ރާއްޖޭގެ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ހޫދު ވިދާޅުވީ ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައިފައި ނުވާކަމަށެވެ. އަދި ސަރުކާރުގެ އިސް ފަރާތްތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ދައްކަވާފައި ވަނީ ދޮގު ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތި ވެފައި ވަނީ މިމަހުގެ ތިންވަނަ ދުވަހު ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައިފައިވާ މަންޒަރު ސިފަވާ ފޮޓޯއެއް ވައިބަރ ގުރޫޕަކަށް ހިއްސާ ކުރުމާއި ގުޅިގެން ހިނގާދިޔަ ހޫނުގަަދަ ބަހުސްއަށް ފަހުއެވެ.

އެ މައްސަލަ ހޫނުކޮށްފައި ވަނީ ސަރުކާރުގެ މައިޕާޓީ އެމްޑީޕީގެ މެންބަރުންނެވެ. އެކަން ހޫނުކޮށް ހައިލަމް އެ ކުރީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އެއީ ފަނޑިޔާރެއްގެ ކިބައިން ފެނިގެން ނުވާނެ އަމަލެއް ކަމަށް އެމްޑީޕީ މަޖިލީސް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އެމައްސަަލަ އާއި ގުޅިގެން ގާޒީ ހައިލަމް ނެރުއްވެވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެކަން ހޫނުކޮށް އޭނާ މަގާމުން ވަކިކުރަން ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށާއި އެއީ މިހާރު ކުރިއަށްދާ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން އަށް ހުކުމް އިއްވުމަށް ތައްޔާރުވެފައި ވަނިކޮށް އެމަނިކުފާނު ޖަލަށް ލާނެކަން ޔަގީން ކުރުމަށް ސަރުކާރުގެ ބައެއް ފަރާތްތަކުން މެސެޖުގެ ޒަރިއްޔާއިންނާއި، ހައިލަމް ދަންނަ ފަރާތްތައް މެދުވެރިކޮށް މަސައްކަތް ކޮށްފައިވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހައިލަމް ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އަދި ހައިލަމްގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ މެސެޖުގެ އިތުރުން، އޭނާ ނެރުއްވެވި ބަޔާނާއި ގުޅިގެން ޖޭއެސްސީ އަށް ހާޒިރުކޮށް ސުވާލުކުރުމަށް ހައިލަމް ހާޒިރު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އޭނާ ޖޭއެސްސީ އަށް ހާޒިރުވެފައި ނުވާކަމަށް ޖޭއެސްސީ އިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހައިލަމް ވިދާޅުވެފައި ވަނީ އެކަން ގާޒީ އަލީ ރަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް އަލީ ރަޝީދު ވަނީ ވޭތުވެދިޔަ 13 އަަހަރު ދުވަހުގެ ތެރޭގައި ކޯޓުގައި ހިނގަމުންދާ އެއްވެސް ޝަރީއަތަކަށް ސަރުކާރުން ނުފޫޒުފޯރުވައިފައި ނުވާކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކިނބޫ

    އޮޅިގެން ބުނި އެއްޗެއްތަ؟ ނޫނީ ހަމައިގަ ނެތް ވަގުތެއްގަ ބުނި އެއްޗެއްތަ؟ ވަރަށް ގިނައިން އޮޅުން އަރާ ސަރުކާރަކަށް ވާތީ އަހާލީ؟

    28
  2. Anonymous

    ދެން ރާއްޖެއިން ބޭރުންތަ ނުފޫޒު ފޯރުވަނީ، ހޫދު ހީކުރަނީ މިގައު މުގަ އެ މްޑީޕީއަށް ތާއީދުނުކުރާ މީހުން ތިބީ ހޭބުއްދިފިލާފަކަ މަށްދޯ.

    23
  3. ޖަރީމާ

    ތިބޭފުޅާ ބުނީ މަކާ ނޫން ދޯ ދިވެހި ރައްޔިތުންނަށް ތަންދޮރު އޮޅުން ފިލަނީކީ. ތިޔަ ވިދާޅުވީ ތަރުޖަ މާނަކާ ނުލައިވެސް ހަމަހޭގައި ތިބި ދިވެހި ހުރިހާ ރައްޔިތުން ދަންނަ ބުހުތާނު ދޮގެއް.

    24
  4. ސާރާ

    ދެއަތާ ދެފަޔާ ބޯވެސް ބާނާފަ އެއޮތީ! ކަލޭ ދެލޯދުންމާރި ހެދިގެން ހުއްޓަސް ރޯދިމާއަށް އެހުރީ ކަންކަން އެނގި ފެންނަން! ހަމަ އެކަނި ، އުއްތަމަ ފަނޑިޔާރު ނެރިފަ އެހުރި ބަޔާންތަކުންވެސް އެކަން އެބަ އެނގޭ! ބަލަން މިތިބީ ޘާބިތު ނެތް ކަމަކަށް ރައީސް ޔާމީނަށް އިއްވާ ޙުކުމް! މައްސަލަ ބެލި ހައިލަމް ލިޔެފައި އޮތް ޙުކުމް އޭގެފަހުން ދައްކާލާނަށް!

    23
  5. މަހެފޫޒު

    ނުފޫޒު އެއީ ކޯންޗެކަންވެސް ސަރުކާރަކަށް ނޭގޭނެ.. މިސަރުކާރުން މުޅިންވެސްބުނާނީ ތެދު އެހެންމީހުން ދޮގުބުނާނީ.. މޑނ އުވާލައިފިތަ؟؟އެޖަމިއްޔާގެ އިސްވެރިން ހައްޔަރުކޮއްފިތަ؟؟އެމީހުން ވަޒީފާތަކުން ވަކިކޮއްފިތަ؟؟މިސަރުކާރުން އިސްލާމްދީނަށް ފުރައްސާރަކުރަން ޖާގައެއްނުދޭނެ ފުރައްސާރަކުރާ މީހުންނަ ހިމާޔަތްދޭނީ.. ރޔާމީންގެމައްޗަށް ދައުވާކުރެވެންޏާ އިބުރާހިމުގެމައްޗަށް ދައުވާނުކުރެވެނީ ކީއްވެ؟؟މުޅި ޝަރީއަތް ބެލިކޮއްމެ މީހަކަށް ސާފުކޮށްއިގޭނެ ރޔާމީން ކުށުން ބަރީއަވާކަން އެކަމަކު ހިޔަޅު ކިބޫ ޕާޓީކުދިން ރުއްސަން ކުށެނެތް މައުސޫމުމީހަކު ޖަލަށްލާން ތެޅޭކަން ރައްޔިތުންނައެބައިގޭ.. ﷲގެވާގިފުޅާލައިގެން މިވެރިކަން ދެއްވިފަރާތުން ﷲ މިވެރިކަން ނިމުމަކަށް ގެންނަވާދުވަސް ލަސްތަކެނުވެ ދައްލަވާށި.... އާމީން..

  6. އަސީ

    ފަންޑިޔާރު ނުފޫޒުފޯރުވިކަމައް ބުނިތާ 3 ދުވަސްފަހުން ނިދިން ތިހޭލެވުނީ މިހާރު ޔަގީންވެއްޖެ ނުފޫޒު ފޯރުވިކަން

    24
  7. ކިޔުންތެރިޔާ

    ތެދެއް. އެ ވާހަކަ ދެއްކި މީހާގެ ބޮލުގެ އިސްތަށިގަނޑު ފެނިފަ ރެޕަންޒިލްވެސް ދަންޖެހެން އުޅުނު. ދެން އަހަރުމެން ވީ ގަބޫލުކުރަން؟ ކަލޭމެން ހީކުރަނީ އަހަރުމެންނަކީ މޮޔައިން ކަމަށްތަ؟ ނޫނީ ވިސްނިފަ ތި އޮންނަނީ މިގައުމަކީ ކެނެރީގޭ ލާދީނީ ނަޝީދާއި ކަލޭކަހަލަ ބޮލުން އޮފް އަރާ ދެތިން މީހުންގެ ތަނެއްގެ ގޮތުގަތަ؟ ބަލަ ވޯޓުދީ ހޮވާފަ އެތިބީ އަހަރުމެން. ބޭނުންހާ ގޮތއްނެހެދޭނެ. ބޭހާއި ނުކުޅޭތި ބަޑި، ނޭގިހުއްޓާ އަނދައިދާނޭ، ގޭމަ ކޮޔާ ފިހިދާނޭ!

    20
  8. އަމާ

    ކަލެއައްތަ އެނގެނީ

    23
  9. އަހުމަދު

    ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޒާހިރު އިއުތިރާފު ވި ގުޅިކަމަށް އޭނާގެ ބަހުން ލިޔުން އެ އޮތި ސާބިތުވާން

    16
  10. Anonymous

    ކަލޭ ބަލާފަވެސް ނުފޫޒު ނުފޯރުވާކަން އެބަ އެނގޭ

  11. ކެޔޮޅު

    ނުފޫޒު ނުފޯރުވިޔަސް ފަނޑިޔާރުންނައް ވަކިގަތަކައް ހުކުމްކުރަން މަޖުބޫރު ކުރުވި އެޔައް ދެންކިޔާނެ އެހެންނަމެއް ހޫދުބުނޭ؟؟

  12. މޮހޮދާބެއްޔާ

    ރާބޯދިވެއްސަކުތިމަންނައަކީރާބޯމީހެއްކަމަށް
    ބުނާނެތަ؟

  13. މަމީމަ

    އެހެންވެގެންތަ ވެރިކަމާއި ހަވާލުވި ދުވަހަށް (17 ނޯވެމްބަރަށް) ޔާމީނަށް ހުކުމް ކުރަން ނިންމީ.