މާލޭގެ ގެއެއްގައި ކުޑަކުއްޖަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ.
"ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި ދަން ޖެހިފައި ހުއްޓާ ފެނުނީ ފިރިހެން ކުއްޖެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު އެވެ.
އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާ އާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދަން ޖެހުމުގެ ހާދިސާތަކުގެ މައުލޫމާތު މީޑިއާ އާއި ހިއްސާނުކުރާ ކަމަށެވެ.
"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ދަންޖެހިފައި ހުއްޓާ ފެނުނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 07:00 ހާއިރު ކަމަށެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."
ކުޑަކުއްޖެހޭ ބުންޏަސް އަދި ނޭނގޭނެ.. 17 އަހަރުވެފަ ހުރި ބާލިގުވެ ދީނީ ވާޖިބުތައް ކޮނޑުގައި އެޅުވި ހައްދުޖެހޭ ވަރު މީހުންނައްވެސް ކުޑަކުދީންނޭ އެބަކިޔާ..
ހޯރައިއްބެއާ ބުއްޅަބެޔާ ގުޅާބޯ މިއީވެސް ހަމަ ކުޑަކުދިން...... އެހެން ކުކިއްޔެއްކަމަކު.
ކަލޭ އިންނަން ކަމުދާވަރަށް ވުރެން މާ ދޮށި
ތަންފުކެއް ބޮދުވަރު ތި... ލަދު ހަޔާތް ކުދަ ވެގެން އުޅުނަސް
ރާއްޖޭގަ ހިނގާ ތިކަހަލަ ކަންތަކުގެ މައުލޫމާތު އާންމު ކުރުން މާ މުހިންމު ކަމަށް ފެނޭ... ރައުދާގެ ވާހަކަ ތައް ތަކުރާރު ކޮށް ދެއްކުމުގެ ބޭނުމެއް މިހާރު ނެތް.
އިސްލާމީ ތަރުބިއްޔަތާއި، ޤައުމުހިންގުމުގައި އިސްލާމީ މާތް ހިންގުމުގެ ބިންގާ ފުނޑުފުޑުވިވަރަކަށް ދާނީ ތިކަހަލަ ނާތަހުޒީބު އަމަލްތައް ގިނަވަމުން. ބާލިައުވެފައިތި ޭ ބޮޑެތި މީހުންނަށްވެސް ކުޑަކުދިންގެ ދަރަޖަދިނީމަ ވާނީ ވިޔާނުދާ އަމަލްތައްގިނަ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.
ކުޑަކުދިން މާ ބަޑުވެ ވިހާ މެ. ދޯ... ކުޑަ ކުއްޖެއް މަޔަކަށް. ވާނެތަ. ގުދުރަތީ. ނިޒާ މަށް ގޮން. ޖަހާ މީހުން ކިތައް މެ މަސައްކަތެއް. ކުރިއަސް. ނުވާނެ. ބާލިގުވީމ މާ އެވީ ބޮޑު. އެޢީ ހަގީގަތް. ގަބޫލް ކުރަން ބޭނުން. ނުވަނީ
ކިހާ ކުޑައެއް؟
ސިޔާސީ ވާކަންނޫ....މި ނިމޭ ޢަހަރު އަމިއްލަޔަށް މަރުވާ މީހުން ގިނަކަން ފާހަގަ ކުރެވޭ...?
ބިޓުގެ މައްސަލައެއްތަ! ބުލީގެ ޝިކާރަޔަކަށް ވުމަކީވެސް ވެދާނެކަމެއް! ޢާއިލީ މައްސަލައެއްތަ؟
މި ގައުމުގަ ކުޑަކުއްޖެކޭ ކިއަސް ﷲ ގެ ހަޒުރަތުގަ އެއީ ބޮޑުފިރިހެނެއް.
ދީނީ ކަންކަން އުނގަންނައި ނުދިނުމުގެ ހިތި ނަތީޖާ. ސެކިއުލަރިޒަމް ވިލް ނެވަރ ހޭވް އެން އާންސްވަރ ފޯރ ދިސް. ވަރިހަމަ ކިތައްމެ ބޭހެއް ކުރިޔަސް. ތިޔަކަމުން ﷲ އެންގެވިގޮތް ފިޔަވައި އެހެން ގޮތަކުން ސަލާމަތެއް ނުލިބޭނެ.
ރާއްޖެއިން ކުޑަކުއްޖެއް ކަމަށް ނިންމިއަސް އެއީ ދީނީ ގޮތުން ބަލާއިރު ބާލިގުވެފައިވާ ފިރެހެނެއް.މި މައްސަލަ ވެސްމި ޕެންޑިން ގަ އިންނާނެ ކަމެއް. ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ވާނެ ގޮތް އެއީ މައްސަލައެއް ބަލަންވުމުން... #މަގޭޚިޔާލު
މޫސުމް ލައިގަތީ ދޯ... ކީއްވެބާ ނުބުނީ 17 އަހަރުގެ ތުއްތު ކުއްޖެކޭ... އާއިލާއަށް ކެތްތެރިކަން ދެއްވަވާށި.
ޑިޕްރެޝަނަކަސް އެންޒައިޓީއަކަސް އަމިއްލައަށް މަރުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އަމިއްލައަށް މަރުވާނީ ހަމަ ﷲ ދެކެ ބިރުނުގަންނާތީ. ނަރަކަ ދެކެ ބިރުނުގަންނާތީ. އިސްލާމްދީން ނޭނގޭތީ. މާތް ﷲ އަޅަމެންނަށް ތެދުމަގު ދައްކަވާށި. އާމީން
އީމާން ކަން ކުޑައީ. މައިން ބަފައިން ޒިންމާ ނަގަން ޖެހޭނެ
ހާދަ ދެރަ ޚަބަރެކޭ. ތިޔަފަދަ ކަންކަން ކުރަން ހިތަށް އަރާ ހުރިހާ ކުދިންނާ މީހުންނަށް މާތްﷲ ތެދުމަގު ދައްކަވާށި!
ރާއްޖޭގަ ދަންޖެހޭ މީހުންނާ މެދު ދެކެނީ އެހެން ގޮތަކަށް. އީމާންކަން ބަލިކައްޓޭ ކިޔާފަ އަނގަތަޅަން އެނގެނީ. އެކުއްޖާއަށް ނަފްސާނީގޮތުން އެވަރު ކޮށްލީ މީހަކަށް ޗުއްޕުއޭ ވެސް ނުބުނާތި
މިބާވަތުގެ މަރު ގިނަވާނީ ދީނާ ދުރު މީހުންގެ ތެރޭގައި
މިކަމާ ބެލެނިވެރިން ވިސްނާ ކުދިންނަށް ދީންދަސްކޮއްދޭންޖެހޭ
ތަހުޒީބު ކަމާ މުއްސަދި ކަމަށް ބުނާ އެމެރިކާގަ 2017ގައި 47،700 މީހުން އަމިއްލަޔަށް މަރުވި .
މި ތާ މުހިންމީކީ ކުޑައެއް ބޮޑެއްނޫން. މީހަކު އަމިއްލައަށް މަރުވާނީ ވަރަށް ބޯޑުވަރުވީމަ. ބަލަ ކޭމެންގެ ހިތުގަ ރަހުމެއްނެތްތަ؟. މި ހާދިސާ ކަލޭމެންގެ ތިމާގެ މީހަކަށްވެސް ދިމާވެދާނެ އެދުވަހުން އެނގޭނެ އޭގަހުރިވޭން.
ނޭނގޭނެ ހަމަ ބުނާނީ އީމާންކަން ބަލިކަށްޓޭ
މިކަހަލަ ކަމެއް ވީމަ އެންމެން ވެސް އެ ވާހަކަ ދައްކާނެ. ޢެކަމް ސުވިސައިޑް އެޓެމްޓް ކޮއްގެން ހޮސްޕިޓަލްއަށް ގެންދިޔައީމްވެސް ސައިކިއޭޓިކް ހޯލްޑް ގައި ބަހައްޓައިގެން ލިބެންޖެހޭ އެހީތެރިކަން ދެނީކީއެއްނޫން..
މީހަކާ ހިިިިއްސާ ކުރިޔަސް ގިނަ ފަހަރު ސީރިއަސްކޮށް މީހުން ނުނަގާކަމީ ވަރަށް ހިތާމަވެރި ކަމެއް. ބުނާނީ އެއީ ބިރު ދައްކިން ވެގެން ކިޔާ އެއްޗެކޭ. ދެން އެކަމެއް ވުމުން ބުނާނެ އާއން މަގޭ ކާރި ބުންޔޭ ކުރާނަމޭ.
މި އުމުރުގެ ކުދިންނަށް ދިވެހިބަހުން ކިޔަނީ ފުރާވަރު ކުދިން، ކުޑަކުދިންނެކޭ ނޫން.
ހިތާމަހުރި ކުޑަ މިތަންކޮޅު ގަހިފާނުދަމާބަލަ ފުރާވަރުގެކުދިންނަކީ ގިނަފަހަރު ކުރިއާ ފަހަތައް ނުބަލާކަން ކުރާބައެއް ފަރުދީޒިންމާނަގާ ކުރިޔާލާ އެމީހެއްގެ ގާތްމީހުންނައް ވިސްނަދީ އެމީހުންނާގުޅުންބަދަހި ކުރޭ އެމީހުންގެ އަޑުތައް އަހާ ހިޔާލުދީ އެއިރުންރަގަޅުވާނެ އިންޝާﷲ