މިއަދުވެސް ވެރިން އިންސާފަށް ހުރަސް އަޅަމުންގެންދާ ކަމަށާއި ބޮޑުން ބޮޑާވެ ނިކަމެތިންގެ މައްޗަށް ބާރު ދައްކާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލް ވިދާޅުވީ ޖުމްޙޫރީ ދުވަސް މިއަދު ފާހަގަކުރަނީ އަދިވެސް އެންމެ ފުރަތަމަ ކުރި އިޙްސާސްތަކާ އެކުގައި ކަމަށެވެ. މިއަދުވެސް ވެރިން އިންސާފަށް ހުރަސް އަޅައި، ކޮރަޕްޝަނުން ރައްޔިތުންގެ މުއްސަނދިކަން ލޫޓުވައި އަދި ބޮޑުން ބޮޑާވެ ނިކަމެތިންގެ މައްޗަށް ބާރު ދައްކާލަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްޙޫރީ ދުވަސް މިއަދު ފާހަގަކުރަނީ އަދިވެސް އެންމެ ފުރަތަމަ ކުރި އިޙްސާސްތަކާ އެކުގައި. މިއަދުވެސް ވެރިން އިންސާފަށް ހުރަސް އަޅައި، ކޮރަޕްޝަނުން ރައްޔިތުންގެ މުއްސަނދިކަން ލޫޓުވައި އަދި ބޮޑުން ބޮޑާވެ ނިކަމެތިންގެ މައްޗަށް ބާރު ދައްކާލަނީ. ތަޙްޒީބް މުޖުތަމައުއެއް އަދިވެސް ނުލިބޭ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ގެންދަވަނީ ފަހަކަށް އައިސް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް ޖަމީލަކީ ރައީސް ޞާލިހް ވެރިކަމަށް ގެނައުމަށް ކުރި ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގައި ސަރުކާރުން އަމަލު ކުރަމުން ގެންދާ ގޮތުންނާއި ފަހަކަށް އައިސް ޖޭއެސްސީ އިން ފަނޑިޔާރުންނާއި ދެކޮޅަށް އަޅަމުން ގެންދާ ފިޔަވަޅުތަކަށް ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަމުގައި ހުންނަވަނިކޮށް ޖަމީލް މަގާމުން ދުރުކުރުމުން ޖަމީލް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް މިހާރު ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ޖަމީލް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙައުލާ

    އަހަރެމެން ބޭނުމީ ޔާމީނު ކަހަލަ ވަގެއް. ވައްކަން ކުރިކުރިހެން ގައުމުގެ ރައްޔިތުންގެ މާލީ ހާލަތު ރަނަގަޅުވެ އިގްތިޞާދު ކުރިއަރާ މެގަ ޕްރޮޖެކްޓް ތައް ހިންގާ 5 ތަރީގެ ސިއްހޯ ޚިދްމަތާ 1 ވަނަ ދުނިޔޭގެ ކުރިއަރާފާ ތައުލީމާ ގައުމުގެ ހަޒާނާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދޭ. މިކަހަލަ ވަގުން ބޭނުން ނުވާނީ ދުނިޔޭގެ ކޮންބައެއް. ގަމާރު ދިވެހިންދޯ.

    14
    1