ވަކި ފަރާތެއްގެ ނަން ވިދާޅުނުވެ ނަމަވެސް ޝަރުޢީ ދާއިރާއަށް ރައްދުވާގޮތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ ވެރިއަކަށް ޤާނޫނުއަސާސީއަށް ވުރެ މަތީގާ ނުހުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށެވެ. ޤާނޫނުއަސާސީގެ ފަސް ވަނަ މާއްދާ ބުނާ ގޮތުން، ދިވެހި ދައުލަތުގާ އޮންނާނީ ދުސްތޫރީ ސިޔާދަތެއްކަމަށާއި އަދި ދިވެހި ދިދައިގެ ދަށުގައި އުޅޭ ހަމަ އެކަކަށްވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ ބުނާ ގޮތުން، ދިވެހި ދައުލަތުގާ އޮންނާނީ ދުސްތޫރީ ސިޔާދަތެއް. އޭގެ މާނައަކީ، ދިވެހި ދިދައިގެ ދަށުގައިވެގެން އުޅޭ ހަމަ އެކަކަށްވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ. އެއީ އަޅުގަނޑުކަމަށް ވިޔަސް، ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންކަމުގާ ވިޔަސް، ޤާނޫނުއަސާސީއަށް ވުރެ މަތީގާ ނުހުރެވޭނެ. އަދި ޤާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގާ ނޯންނާނެ. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑު މަސައްކަތް ކުރަމުން މިއަންނަނީ، މިދެންނެވި ހަޤީޤަތް ޤަބޫލުކޮށްގެން ހުރެ، ޤާނޫނުއަސާސީ ނެގެހެއްޓުމަކީ، އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމަށް ދެކިގެން." ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ އެއްވެސް ބާރެއްގެ ވެރިއަކަށް ޤާނޫނުއަސާސީއަށް ވުރެ މަތީގާ ނުހުރެވޭނެ ކަމަށް ރައީސް މިރޭ ވިދާޅުވިއިރު އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ގެންދަވަނީ ޖޭއެސްސީގެ ޤާނޫނަށް އެންމެ ފަހުން ގެނައި ބަދަލުތަކާއި ދެކޮޅު ހައްދަވާ ފަނޑިޔާރުންގެ މަސައްކަތައް ޖޭއެސްސީ އިން ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

ޖޭއެސްސީ އިން މިހާރު ވެސް ގެންދަނީ އުއްތަމަ ފަނޑިޔާރާއި އެހެން ބައެއް ފަނޑިޔާރުންގެ މައްސަލަތައް ތަހްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ޣގގގ

    މޑނ ގެ ލާދީނީ މުރުތަދުންނަށް ފިޔަވަޅުނާޅާ ގާނޫނު އަސާސީއާ ހިލާފުވެފަ ހުރެގެން ކޮންހާ ދޮގެއްހަދާކަށް. ތިއީ މިހާރު އޮޓަމެޓިކުން މަގާމުން ވަކުވެފަ ހުރި މީހެއް.

    154
    8
  2. ފަހަރެއްގައި

    މަޖްލިސް ރައީސް ކަމަށްވެސް ވެދާނެ

    104
    4
    • ޒުހުރާ

      ރައްޔިތުން ބިކަވި އަހަރެއް. ބޮޑުވަގު ޔާމީން ވައްކަން ކުރިކުރިހެން ގައުމު ތަރައްގީވެ ގައުމުގެ ހަޒާނާ އިތުރުވީ. ސޯލިހު ބޭފުޅުން އައިމަ ގައުމު އިނދަޖެހި ހަޒާނާ ހުސްވަނީ.

      15
      1
  3. މޯދީ

    ހިނި އަންނަކަހަލަ އިންޒާރުދޭތީ ހިއައިސްސަ މިހިރީ! 3 ވަނަ ބާރަށް ބާރުފޯރުވައިގެންހުރެ އެކަން ނުކުރާށޭ މިކިޔަނީ!

    132
    2
  4. ކަނަމަނަ

    ތިދެއްކީ ސްމެއްގެ ވާހަކަ

    117
    3
    • ޙައުލާ

      އަހަރެމެން ބޭނުމީ ޔާމީނު ކަހަލަ ވަގެއް. ވައްކަން ކުރިކުރިހެން ގައުމުގެ ރައްޔިތުންގެ މާލީ ހާލަތު ރަނަގަޅުވެ އިގްތިޞާދު ކުރިއަރާ މެގަ ޕްރޮޖެކްޓް ތައް ހިންގާ 5 ތަރީގެ ސިއްހޯ ޚިދްމަތާ 1 ވަނަ ދުނިޔޭގެ ކުރިއަރާފާ ތައުލީމާ ގައުމުގެ ހަޒާނާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދޭ. މިކަހަލަ ވަގުން ބޭނުން ނުވާނީ ދުނިޔޭގެ ކޮންބައެއް. ގަމާރު ދިވެހިންދޯ.

      12
  5. ޖަވާހިރު

    ބަލަގަ މަޖްލިސް ރައީސް އެއުޅުއްވަނީ އެކަމަކު ހާދަ މަތީގައޭ. އެކަމާ މަނިކުފާނަކަށް ހަމަ އެއްވެސް ކަމެއް ކުރެވޭކަށެއް ނެތް ދޯ؟

    139
    1
  6. ސަމީރު

    ކަޅު ސޯލިހު ބުއްދި ސަލާމަތުން ތައް ތިހުރީ..

    87
    7
  7. މުހައްމަދު

    ޗީޗީ މިވެސް ހަމަ ރައްޔިތުންގެ ވެރިޔާގެ ކަންތައް ހުންނަން ޖެހޭނެގޮތްތަ މީހުންގެ މިނިވަންކަން ބިރުދައްކައިގެން ފޭރުމާ މުއައްސަސާތަކަށް އަތްބޭނުމާ އަމިއްލަސަރުކާރުގެ ވަޒީރުން ހައްޔަރުކުރުމާއި ރައއޔިތުންނަށް ދުއްޕާން ކުރުން ކަމަކީ ވަގުން އިންތިހާޔަށް ގިނަކޮށްފި މަތުވާމީހުންގެ ބިޔަބޮޑު ލަޝްކަރެއް ނިކުމެ ރެޔާދުވާލު މީހުންގެ ގެދޮރަށްވަދެ ބޭނުން ކަމެއް ކުރަމުންދާއިރު އެކަން ހުއްޓުވުމުގެ ބަދަލުގައި ކޮން މެސް ބަޔަކަށް އިންޒާރުދީ ބިރުދެއްކުން ނޫންކަމެއް ނުކުރޭ ތިޔަކަމަށްވެސް ޖަވާބުދޭންޖެހޭނެ ދުވަހެއް އަންނާނެކަން ހަނދާން ކުރުން އެދެން ޚުދުމުހުތާރު ސަރުކާރުގެވެރިޔާ ހާދަ ހުތުރޭ އިގޭ!

    98
    5
  8. ވެރިން

    ރައީސް އެވިދާޅުވީ ރައްޔިތުން ގެ މަޖިލީސް ރައީސް ވާހަކަ.

    70
    8
  9. އާމިރު

    ކަލޭއަށް ނޭގުންނަސް ޤާނޫނު އެއްމެފަހުބަސް ބުނާފަރާތަކީ ސުޕްރިމް ކޯޓު... ކަލޭއެއް ނޫން. ކަލޭ ކަމަކީ ގައުމު ހިންގުން (އެޑްމިނިސްޓްރޭޓަރެއް ގެ ރޯލް ތީ) ބުއްދިބޭނުން ކޮއްގެން ވާހަކަދައްކަބަލައް .... ސޯލިހު

    114
    4
  10. ދައްކަނީ

    އަމިއްލަ އަށް ކުރާ މަސައްކަތް އަމިއްލަ އަށް ކާމިޔާބޭ ބުނާނީ އެއީ އެއް ހިއްސު މަދު އެއް ކުޅަނދު މަދު މީހުންނޭ ސަބަބަކީ ރައީސް އިބޫގެ ސަރުކާރު ކާމިޔާބު ކަމަށް ބުނަން ޖެހޭނީ ރައްޔިތުންނޭ އެގޮތުން ބަލާއިރު ރައީސް ގެ ވެރިކަމުގެ ފުރަތަމަ އަހަރު ދުވަހު މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ މީހުންނަށް ތިލަފުށިން އަދި ގުޅިފަޅުން ދެވުނު ބިމެއް ނެތޭ މިހާރު ގޮސިޕްސް ދައްކާ ވާހަކަ ކަމަށްވާ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ވާހަކަ އޭ ރައީސް އިބޫގެ ވާހަކައިގައި

  11. ކޮސްމުއްލާ

    އެމްޑީއެން ގެނެސް އުލުބޭންދިޔަސް ކަލޭމެންގެ ހިތެއް ނުފުރޭނެ

    16
    51
    • ޟ

      ޓިކަމެއް ނުވާނެ ތިމީހުން ނަކަށް..

  12. ޖޖޖޖ

    ރައްޔިތުން ބިކަވި އަހަރެއް. ބޮޑުވަގު ޔާމީން ވައްކަން ކުރިކުރިހެން ގައުމު ތަރައްގީވެ ގައުމުގެ ހަޒާނާ އިތުރުވީ. ސޯލިހު ބޭފުޅުން އައިމަ ގައުމު އިނދަޖެހި ހަޒާނާ ހުސްވަނީ.

    21
  13. މެދުމިންތޯ؟

    ހިލޭ އަންހެނުންނާއި ސަލާމް ކުރުމަކީ؟ ޢަވްރަ ކަޝްފު ނުވާ ހެދުން ލުމަކީ؟ ސްޓޭޖް މަތިން ވަނަތައް ހޯދަން އަރާ ބައެއްކުދިންގެ ހެދުންތައް ފެންނަނީ ވަރަށް ޢައިބުކޮށް.

  14. ހަސަނު

    އާޓާމިނަލްގަ މިސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ.މިސަރުކާރު އައިއިރުވެސް ހުންނާނީ 1600 ތަނބު ބިމުއަޑިއަށް ޖަހާފަ. އެއާޕޯޓްގަ ކުރިއަށްދާ ރަންވޭ، އާކާގޯ ޓާމިނަލް، އާފިއުލްފާމް، އާސީޕްލޭން ޓާމިނަލް، އާވީއަޕީ ޓާމިނަލް، އަދި އާޕާކިން އޭރިއާގަ މިސަރުކާރުގެ ދައުރެއް ނެތް

    10
  15. ޢަބްދުއްލާ

    ރައީސްގެ ވަރުގަދަ އިންޒާރެއް ޝަރުޢީ ދާއިރާއަށް

    1 ގަޑިއިރު ކުރިން ( ނޮވެމްބަރު 10, 2019 )

    އެންމެފުރަތަމަ ގާނުން ބަންނަން ވީމަނިކުފާނު . އެއީލާދީނީމީހުނަށް ފުރުސަތު ދީގެން އުޅޭތީ

    ދަވަނަޔަށްވެސް މަނިކުފާނު ދެންވެސް މަނިކުފާނު ދެންވެސް މަނިކުފާނު

  16. ކެރަކެރަ

    ޤާނޫނު އަސާސީގައި ނޯ ވޭތޯ އިސްލާމް ދީނާ ފޮށޭ މީހުންނަށް އަދަބުދޭ ވާހަކައެއް. ދެން ކީއް ވެތޯ ވަކި މީހަކަށް ފިޔަ ވަޅު އަޅާފައި އަނެއް ބަޔަކަށް ފިޔަ ވަޅުނާޅަނީ މޮޔަގޮ ވަނީ

  17. ކެޔޮޅު

    ރ ސޯލިހައް ތިވިދާޅުވާއެއްޗެއް އެނގިލައްވާތަ ޤާނޫނުއަސާސީގެ މައިގަނޑމަސްދަރަކީ އިސްލާމްދީން ވީއިރު އެމްޑީއެންގެ ރިޕޯޓް ނެރުނުއެންމެން ހައްޔަރު ނުކުރަންޏާ އެ ޤާނޫނާ ވަރައް ބޮޑައް ހިލާފުވެވުނީ ވަރައްސާފު!!

  18. އަލިކޮއްކޮ

    ޤާނޫނުއަސާސީގަ ކަޅާހުދުން ލިޔެފައޮންނާނެ ޤާނޫނުއަސާސީގަ އެންމެފަހުބަސް ބުނާފަރާތަކީ ސްޕްރީމްކޯޓުކަމައް އެހެންވީއިރު ޝަރުއީދާއިރާއައް އިންޒާރުދެއްވުމަކީ މިނިވަން ތިންބާރުން އެއްބާރައް ނުފޫޒުފޯރުވުން ނޫންކަމަކައްނުވާނެ ޤާނޫނުއަސާސީގެބާރު ކަނޑުވާނުލައްވާ

  19. Anonymous

    ތިމަންނައަށް ވެސް ގާނޫނު އަސާސީއަށް ވުރެ މަތީގަނުހުރެ ވޭނެއޭ ބުނިނަމަ ވަރަށް ސަޅި ވީސް.. ގާނޫނު އަސާސީއަށް ވުރެ މަށްޗައް އެރުނީ މާރިޔާ އަށް އެކަނި.

    50
    1
  20. ރާފު

    3 ބާރު މި އޮންނަނީ ދިގު ބާރު އަތުގައި. ޢަނެއް ވަށް ދެބާރުން އެއްބާރަށް ފައިން އަރާ ހުރެގެން މި ކިޔަނީ ދުސްތޫރީ ސިޔާދަތޭ.

    46
    1
  21. ކެޔޮޅު

    އެމްޑީއެން ރިޕޯޓް ނެރުނު އެންމެން ހައްޔަރުނުކުރަންޏާ ޤާނޫނާ ވަރައްބޮޑައް އެ ހިލާފުވެވުނީ ޖުޑިސަރީއައް އަތާފަޔާ ބާނަންޏާ އެވެސް ޤާނޫނާހިލާފް މިކަހަލަ ބައިވަރު!!

  22. ކޮބާކަލޭ

    އެމްސީ ހަމީދައް ދައުލަތުން މުސާރަދޭ މަގާމެއްގަބެހެއްޓުންވެސް ޤާނޫނާ ހިލާފު!

    81
    2
  23. ނަޝީދު

    ކޮން ރައީސެއް.. ތީ ބަހައްޓާފަ ހުރި ތުންބިބީ ބުދެއް..

    50
    1
  24. ހަސީނާ

    އިނާމާ ބެހޭ ގަވައިދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ނެގުނީ ކީއްވެ؟ އަނެއްކާ ކަމެއް އުޅޭނީ ބާ؟؟؟އިނާޟު ދިނުމުގައި ވެސް ކޮމެޓީއަށް ފެނިވަޑައިގަންނަވާ ގޮތެއް އޮވޭ... ނޫސްވެރިން މިކަން ހޯދަބަލަ

  25. ޑައެލޯގް

    ބަލަ ބޯބުރާންތި ކިބުލާ ކަލޯ ތިޔަބުނާ ގާނޫނު އަސާސީގައި އޮވޭ އިސްލާމް ދީން ހިމާޔަތް ކުރަން އެކަމު އިސްލާމްދީނަށް ހަޖޫޖެއްސަސް ކަލޯމެނަށް އޯކޭދޯ. އަދި ކަލޯމެނަށްވުރެ މާވަރުގަދަ ގާނޫނު އަސާސީއެއްދޯ ގުރުއާނަކީ އޭގަވެސް އޮވޭ ދީނަށް ފުރައްސާރަކުރާ މީހުންނަށް އޮތް އަދަބު އެކަމު ކަލޯއަކަށް ހިމާޔަތެއް ނުކުރެވުރެވުނެއްނުދޯ

  26. ބަރުގޮނު

    ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ. ޤާނޫނަށްވުރެ ގަދަވެގަންނަން އުޅޭމީހުން އެހެން އުޅެނީ ޤާނޫނުގެ މާއްދާތަކުގައި އޮންނަ އެއްޗެއް ނޭގިގެންނެއްނޫން. ޤާނޫނާ ޚިލާފުވީމާ ދޭންވާ އަދަބު ދިނުމުގައި ސަރުކާރުގެ ހުރި ފިޑިކަން އެގޭތީ. ބޭރުގެ ބައެއް ސަރުކާރުތަކާ ޖަމާޢަތްތަކުން ޖަހާހާ ބެރަކަށް ސަރުކާރު ނަށާނެކަން އެމީހުންނަށް ޔަޤީންވުމާއެކު އެމީސްމީހުންގެ ރަށްޓެހިން އެސަރުކާރުތަކާ ޖަމާޢަތްތަކުގައި ތިބީތީ. ދަންނަވާލަން އޮތް ފުރަތަމަ ވާހަކައަކީ ޢިއްޒަތްތެރިންގެ ގޭގައި އެއުޅޭ ފުންމަކަޑަ "ސައިޒަށް" ތިރިކޮށްދެއްވުމު ވާހަކަ.

  27. ދިވެހި ދަރިއެއް

    މީނާ އަކަށް ނޭގޭ މީނާކުރި ހުވައެއް، ހަނދާނެއްވެސް ނެތް، ދީނުގެ ހިމާޔަތުގައި ފިޔަވަޅު ނާޅާ މީހަކު، އަދި އެ ހުވަޔާ ހިލާފުވެވުނީމާ ރައީސް ކަމުގައި ހުރުމަކީ ވެސް ޤާނޫނާ ހިލާފުކަމެއް. ޢަދި ޤާނޫނަށް ވުރެ މަތީގައި އުޅެނީ ވެސް މީނާއި މީނާގެ އާއިލާއިން، އެއީ ސުޕްރީމް ކޯޓަކުން އަދި މީނާގެ މައްޗަށް ނުވަތަ މަޖިލިސް އުވާލަން ހުކުމެއް ނުނެރޭ އެކަމުގެ މިމީހުން ޝަރުޢީދާއިރާއާއި ނުފޫޒު ފޯރުވާތަން އެބަ ރައްޔިތުންނަށް ފެނޭ.

  28. ހަމަދް

    އިބުރާހިމް މުހަންމަދު ސޯލިހުގެ ފުރަތަމަ އަހަރަކީ ރާއްޖެ ދުއް އެންމެބޮދު ލާދީނީ ހަރަކާތުގެ އަހަރު. އަދި އެ ކުއްތައް ކުރިމީހުން ވަގުވަގައް ސަލާމަތުން ގައުމުން ބޭރައް ފުރުވައިލި އަހަރު. ރައްޔިތުންގެ ރިޕޯޓިކާޑުގައި މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ނަތީޖާ. އެއްވެސް ހަގީގީ ތަރައްގީއެއް ނުގެނެވި އަނގަ ތެޅުމާއި ބޭރުގައުމުތަކައް ދަތުރުކޮއް ފައިސާ ތަޅާލާފައިވޭ. ސަރުކާރުގެ އެކިއެކި މަގާމުތަކައް އާއިލީ ގުޅުމުގެ ތެރެއިން ކަމުގެ ގާބިލުކަމެއް ނެތް މީހުން ލައި ގާތް މީހުންނައް ވިޔަފާރިއާއި މަޝްރޫތައް ދިނުން އިތުރުވެފައިވޭ. ކަރަޕްޓު މިނިސްޓަރިން ގިނަ ފައިސާ މަޝްރޫތައް ބުރޯކް ކޮއްގެން ނަގާ. ދައުލަތުގެ އިސް މަގާމުތަކައް ގިނަ އަދަދެއްގެ ލާދީނީ އަދި ޑުރަގް އެބިއުސް ކުރާ މީހުން ލާފައިވޭ. މި ގޮތުން އެންމެ ފާހަނގަ ކުރެވެނީ ފަނޑިޔާރުންނައް އައްޔަން ކުރަމުންދާ މީހުން. ގައުމުގެ އާމްދަނީ އާއި ޖީޑީޕީ ދިޔައީ ދަށައް. ޔާމީން ސަރުކާރުގައި ތަރައްގީއައް އައިސްފައިވާ ބާރުމިނާއި ހަލުވިކަން ފިލައިގެންގޮސް ތަރައްގީ ހުއްޓުމަކާއި ގާތްވެފައިވޭ. ދަރަނި ބޮޑުކަމައް ބުނެ އެރި ސަރުކާރުން ދަރަނި އިތުރުކުރަމުން ދާ މަންޒަރުފެނޭ. ކަރަޕްޝަން ހުއްޓުވާނަމޭ ބުނި ސަރުކާރުން ބީލަމަކާ ނުލާ މަޝްރޫތައް ހަވާލު ކުރުމާއު ގިނަ އަދަދެއްގެ މަޝްރޫތައް ބޭރުފަރާތްތަކައް ކަޓު ލިބޭގޮތައް ހަވާލުކުރުމައް އެގުރީމެންޓުތައް ހެދި. އެކަމަކު އެއްވެސް މަޝްރޫއެއް ކުރިއަކައް ނުދޭ. މަހާޖައއރާފު ފަދަ ގައުމުގެ މުހިންމު އެސެޓްތައް ވީރާނާކޮއްލުމުގެ ޕުރޮގުރާމް ފަށާފައިވޭ. ޔަހޫދީންގެ ނުފޫޒު ރާއްޖޭގެ އެތެރެއައް ވައްދަން ވޯލްޑުބޭންކުގެ އިދާރާއެއް މިތާގައި ހަދަން ނިންމާފައިވޭ. އިންޑިޔާގެ އަތައް ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގެ އިޚްތިޔާރު ދޫކޮއްލައި ގައުމީ މިނިވަންކަން ހީނަރުކޮއްލާފައިވޭ. ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ގާތް މީހުންނައް ނާޖާއިޒްކޮއް ދޫކޮއްފައިވޭ. އެތަކެއް ބަޔަކު ނާޖައިޒްކޮއް ވަޒީފާތަކުން ވަކި ކޮއްފައިވޭ. ކުރީ ސަރުކާރުގެ އައިޑިޔާތައް ވަގައްނަގާގެން އަމިއްލަ މަޝަރޫތަކެއް ކަމައް ދައްކުވަން އުޅޭ. މިސާލަކައް ތިލަފުށި މާލެ ބުރިޖް.

  29. ރައްޔިތު މީހެއް

    މި އާލާތުން ވެރިކަމަށްގެންނަން ވޯޓު ލީބަޔަކު ވެސް ފާފަ ވެރި ވާނެ ތޯއްޗެއް، އަޅެ މިއާލާތުން ވެރިކަމަށް ގެނައި ބަޔަކު ތިބީ ލޮލަށް މިރުސް އެޅަ ކަންފަތަށް ވާލަ ގޮރު ހެނޑިފަތަ އެއްފަހަރު ބޮނޑި ބުއިމަ ވެސް ނޭގުނު މި ލާދީނީ ބަިގަނޑުގެ ގޮތެއް، ޝައިތާނުންނަކީ އެކި ސިފަ ސިފައިގަ އިންސާނނުންނަށް ފެނި އުޅޭ އެއްޗެއްކަމެއް ވެސް ރައްޔިތުންގެ ތެރެއިން ބަޔަކަށް ނޭގުނު، ދި ވެހި ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއް ވާށި އާމީން

  30. ވިނިވިޑިވިސި

    # އަހަރެން ޖުމްހޫރީ ދެކެ ލޯބިވޭ. އެމް.ޑީ.އެން ޓައިޕަށް ނަފްރަތު ކުރަން

  31. ޢަޒްލާ

    ނުކިޔަވާ އިބޫސޯލިހު ވެރިކަމައް އައީވެސް ކޮރަޕްޝަނުން ވެރިކަމއް ކުފޫ ހަމައެއްނޫނޭ ބާގީންގެ ލިސްޓްގަ އެންމެ ފަހަތުގަ ތިބެންޖެހުނީވެސް ކަމެއްވެގެންނޭ

  32. ކަންނެލިއޮޑި

    އެ އިންޒާރަކު ފުލެއް ބިތެއް ބަުރަދަނެއް ނެތް. އިންޒާރުދޭން އުޅޭ މީހާ ތިޔަހުރީ އިންޒާރު ލިބިގަންނަންވެފަ. ހަމަ ހިނިއަންނަނި.

  33. އަލިފު!

    ޤާނޫނާވެސް ޚިލާފުވެފުު ވެއްޖެ! ދިވެހި ޤާނޫނު އަސާސީގެ ފުރަތަމަ ރުކުނަކީ އިސްލާމްދީން! ﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަ ކުރި މީހުންނަށް ހިމާޔަތްދީ އަދި އޭގެ ބޮޑެތި މީހުންނަށް ދައުލަތުގެ ބޮޑެތިމަގާމުތައްދީ ފޮރުވައިގެން ތިއުޅެނީ ކާކުބާ! ރައްޔިތުންނަށް ވަޢުދުވެ، ﷲގަންދީ ކުރި ހުވައި! ކޮބައިތޯ! އަދި އެ މުޑުދާރު ޖަމާޢަތް ހިމާޔަތް ކުރަން އަންނި ލެވި ހަޅޭ އެއްވެސް ތާކުން ތާކު ނުޖެހި އެއޮތީކީއްވެބާ 1 އަހަރުވީއިރު ކުރިހަމައެކަނި މަސައްކަތަކީ އެއީއެވެ. މޫސާޢަލައިހިއްސަލާމުގެ ފިރުއަޢުވެސް މިހާރު ދުނިޔެއަކުނެތެވެ.އެއީވެސްﷲގެ އަޅެކެވެ.

  34. ޙސހސހ

    އެހެންވީމަތޯ ޤާނޫން އަސާސީ އާއި ޚިލާފަށް ފަނޑިޔާރު ކަތިލައްވަނީ. ޤާނޫން ޢަސާސީ ގެ އެންމެ މައްދާޔެއްތޯ އިނގިވަޑައި ގަންނަވަނީ.

  35. ވޮޗްޑޯގް

    މަޖިލީހުގެ ރައީސް އެއުޅެނީ ގާނޫނަށްވުރެ މަތީގައި. އެކަމެއް ގާމު ނުހުއްޓުނު. ތީ ހަމަހުސް ހޮޅި ވާހަކަ. ޝަހިންދާވެސް އެއުޅެނީ ގާނޫނަށްވުރެ މަތީގައި. ކުރެވުނުކަމެއްނެތް.