ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެ މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހި، އަދި އޭގެ ކުރިއަށް އޮތް އެހެން ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު ހުޅުމާލޭގައެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ހުވަނދުމާ ހިނގުމުގައި މަޑުކޮށްގެން އޮތް ޕިކަޕެއްގައި ފަހަތުން އައި ޕިކަޕެއް ޖެހި، އަދި މަޑުކޮށްގެން އޮތް ޕިކަޕު އޭގެ ކުރީގައި އޮތް ޕިކަޕެއްގައި ޖެހިގެން މިއަދު އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4:02 ހާއިރު ކަަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މެދުގައި އޮތް ޕިކަޕާއި ދުއްވާފައި ދިޔަ ދިޔަ ޕިކަޕް ދުއްވަން ތިބީ ބަންގްލަދޭޝް ޑްރައިވަރުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ދެމީހުންނަކީވެސް ކުރިން އެހެން މައްސަލައެއްގައި ލައިސަންސް ހިފަހައްޓާފައިވާ ދެމީހުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެންމެ ކުރީގައި އޮތް ޕިކަޕަކީ ދިވެއްސަކު ދުއްވަން އިން ޕިކަޕެއް ކަމަށާއި އެ ޑްރައިވަރު އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެއެވެ.

މި ތިން ޕިކަޕުގެ އިތުރުން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ދެ ސައިކަލަކަށް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގުމަށް މެދުވެރިވީ ފަހަތުން އައި ޕިކަޕު ބާރު ސްޕީޑުގައި އައިސް ކްންޓްރޯލް ނުވުމުގެ ސަބަބުން ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިއްތިބޭ

    ކުޅު މާލޭގަ ހިނގާނެ ހުރިހާކަ މެއްވެސް އެކްސިޑެންޓެއް އެކަންޔެއް ނޫން ރަލުގެ ކަންތައްވެސް އެން މެ ގިނައިން އަޑުއިވިފަ އޮތިއްޔާ އޮތީ ތިތަނަކުން ތި ހުޅުދެލި މާލެއަކުން ކީއްކުރާނޭ ހުރިހާ ފުލެޓެއްވެސް ތިތަނެއްގަ ދޯ އެޅެނީ!

  2. ބޮންދު

    ދިވެހި ޑްރައިވަރު ހައްޔަރު ކޮއްފަ ބަންގާޅަ ދެ މީހުންނައް ރަނގަޅައް ސައިދީފަ އަވަހައް ފޮނުވާލާ ކުރީގަވެސް އުޅުނު ގޮތައް އުޅެން ނަސޭހަތް ދީފަ.