މިހާރު މިފެންނަނީ ރިޔާސީ ނިޒާމެއްގެ ސިފައެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުން ކުރަމުން ގެންދާ ކަންތައްތަކާއި މެދު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މައުމޫން މިކަންބޮޑުވުން ފާޅުކުރެއްވީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫން ވިދާޅުވީ މިހާރު ބަރުލަމާނީ ވެރިކަމެއްގެ ސިފަތަކާއި ކަންކަން ހިނގާ ގޮތް އެއްގޮތް ވެފައިވާ ކަމަށާއި ނަމަވެސް އެއީ ނިޒާމްގައި ވާކަމެއް ނޫން ކަމަށެވެ.

"ބަރުލަމާނީ ނިޒާމަކާއި މިހާރު ވައްތަރުވަނީ އަޅުގަނޑަށް ހީވަނީ ބައެއް ކަހަލަ ކަންތައްތައް ހިނގަމުންދާ ގޮތުން. އެހެންނަމަވެސް އެއީ އަޅުގަނޑުމެންގެ ނިޒާމްގައި ވާކަމެއް ނޫން. މިސާލަކަށް ސަރުކާރުން ކުރާކަމެއް ހަމަ އެދުވަހުން އެދުވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ވޯޓެއް ނަގާ ނުވަތަ މީހުންނާއި ސުވާލުކޮށް، މިކަންތައްތައް ކުރެވޭ ގޮތަކަށް ނޫން އޮންނަނީކީ އަސްލުގައި. މިހާރު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެއް." މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން މައުމޫން ވިދާޅުވީ އެންމެ ކަމުދާނީ ރިޔާސީ ނިޒާމް ކަމަށާއި ބަރުލަމާނީ ނިޒާމަކީ ރާއްޖެ އަށް އެންމެ ކަމުދާ ނިޒާމެއް ނޫން ކަމަށެވެ. "ބަރުލަމާނީ ނިޒާމެއްގައި ދެމަސް ފަހުން ވެސް އިސްތިއުފާ ދޭން ޖެހިދާނެ." މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިމެންދެން ސަރުކާރާއެކު ދެމިހުންނަވާނެކަމަށާއި، އަދި މި ސަރުކާރު އަލުން އިންތިޚާބުވިޔަސް އެމަނިކުފާނުގެ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) ދެމި އޮންނާނީ ސަރުކާރާއެކު ކަމަށެވެ.

"އިރާދަ ކުރެއްވިޔާ ހަމަ އެމްއާރުއެމް ސަރުކާރު ކޯލިޝަންގައި ދެމި އޮންނާނެ. ފަސް އަހަރުވިޔަސް އޭގެ ފަހުން މި ސަރުކާރު އަލުން އިންތިޚާބު ވިޔަސް އަޅުގަނޑުމެން ތިބޭނީ ހަމަ ސަރުކާރާއި އެކީގައި." މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އޮންނަ ގުޅުން ވަރަށް ރަނގަޅު ކަމަށާއި ރައީސް ޞާލިޙަކީ އެމަނިކުފާނު ވަރަށް އިޙްތިރާމު ކުރައްވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އޮންނަ ގުޅުން ވަރަށް ރަނގަޅު. ވަރަށް ރަހުމަތްތެރި، އެކުވެރި ގުޅުމެއް އޮންނަނީ. ދެން އަޅުގަނޑު ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް. އެމަނިކުފާނު ވެސް އަޅުގަނޑަށް ވަރަށް އިހުތިރާމް ކުރައްވާ. ވަރަށް ރަނގަޅު ގުޅުން އޮންނަލެއް." މައުމޫން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އަލީ

    އަޅެ ކީކޭ މައުމޫނު މި ކިޔަނީ ކަލޭމެން މި ގައުމައް ޖެއްސި ބަލާވެރި ކަމެއް މީ ކަލޭ ނިކުމެ މިކަން ހުއްޓުވާ.

    93
    1
  2. ާަބިޖޫ

    މިގައުމުގެ ހަލާކު މައުމޫނަކީ

    80
    3
    • ޙައުލާ

      އަހަރެމެން ބޭނުމީ ޔާމީނު ކަހަލަ ވަގެއް. ވައްކަން ކުރިކުރިހެން ގައުމުގެ ރައްޔިތުންގެ މާލީ ހާލަތު ރަނަގަޅުވެ އިގްތިޞާދު ކުރިއަރާ މެގަ ޕްރޮޖެކްޓް ތައް ހިންގާ 5 ތަރީގެ ސިއްހޯ ޚިދްމަތާ 1 ވަނަ ދުނިޔޭގެ ކުރިއަރާފާ ތައުލީމާ ގައުމުގެ ހަޒާނާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދޭ. މިކަހަލަ ވަގުން ބޭނުން ނުވާނީ ދުނިޔޭގެ ކޮންބައެއް. ގަމާރު ދިވެހިންދޯ.

      84
      6
  3. ހުސޭނުބޭ

    ކާފަ އެ ބުނަނީ ހަމަ ރަގަޅަށް! ކާބަ ބުނީ މިހާރު މި ފެންނަނީ މައުމޫނީ ނިޒާމުގެ ސިފަތަކޯ!

    56
    1
  4. އެމް ޝަމް

    ކިހާ ދުވަހެއް ވާނެ ބާ ތިޔަ އެކުވެރި ކަމަށް....

    62
    1
  5. ކިޔުންތެރިޔާ

    މިހާރު މި ފެންނަނީ ކަލޭގެނައި ލާދީނީ ސަރުކާރުގެ ލާދީނީ ކަންތައްތައް ފެތުރި މުޅި ގައުމު ހަލާކުވަމުންދާތަން. ތިކަހަލަ އަމިއްލަ އެދުން ބޮޑު މީހުނާހެދި އަހަރުމެން ކަހަލަ ނިކަމެތީންނަށް ހުރިހާ ނޮހޮރައްޕާނެއް މި ޖެހެނީ. މީ ހަމަ ކަލޭގެ ވެރިކަމުގަވެސް ދީނީ މިނިވަންކަމަށް މިރާއްޖެ ހުޅުވައިލަން އުޅުނު ކަހަލަ ކަމެއް. އަންހެނުން ބުރުގާ އެޅުން މަޖުބޫރު ނުކުރުމާ، ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިވެހިންނަށް ދިނުމާ މިކަންކަމަށް ނަޝީދަށްވުރެ ކުރިން ވަކާލާތުކުރީ ކަލޭ. ކަލޭގެ ފަރާތުން ނަޝީދު ދަރިވަރުވީ. މިފަދަ ކަންކަން އެންމެ ހަރުކަށިކޮށް ހިފަހައްޓަމުން އައީ މިދިޔަ 5 އަހަރު ރ.ޔާމީންގެ ވެރިކަމުގަ. ކަލޭގެ ސުންޕާކަމުން އެފަދަ ހެޔޮ ވެރިކަމެއްވެސް ނިގުޅައިގަތީ. ދުއާއަކީ ކަލެޔާއި މަހުޖަނާއި ސޭކު އިމްރާން ބައިއަތު ހިފައިގެން ގެނައި މި ލާދީނީ ވެރިކަން ބަލިކަށިކުރައްވާ، ހަލާކުވެގެން ދިޔުން. އާމީން.

    70
    • Anonymous

      ވަރަށް ރަނގަޅު ވާހަހަކައެއް، ގައު މަށްވުރެ އަ މިއްލަ އެދުން އިސްކޮށްގެން އެހެރީ.

      64
      1
    • ޛޖ

      އާމީން

      4
      1
  6. ޒައީމް

    ތިޔައީ ޒައީމެއަދުލޮބުވެތި މިދިވެހި ޤައުމުފަޚުރުވެރިވާ

    8
    75
    • އައިޝާ

      ތިޔައީ ޒަޢީމެެ އަދު ނުބައިނުލަފާ މި ދި ވެހި ޤައުމު ހަލާއްކޮއްލި

      13
      1
      • ގައުމީ ދަރިން

        އައިޝާ ހަޖަމުކުރުމުގެ ސިސްޓަމް ހާދަދަށޭދޯ! ދިވެހިގައުމަށް ކުރިމަތިވި އެންމެބޮޑު ވަބާއަކީ ކެނަރީގޭ ނަޝީދު މިގައުމު ފަސާދަކުރަން އަތުކުރި އޮޅާލައިގެން އެތިބީ ލާދީނީ ކެނޭރީ ބައިގަނޑު! ގައުމަށް މިހެންމި ދިމާވީ މައުމޫނުގެ ރަން ތިރީސް އަހަރު މަކަރާހީލަތުން ފޭރިގަތީމަ އެދުވަހު ވޯޓުން އޮޅުވާލީމަ!
        ތިޔައީ ޒައީމެއަދުލޮބުވެތި މިދިވެހި ޤައުމުފަޚުރުވެރިވާ ބުނެވެނީ ބުނަންޖެހިގެން މައުމޫން ވަރެއްހަމަނެތް

  7. ޢަޒްލާ

    މައުމޫނު ތީ ބޮޑުބާޣީއެއް މިހާރު ސިއްކަ ވަރެއްނެތް މިހާރު ކެރަފާ ނަޝީދުވެސް ހަމަ ރަނގަޅުވީއޭ ދޯ

    70
    2
  8. މާމިގިލީ މީހާ

    މިހާރު އުމުރުން 85އަހަރަށް ވުރެ މަތިވީ. ދެން ކޮން ސިޔާސީ ކަމަކާ ހެދި އުޅޭކައްތަ. ދެން ވީ ނަމާދުކޮއް ގުރުއާން ކިޔަވައި ހެޔޮއަމަލު ކުރާކައް ނޮއް. މަރުވާނެ އިރެއް ނޭގެ.

    62
  9. ފުނަދޫ

    މުސްކުޅިވީމަވެސް ދެބޯގެރިދުއްވަނިކުމެހުރީ ލަދުހަޔާތުގެ ކަންފުޅެއްވެސްނެތީ

    54
  10. Anonymous

    މމަށަށް ރަނގަޅީ މިސަރުކާރުން މައު މޫނަށް ވަރުގަދަ ލޮޓިއެއް ދީފިއްޔާ، މިހާރުވެސް އެއްލޮޓި ދީފި.

    45
    2
  11. Anonymous

    މިސަރުކާރުން ވަރުގަދަ ލޮޓިއެއް ދީފިއްޔާ ރަނގަޅު، މިހާރުވެސް އެއްލޮޓި ދީފި

    35
    1
  12. މާމީ

    ކޭތަ ހިފަން އުޅެނީ އުތަ؟

    41
  13. ޤަމަރު

    ބެއްޔާ! ބެއްޔާއަށް މި ސަރުކާރުގައި އޮތް ހަމައެކަނި ގޮތަކީ ކަރުކަނޑާ ލޭ އެޅިޔަސް އައްދޮ ނުބުނެ ހާދަ އަރާމޭ ބުނުމެވެ. އައްދޮ ކިޔައިފިނަމަ ބޭރަށް ހޫރާލަނޭކަމާ އެހާހަމައިން ކެރިޔާ ނިމުނީކަން ބެއްޔާއަށްވެސް ކަށަވަރުވާނެއެވެ. ބެއްޔާގެ ޕާޓިއަށް ރުހުމުގައި އާންބަސްބުނާނޭ ދިވެއްސަކު ގާތުގައި ތިތިބަ ދޮޅަހަކަށް މީހުންނނޫނީ ދިވެހި އުޑުދަށަކު ނެތެވެ.ވީމާ ލައިގެން ތިހުރި ހެދުން ވީދިޔަސް ހާދަ ސަޅިއޭ ނޫނީ ނުބުނައްޗެވެ.

    40
    1
  14. ހަސަދު

    ނިޒާމަކީ ކޮބައިބާ. ބަންގާޅުން ގެންނަށް ފެއްޓުން، މާލެ ތޮށް ޖެއްސުން، އެއްވެސް ރަށެއް ތަރައްގީ ނުކުރުން، ތައުލޫމް އޮޅުން ބޮޅުން ކޮށްލުން. ވައްކަން އިތުރު ކުރުން. ގާތް އެނަމެންނަސް ދައްކަން ނުޖރހޭ ލޯންދީ މުއްސަދި ކުރުން. ބައެއް ސިޔާ ސިޔާސީ ބޭފުޅުންނަކީ ދެން އަލުން ގައުމޭ ކިޔައިގެން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ ބޭފުޅުން.

    33
    1
  15. އިހަވަންދޫ ރައްޔިތެއް

    އަޅުގަނޑު އެންމެ ދެރަވަނީ ތިޔަބޭފުޅާއަކީ އިސްލާމްދީން އުގެނިގެން އުޅުއްވާ ބޭފުޅެކޭ ބުނާތީ. އަޅުގަނޑުގެ ސުވާލަށް ރައީސް މައުމޫން ޖަވާބެއް ދެއްވުން އެދި އާދޭސް ދަންނަވަން. އިސްލާމްދީނުގައި ލޭގެ ގުޅުން ކެޑުމަކީ ކިހާވަރެއްގެ ކަމެއްތޯ.

    26
  16. 19 ނަވާރަ

    އަޅުގަނޑާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އޮންނަ ގުޅުން ވަރަށް ރަނގަޅު. އިބްރާހިމް މުހައްމަދު ޞާލިހް އާތޯ ގުޅުން ބޮޑަށް ބާއްވަންވީ ނޫނީ ތިމާގެ ލޭގެ ގުޅުން އޮންނަ ފަރާތްތަކާތޯ. ހަސަދަވެރިވުމަކީ ކިހާ ނުބައިކަމެއްކަން އެނގި ނުލައްވާތޯ. ދޮންމަންމަގެ ދަރިންވިޔަސް އެއީ ތިމާގެ އެއްބަފާ މީހުން. މަރުވާނެކަން ހަމަ ގައިމު.

    22
    1
  17. ކިނބޫ

    ދެންވެސް އަނގަ މަޑުން ލައިގެން ހުރޭ. ތީ ނަޝީދާ ޖެހުނު އަނެއް ވިހަ އަނގަ މިގައުމުގެ ހަލާކު. ސަލާމަތް ކުރައްވާށި!

    29
  18. މިީހާ

    މައު މޫނުއާއި އަންނިއާއި ޔާ މިނު އަކީ މިރާއްޖޭޭޭގެ ހަލާކު
    މިރާއްޖެ މީހުން ވިސްނުންއެދެން

    3
    5
  19. ދޮނާ

    މައު މޫނަކީ މިސްރައްގޮސް ހިރަފުސްބުރުވައިގެން މިގައު މު ހާލާކު ކުރަންއައި މ މީހެއް

    7
    2
  20. އަހމދުރސދ

    ބެއްޔާ ކަށްވަޅު މަތިން ހަނދާން ނުވޭތަ. ކަލެއަށް ހައްގު ޖަޒާ ﷲ ދެއްވާށި. ދީނީ އިލްމަށ ނިސްބަތްވާ ހުރެ ހުރިހާ ފަސާދަ އެއްގެ އަޑީގައި.

    8
    1
  21. ނަކަސް

    މައުމޫނު ތިހިރީ އަމިއްލަ އެދުމުން ފޯވެފައިހުރި ހަސަދަވެރި ހިތެއްގެ ވެރިއެއް، މައުމޫނު އަށް ޔާމީން ކުރި އަނިޔާ އާއި ދެކޮޅަށް މަވެސް އަޑު އުފުލިން، ނަމަވެސް އެއީ އެމް.ޑީ.ޕީ ކަހަލަ ހަމައާއި އުޞޫލެއްނެތް ބައެއްގެ ތެރޭގައި ފިތިފައި ހުންނަންޖެހޭ ސަބަބެއްނޫން. މީގެ ކުރިން މައުމޫނުގެ ޚަޞީލަތްނޭގި ތާއީދު ކުރެވުނީތީ ނިހާޔަތަށް ހިތާމަ ކުރަން

    10
  22. Anonymous

    ކަލޭގެ އަސްލު ސިފަ މިފެންނަނީ

  23. މާމީ

    މީނާމީ މިރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދޭން 2004 ވަނައަހަރުން ފެށިގެން އިގިރޭސިންނާ އެކު އެއްބަސް ވެފަހުރި މީހެއްކަން މިއަންދު މިއެނގުނީ 18 ޖޫން2004 ރައީސް އޮފީހުން އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލިހައް މީނަގެ މިނިސްޓަރު ހުސޭން މުހައްމަދު ސޮއިކޮއްފަ ފޮނުވާ ފަވާ ސިޓީ ފެނުމުން މީނާގެ ޔަހޫދީ ފަލްސަފާ ހާމަވޭ،،، މައުމޫނައް ވަރައް ސަލާމް.....

    • އެހާރާއި މިހާރު

      މިއީ އެމީހަކު ހިތުހުރިގޮތަކަށް ލިޔެ ދޮގު މައުލޫމާތު ފަތުރާ ޒަމާނެއް. ތިޔަ ލިޔުމާމެދު ވިސްނާލީމުތަ! ތިރީގައި އޮތް ތައްގަނޑު އޮރިއަށް އޮތްކަން ދެނަހުރީމުތަ؟ ތެދަށް ލިޔުންތައް ހުރެފައި އޮރިއަށް ތައްގަނޑު އޮވޭތަ؟ ލިޔުމުގައި އެ އޮތީ މުހައްމަދު ސޮއި ނޫންކަން ނޭނގެނީތަ! އެޒަމާނުގައި ރައީސް އޮފީހުން ލިޔާ ލިޔުންތަކުގައި ހުންނަ އިބާރާތްތަކާ މި ލިޔުމުގެ އިބާރާތްތަކާ ދެމެދު ހުރި ތަފާތު ފާހަގަނުކުރެވޭތަ! މިހެން ގޮސް އެތައް ކަމެއް އެތައް ތަނެއް ތަފާތުކަން ނޭނގެނީތަ؟ ނޭނގުމަށްވުރެ ބޮޑު ޖާހިލުކަމެއް ނެތޭ ބުނަނީ މިހެންވީމާތާއެވެ.

      1
      1