނަޖިހުން ޖެހޭ ބައްޔެއް ކަމަށެވެ. އަދި މި ބަލި ޖެހެނީ ހަންގަނޑަށެވެ.

އެޗްޕީއޭގެއިން ވަނީ ބަލީގެ އަލާމާތުގެ ގޮތުގައި، ހަންގަނޑު ދުޅަވެފައިވާ މީހެއްގެ ފޮޓޯއެއްވެސް ވަނީ ހިމަނާފައެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް

  1. ހުސްފައިގާ މަގުމަތީގަޔާއި، ވެލީގައި ނުހިނގުން
  2. މަގުމަތީގައި އުޅޭ ބުޅަލާއި، އެ ބުޅަލުގެ ނަޖިހުގައި ނުޖެހުން
  3. ބުޅާ ގެންގުޅޭ ފަރާތްތަކުން ބުޅާ ޑީވޯމް ކުރުން
  4. ބުޅަލުގެ ލިޓާ ބޮކްސް ސާފުކުރާއިރު އަންގި ބޭނުން ކުރުން
  5. ގިނަގައިން ސައިބޯނި ލައިގެން އަތް ދޮތުން
  6. ކުޑަކުދިން ޕާކުފަދަ ތަންތާނގާއި އުޅޭއިރު ވެއްޔަށް އަތްލިޔަ ނުދިނުން

މިފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބުޅާ ވަނީ ވަރަށް އިތުރުވެފައެވެ. އަދި އޮޅުކޮށްގެން ބުޅާ ގެންގުޅޭ މީހުންވެސް ވަނީ ގިނަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ީިިގުދު

    މާލޭގަ އުޅޭ ހުރިހާ ބުޅަލެއް ފަޅުރަށަކަށް ގެންދަންވީ ދެންބުޅާދެކެލޯބިވާމީހުން އެރަށަށްގޮސްބުޅާތަށް ދެކިލާފަ އަންނާނީ ވަކިރަށެންހަދަންފެންނަނީ މިހާރު މާގިނަވެއްޖެ މާލޭގަ ބުޅާ މިހާރު މަގުމަތީ ހިގާލެވޭވަރެއްނޫނޭ

    9
    1
  2. ބަކުރުބެ

    ކޮންމެ ބައްޔެއް ފެތުރުނަސް ހެޔޮ، ހޯހޯ ކޮންމެސް ބުޅަލެއް ނުމަރާތި، އީޕީ ރުޅި އަންނާނެ، ސޭވް ބައޯ ކަލޯ????

    11
    3
  3. މާމިގިލީ މީހާ

    ރާއްޖޭގެ އެއްވެސް މީހަކައް މިބަލި ޖެހިއްޖިޔާ އޭގެ ޒިންމާ ނަގާންޖެހޭނީ ސަރުކާރުން. ސަބަބަކީ ބުޅާ މަރާ މީހުންނައް ގާނޫނުގަ ބޮޑެތި އަދަބުތައް ކަޑައަޅާފަ އޮތީމަ. ބުޅަލުގެ ބަލާ ބޮޑުކަމުން ފުރާޅުން ފެންނެގޭކައް ނެތް. މިހެދި ގާނޫނެއްގެ ސަބަބުން ހުރިހާ ބުޅާތައް ސީލާން އަރަނީ ފުރާޅައް. ބިންމައްޗައް އެކެއްޗެއް ވެސް ސީއެއްނުލާ.

    6
    1
  4. އަހަރެން

    ތިޔައީ މިހާރު ބޮޑުއުނދަގުލެއް ބައެއް ގޭގޭ ސިޑިދަށުގަވެސް ހުންނަނީ ބުޅާގެ ހަދާދީފަވިއްޔާ އެމީހުންނަކަށް ނުބައި ވަހެއްވެސް ނުދުވާވިއްޔާ

    3
    1
  5. Anonymous

    ކޮންމެ ބައްޔެއް ފެތުރުނަސް ހެޔޮ، ހޯހޯ ކޮންމެސް ބުޅަލެއް ނުމަރާތި، އީޕީ ރުޅި އަންނާނެ، ސޭވް ބައޯ ކަލޯ?????
    ބުޅާ ގެންގުޅުނަސް ގެއްލލުނން ،،،
    ބުލހަަ މެރިއަސް ގެއްލލުނން

  6. ޗަކަންބޯ

    ކޮންމެ ބައްޔެއް ފެތުރުނަސް ހެޔޮ، ހޯހޯ ކޮންމެސް ބުޅަލެއް ނުމަރާތި، އީޕީ ރުޅި އަންނާނެ، ސޭވް ބައޯ ކަލޯ??
    ބުޅާ ގެންގުލހުނަސ ގެއްލުން
    ބުޅާ މެރިަސް ގެއްލުން