ގުރޫޕް ހަދައިގެން ނުވަތަ ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް ވަރަށް ބޮޑުތަނުން މަދުކުރެވިފައިވާ ކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުސް ކޮމިޝަނަރު، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ތަފާސްހިސާބުތައް ހިއްސާ ކުރައްވާފައެވެ. ފުލުސް ކޮމިޝަނަރު ވިދާޅުވީ މިކަން ހާސިލްކުރެވިފައިވަނީ މަގުތައް އަމާންކުރުމުގައި، ކަންތައްތައް ތަރުތީބުކުރެވިގެން، ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. ހުރިހާ ފުލުހުންނަށް ހަމީދު ވަނީ މަރުޙަބާ ދަންނަވާފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ވަނީ ފުލުހުންނަށް ހުށަހެޅުނު މައްސަލަތައްވެސް ޖުމްލަގޮތެއްގައި މަދުވެފައެވެ. 2014 ވަނަ އަހަރު 18192 މައްސަލައެއް ފުލުހުންނަށް ހުށެހެޅިފައިވާއިރު، މިދިޔަ އަހަރު ވަނީ 14808 މައްސަލަ ފުލުހުންނަށް ހުށެހެޅިފައެވެ. މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށެހެޅިފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީ ޖުމްލަ 14137 މައްސަލައެކެވެ.

އޭނާ ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ގޭންގް ހަމަނުޖެހުންތައް، ނުވަތަ ގުރޫޕް ހަދައިގެން ހިންގާ މާރާމާރީތަކުގެ ނިސްބަތްވެސް ވަނީ ބޮޑުތަނުން މަދުވެފައެވެ. 2014 ވަނަ އަހަރުގެ ތެރޭގައި 269 ގޭންގް މާރާމާރީގެ މައްސަލައެއް ފުލުހުންނަށް ހުށެހެޅިފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި 222 މައްސަލެއް ހުށެހެޅިފައިވެއެވެ. މިއަހަރުގެ މިހާތަނަށް ގޭންގް މާރާމާރީ ވަނީ ބޮޑު ތަނުން މަދުވެފައެވެ، އެގޮތުން މިހާތަނަށް ރިކޯޑް ކުރެވިފައިވަނީ 110 ގޭންގް މާރާމާރީގެ މައްސަލައެކެވެ. މީގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން 11 މައްސަލައެއް ފާހަގަވެފައިވާއިރު، އެހެނިހެން ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ 4 މައްސަލައެއް ވަނީ ރިކޯޑް ކުރެވިފައެވެ.

ގޭންގް މާރާމާރީތަކުގައި މިއަހަރުގެ މިހާތަނަށް އެއްވެސް މީހަކު މަރުވެފައި ނުވުމަކީ އެއީ ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށް ބެލެވިދާނެއެވެ. މިދިޔަ 5 އަހަރުގެ ތެރޭގައި ވަނީ ގޭންގް މާރާމާރީތަކުގައި 21 މީހަކު ވަނީ މަރާލާފައެވެ. އެހެން ނަމަވެސް މިއަހަރުގެ މިހާތަނަށް 2 ބިދޭސީއަކު އެމީހުންގެ މަސައްކަތު މާހައުލުގައި ދިމާވި މައްސަލަތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން މަރާލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެން ފަށައިގެންވެސް ހަމަޖެހިގެން އުޅުނު ރައްޔިތަކު އުޅެމުން އައި ޤައުމެކެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ގޭންގް މަރެއް ރިކޯޑު ވެފައިވަނީ 2007 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ގޭންގުތަކުގެ ނުތަނަވަސްކަން ބޮޑުވެގެން ގޮސް، ހަމަނުޖެހުން ބޮޑުވެ، އެއްވެސް ކަހަލަ ބިރެއްނެތި، ރޯމާ ދުވާލުގައިވެސް ބޮޑެތި ވަޅި ބޭނުންކޮށްގެން އެތައް ބަޔަކު މަރާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މީ ކެންދޫ ދަރިއެއް

    ޔާމީނު ވެރިކަމުގެ 5 އަހަރު އެމްޑީޕީމީހުން ލޮލުފިޔައެއް ނުޖަހާ ހިންދެމިނުލާ ނުކައި ނުބޮއެ މަރާމާރީ ހިންގުމާއި ގައުމުގަހުރިހާ ދިމާލެއްގަ މުޒާހަރާ ކުރުމާ އަނިޔާވެރިކަން އިސްކުރުމާއި މުޅި މާލެ އަމާންކަން ނަގާލުމުގެ މަސައްކަތް ދިޔައީ ކުރަމުން. މިއީ މުޅި ދުނިޔެ ހެކިވާނެ ކަމެއް. ކޮންމެ ދުވަހަކު އިބޫ އިސްވެ ހުރެ ވެރިކަން ވައްޓާލަން މުޒާހަރާހަރާއައް ނުކުމެ އަމާން ކަން ނަގާލަން ގޮވާ ހިތްވަރުދޭ ނުވިތާކައް އިނގިރޭސި ވިލާތުގަ ގޮނޑިދުއްވަމުން ރާއްޖޭގެ ހަމަޖެހުން ނަގާލެވޭތޯ ދިޔައީ އިންތިހާއައް މަސައްކަތް ކުރަމުން . ދެން ގައުމުހަމަޖެހިއްޖެއޭ ސަރުކާރުން ބުނަން ލަދުނުގަތީމަ ހުރި ހަޔާތްކުޑަކަން.މި އެނގުނީ

    32
    2
  2. ނާމާނޯ ނާމާނޯ

    އާދެ ޝައްކެނެތް މަގުތައް އަމާންވާނެ މަގުތައް ނާމާންކުރި މީހުން މިއަދު ވެރިކަމުގަ ތިބީމަ... އާދެ މަގުތައް ނާމާންވާނެ މިއަދުވެސް ވެރިން ބަދަލުވެއްޖެނަމަ.. އާދެ މަގުތައް ނާމާންކުރީ މިއަދު ވެރިކަމުގަ ތިބިމީހުން... އާދެ މަގުތައް ނާމާންކުރަން ތަޅާނެކުދިންނާ ހުޅުޖަހަން ކުދިންހޯދި މީހުން މިއަދު ވެރިކަމުގަ ތިބިމީހުން...

    28
    1
  3. މާމީ

    ވެރިކަންހޯދަންވެގެން މާރާމާރީ އާއި ގޭންގު ކުއްތައް ހިންގާ ރާއްޖެ އަކީ ނާމާން ތަނެއް ކަމައް ދެއްކި ބަޔަކަށް ވެރިކަން ބަޔަކު ދިނީމަ ތިބުނާ ކަން ކުރާނެ ބަޔަކު ނުތިބޭނެ.. ނިކަން ބުނެބަލަ ވައްކަން ރެކޯޑަކަށް ނުވޭތޯ..........

    66
    2
  4. ބޮޑު ދެލޯ

    " މަގުތައް އަ މާން ވެއްޖެ، ގޭންގް މާރާ މާރީތައް މަދުވެއްޖެ"! އެކަ މަކު، އެކަ މަކު ވައްކަން ގިނަވެއްޖެ،! މަސްތުވާތަކެތި عام ވެ ޜެއާ ދުވާލުގެ އާދައިގެ ކަ މަކަށް ވެއްޖެ،! ބަލަހައްޓައިގެން ތިއްބާ ގޯތިތެރޭ
    ހުންނަ އެއްޗިހި ގެންދިޔު މަކީ މައްސަލައެއް
    ނޫން މަށް ވެއްޖެ! ޝަކްވާއެއް ކުރިޔަސް އަޑު އިވޭ ފަރާތެއްނެތި خلاصވެއްޖެ! ކޮއް މެވަޤުތަކުވެސް ވަގު ވަދެދާނެކަ މަށް ގަންނާކުރައްވާ ބިރުން-ހަ މަޖެހިލައިގެން އޮވެ ރޭގަނޑު ލޮލުފިޔައެއް ޖަހާކަށް ނުކެރޭހިސާބަށް ހިގައްޖެ! ހެޔޮ ވެރިކަ މުގެ
    ހެޔޮ ކަ މުގެ ކޮޅެއް ނެއްހާ ހިސާބައް ދެވިއްޖެ! މާތް ﷲ އަޅުގަނޑު މެނަށް، އަވަސް މުއްދަތެއްގެ ތެރޭގައި، ހެޔޮ ގޮތެއް މިންވަރު ކުރައްވައިފާށި. أمين! يارب العالمين!

    54
    2
  5. ދޮގެއް؟

    ގޭންގްތައް ތަޅާފޮޅަނީ އެތިކޮޅު ނުލިބިގެން. މިހާރު ފަސޭހައިން ލިބޭ. ފެރީ ދުއްވަންވެސް ދަނީ ބޯލައިގެން.

    54
  6. ސަލާމް

    ތަންތާނގަ ހުޅުޖެހުމާ މާރާމާރީ ހިންގުމާ މީހުންގެ އަބުރުކަތިލުމާ މަގުމަތީގެ އަމާންކަންނަގާލުން މީ މިހާތަނައްވެސް ރީނދޫޕާޓީން ކުރަމުންއަންނަކަންތައް ދެންމިހާރު އެކަމެއްނުކުރާނެ އެހެންވީމާ ހުރިހާތަނެއްވެސް އަމާންވާނެ

    18
    1
  7. ރޭކާނުލާ

    މާރާ މޭރީއާ ތަޅާފޮޅުން ގިނަވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގާ މިހާރު މިފަދަ ތަކެތި ލިބުން ފަސޭހަވުމާ ލާދީނީ ފިކުރު ފެތުރުމަށް އެއްވެސް ޖެހިލުމެއްނެތި މަގުމަތީގަ ބޮލާގެން ބެންޑުވެފަ ތިބޭމީހުން ގިނަވުމަ ބޯލައިގެން މޫދައް ޑައިވް ކުރާމީހުން ގިނަވުމާ.އެހެންވީމަ ނުޖެހޭނެ ތަޅާ ފޮޅާކަށް ޖެހޭނީ.ވައްކަން ކުރުމާ ފޭރިގަނެގެން އެމީހަކަށް ލިބުނު ގޮތަކަށްހޯދައިގެން ޖެހުނު ތަނެއްގަ ތިބެގެން ބޯންވީ އެހެންވީމަ ހީވަނީ ކުއްމަދުހެން ހައްދުފަހަނަ އަޅާ ވަރށް ކުއްކުރޭ

    18
  8. ސަމީ

    ތީ ވިއްޔާ ހުރިހާ މާރާމާރީ އަކާ އަދި މުޅި ޤައުމުގަ ހުޅުޖެހި މީހުން ނަކީ އަދި ގޮތެއް ފޮތެއް ނެތިގެން ރެޔާ ދުވާލު މުޒާހަރާ ކުރާ ބަޔަކީ ލަދު ގަންނަ ބައެއް ވެސް ނޫން ތިެނ ބުނާކަށް

    38
  9. ފާއިޒު

    ތި ތަފާސް ހިސާބު ތަކުން އެނގިހާމަވާ ގޮތުގައި ތިއީ ކުރީގެ ސަރުކާރުން ފެށި ހަރުދަނާ މަސައްކަތުގެ ނަތީޖާ.

    35
  10. ބިޖޫ

    ތެދެއް މަދުވެއްޖް މަދުވާނީވެސް އެއީ ސަބަސެއްނެތިއެއްނޫނޭ ބޯލާނެ އެތިކޮޅު ލިބެނީ މިސަރުކާރު އައިފަހުންވިއްޔަ އެހެންވެއޭ އެމަދުވީ ހަމީދު ތީ ބުރާއްސައްޗެއްތަ ގަޅިއެއްދޯ އާނ އޯކޭ

    17
  11. މުހުތާރު

    ވެރިކަށް އާދެވުމާއެކު ގޭންގުތަކާ ބައްދަލުކޮށް ކަންކުރާނެގޮތް ނިންމައިފި

    32
  12. ޙަމަހަމަ

    ޢެ މީހުންނާ އެ މީހުން މާރާ މާރީ ހިންގުން މަދުވީ. ޢެކަ މަކު ނުރައްކާތެރި ވައްކަ މާ ފޭރު މާ ދަނީ ހަ މަ އިތުރުވަ މުން. ދަންވަރެއް ރޯ މާ ދުވާލެެއް ބެލު މެއްނެތް. ޢަންހެނެއް ފިރިހެނެއް، ކުޑައެއް ބޮޑެއްނެތް. ޢާން މު ރައްޔިތުން ތިބީ ހަ މަ ބިރުވެރިކަ މެއް ތެރޭގަ !

    16
  13. ކޮބާކަލޭ

    ކުއްލިމަރުތައްހަގުނައައް ގިނަވެއްޖެ ރަލާ މަސްތުވާއާލާތްތައްބޮޑުތަނުންއިތުރު ސަރުކާރުގެ އަނިޔާވެރިކަންވެސް މާބޮޑު!

    18
  14. އިބްރާހިމް

    މިދިޔަމަހު 20ވަނަ ދުވަހު މ. ޝަހީދުއަލީ ހިނގުމުގައި ، ވޮލަނީ ސުޕްރޭ މޫނަށްޖަހައި، ވަޅިން ހަމަލާދީ ފައިސާ ފޭރެން އުޅުނު މީހުން ކޮބައިތޯ؟ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން އެނގިފައި ނެތެވެ. ދުވާލު މެންދުރު ހިންގި ޖަރީމާއެއްމިއީ. ތިޔަ ފުލުހުންނަށް ކިހިނެއްތޯ އިތުބާރުކުރާނީ؟

    13
  15. ޙަސަނާ

    ވެރިކަމުގެ ދަހިވެތިކަމުގަ މިއޮއްހާަދުވަހު އެކިގުރޫޕްތަކައް ހިތްވަރުދީގެން ސަރުކާރު ބަދުނާމުކުރަން ބަޔަކު ކުރުވި ކުއްތައް ނުވާތާކައް ސަލާމަތީބާރުތަކުގެ މީހުންބޮލައްއެރި އެމީހުންލައްވާ ވެސްކުއްކުރުވީ އެހެންމީހުންނޫޅޭ ގައުމުފަނާކޮއްގެން ވެރިކަމައް އަންނާަކައް..

  16. މުރާސިލް

    ވާނީވެސް އެހެންތާއެވެ، ވަކިބަޔަކު އިދިކޮޅުގައި ތިބިގެން މިޤައުމުގައި ހަމަނުޖެހުން އުފެއްދިއަސް މިއަދު އިދިކޮޅުގައި ތިބީ ޤަުމުގައި ހަމަނުޖެހުން ހިންގާނެ ބައެއް ނޫނެވެ. އެހެންވީމާ ޤައުމު އަމާންވާނެއެވެ.

  17. ޢަބްދުއްލަޠީފު

    އެހެންވީމާ ކަލޭމެންނަށް އެގިގެން ތިބެތާ އައްޑޫސިޓީގައި ޑްރަގް ސިޓީ މޫލާ ހެދިފޯދެމުން އެދަނީ. ޑްރަގް ނަގާމީހުން މީސްމީހުންގެ ގޯތިތަކުގެ ޙުރުމަތްކަނޑާ ވަދެ ބޭނުން އެއްޗެއް ހިފައިގެންގޮސް ވިއްކާލާފަ ހަކުރުބޮނީއެވެ. ބޮޑުބަލާއަކަށް ވެއްޖެ. ފިހާރަތަކުގެ ފުރާޅު ނަގާލައިގެން ވަދެ ބޭނުންވަރަކަށް މުދާ ގެންގޮސް ނުއަގުގަ ވިއްކާލާފަ ހަކުރުބޮނީ. މިހެންގޮސް ލިސްޓު ވަރަށްދިގު ވެއްޖެ.

  18. ބްރޭކިން ނިއުސް

    މަދުވާނެކަން ހަމަ ޔަގީން އެކަންކުރުވާ އަދި ކުރާމީހުން ތިބީ ވެރިކަމުގަ އެހެންވީމާ މަދުވާނެ
    އިދިކޮޅުގަ މިބައިމީހުން ތިބޭއިރު އެކަން ކަން ގިނަވާނެ

    10
  19. ރައްޔިތުމީހާ

    އެހެން ބަޔަކު ވރިކަމުގަ ތިބިއްޔާ ނެވާހޮޅިޔަށް އެޅިގެން އެކަންކަން ކުރުވަން ތިބޭމީހުން ވަރިކަމަށް އައިމަ އެމީހުން ނެރޭނެ ބަޔަކު ނެތީމަ ދެން ތިބޭނެނު. އެހެން ނޫނަސް އޭގަ ފުލުހުންގެ މޮޅުކަމަކީ ކޮބައިބާ؟