ދިވެހި ރާއްޖޭގެ ތާރީހުގައިވެސް މިހާ ހުދު މުހުތާރު ވެރިކަމެއް ފެނިފައި ނުވާ ކަމަށާއި މިއަދު ރާއްޖޭގައި ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުން އަންނައިރު އެކަން ދިވެހި ރައްޔިތުންނަށް އިއުސާސް ނުވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއަދަކީ ދިވެހި ޖުމްހޫރިއްޔާގެ 51 ވަނަ އަހަރީ ދުވަސް. ނަމަވެސް ދިވެހި ރާއްޖޭގެ ގައުމިއްޔަތުން އެކަން ފެނިގެނެއް ނުދޭ. ރާއްޖޭގެ ފެހި ގާނޫނު އަސާސީން 3 ބާރު ވަކިވެފައިވާ ކަމަށް ބުނެފައި ވިއަސް މިއަދު މި ފެންނަނީ އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު ފޯރުވަމުން ގެންދާ މަންޒަރު މިކަން ބަދަލުކުރުމަށް ދިވެހި ހުރިހާ ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލިފައިވާ ދައުވާ އަކީ ސިޔާސީ ދައުވާ އެއް ކަމަށާއި 17 ނޮވެމްބަރަށް ރައީސް ޔާމީންގެ ޝަރީއަތް ތާވަލްކޮށްފައިވަނީ ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ. ހަމަ އެހެންމެ ސަރުކާރުން މިހާރު އަމާޒު ހިފާފައި ހުރީ ރައީސް ޔާމީން ޖަލަށް ލުމަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލިފައިވަނީ ސިޔާސީ ދައުވާއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ އެއްވުމެއް މިރޭ ޕީޕީއެމް އޮފީސް ކުރިމަތީ އޮންނާނެ ކަމަށާއި ވީހާވެސް ގިނަ ރައްޔިތުން މި އެއްވުމަށް އައުމަކީ މި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިހާރު މި އޮތީ މަގުމައްޗަށް ނުކުންނަން ޖެހިފައި. ޖުޑިޝަރީ ފުނޑާލާއިރު ބަލަހައްޓައިގެން ނުތިބޭނަން. ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. ދިވެހި ގައުމު ދެކެ ލޯބިވާ ހުރިހާ އެންމެން އެބަޖެހޭ މިއަދު މަގުމައްޗަށް ނުކުންނަން. މަގުމައްޗަށް ނިކުމެ މި ސަރުކާރު ނިންމަން މަސައްކަތް ކުރަން އެބަޖެހޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ރާއްޖޭގެ މިނިވަންކަން ގެއްލުވާލާ، ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަން ފުނޑާލަން މަސައްކަތްކުރާ ކަމަށާއި، މިހާރުވެސް ފެންނަމުންދަނީ އެ މަންޒަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    އަދުރޭމެން ވެރިކަން ހިންގީ އިރު ކޯޓްތައް ޓިނުވެސް ނަގައިގެން. މަނިކުފާނު ތަރއްގީއެއް ކިޔާއިރު މިސަރުކާރު ވެސް މިޖެހެނީ ރައްރަށުގެ ބަދަރު ފެން ނަރުދަމާ އަޅަން. ޢަދި ޔާމިން އެކަނިދޯ ޖަލައްލަނީ. މަނިކުފާނުމެން މުސްކުޅި ދެޤާޒީންވެސް ބިންމަތީގައި ކޫއްތާފައި ޖަލަށް ގެންދިޔައީ.،،،،،،،.

    19
    24
  2. ބޮކި

    މިގަރުނުގަ އުފެދުނު އެންމެ ބޮޑު ވަގަކީ ޔާމީން....

    17
    10
  3. މިވަގުތު

    ދިވެހިރާއްޖޭގެ ލާދީ ސަރުކާރުގެނައީ ދިވެހިން ގުޅިގެން ދިވެހިންގެ ބޯކާލައި އޮޅުވާލައިވެން ކާފަރުންނަށް ގައުމުދީފިމުސްލިމުންގެ ބާރު ކަނޑުވާލައިފި އަދި ވެސް ލާދީނީ ސަރުކާރު ބޭނުނަތޯ ދެން މިބައި މީހުންނަށް ފުރުސަތު ދެވިގެންނުވާނެ.

    4
    9
  4. Anonymous

    މީއްޗަކު ހުންނަނީ ހަ މައިގަތަ

    11
    2
  5. ޔާމިނު

    އަދުރޭ. ތިކަހަލަ ވާހަކަ ނުދައްކާ. ކަލެޔާ ހެދި މުޅިން ބޭޒާރު މިވަނީ. ކިތައްފަހަރު ބުނީމަ ކަލެޔައް އިނގޭނީ. ބލ އެއްމީ

    8
    1
  6. 4=1+1

    ތިބުނީ ޔާމީނުގެ ވެރިކަމުގެ ވާހަކަ ދޯ. ޓްރޫ ބްރޯ

    7
    2
  7. މުއްތު

    އަދުރޭ ތިޔަހެންބުނާއިރި ލަދު ކޮބާ އަންތަރީސްވެއްޖެ

  8. ތުބުޅި ސުޖާ

    އަދުރޭ ކިޔެވިފޮތުގަ ހުދުމުހުތާރު މިއޮށްނަނީ އިސްލާމީ ރިވެތިއުސޫލުގެމަތީ ހިންގާވެރިކަމެއްގައި، ވައްކަމާ ކޮރަޕްޝަނަށް ނޫނެކޭބުނާވެރިކަމެއްގަ، އަނިޔާވެރިކަން އިސްނުކުރާ ވެރިކަމެއްގަ ދެއްތޯ އަދުރޭ އަކީ މިކަމުންވެސް ދީނާ ބީރައްޓެހި މީހެއްކަން ވަރަށް ސާފުދެއްތޯ