މިހާރު ހިނގަމުންދާ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ގެ ވެރިކަން ބަދަލުކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަން ޕީ.އެން.ސީ ގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.

"ދިވެހި ކޮންމެ ރައްްޔިތަކު މިސަރުކާރަ ދެކޮޅަށް އަޑު އުފުލަން ޖެހޭ، އެމީހަކު ހުރިތާ ހުރެގެން އަޑު އުފުލުމަކީ އެމީހެއްގެ ވާޖިބެއް، ރައްރަށުގައި ތިބި މީހުން ރައްރަށުގައި ތިބެގެން. ގޭތެރޭގައި ތިބި މީހުން ގޭތެރޭގައި ތިބެގެން. މަސްވެރިން އޮޑިމަތީގަ ތިބެގެން، ފަރަށްދާ މީހުން ފަރުމަތީ ތިބެގެން" އަދުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ އެމްޑީޕީ އިން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖޭގެ ޖުޑީޝަރީ އަށް އަތްގަދަ ކުރުމަށް މަސައްކަތް ކޮއްފައިވާ ކަމަށާއި މިއަދުވެސް މިރާއްޖޭގައި ފެންނަމުން މިދަނީ އެމަންޒަރު ކަމަށެވެ.

"އަޅުގަންޑުމެން އޭރުވެސް ދެންނެވިން އެމްޑިޕީއަށް ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގެ ޝަރުއީ ދާއިރާ އަށް އަތްގަދަ ކުރާނޭ، މީގެ ކުރިންވަނީ ފަނޑިޔާރަކު ވަގަށް ނަގާފައި. ސުޕްރީމް ކޯޓުގައި ތަޅު އަޅޫވައިފައި، ލޮނުޒިޔާރަތް ކޮޅުގައި ކޯޓް ހަދައިގެންވެސް ހުކުމްތަށް ނެރުނު" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލު ހިމާޔަތް ކުރުމަކި ވެސް ދިވެހި ކޮންމެ ރައްޔިތެއްގެ ވާޖިބެއް ކަމަށާއި ރާއްޖޭގެ އިސްލާމީ ޝަރީއަތް ދެމި އޮތުމަށް ހުރިހާ ރައްޔިތުންވެސް އެދޭ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ވިދާޅުވުން އިއްޔެ ވެސް އަދުރޭ ތަކުރާރު ކުރެއްވެވިއެވެ.

"މިހާރު މި އޮތީ މަގުމައްޗަށް ނުކުންނަން ޖެހިފައި. ޖުޑިޝަރީ ފުނޑާލާއިރު ބަލަހައްޓައިގެން ނުތިބޭނަން. ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. ދިވެހި ގައުމު ދެކެ ލޯބިވާ ހުރިހާ އެންމެން އެބަޖެހޭ މިއަދު މަގުމައްޗަށް ނުކުންނަން. މަގުމައްޗަށް ނިކުމެ މި ސަރުކާރު ނިންމަން މަސައްކަތް ކުރަން އެބަޖެހޭ" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަމާލަ

    ދީނައް ކުރ ފުރައްސާރައިގެ އަދަދު 1000 ހުން މަތީގަ. އެކަމާ އެޅި ފިޔަވަޅު 2. އެކަން ކުރިމިހުންނައަ ދިން އަދަބު 0. މިއީ މިވެރިކަމުގެ ތަފާސް ހިސާބު.

    5
    5
  2. ނަފްސީން

    ދީނައް ކުރާ ފުރައްސާރައިގެ އިސްސަފުގަޔާއި އަދި އެންމެ ގުރާސްރޫޓުގަ ތިބީ މި ސަރުކާރައި އެމްޑީޕީގެ މީހުން. މިއީ އެެއްވެސް ޝައްކެއްނެތް ކަށަވަރު ކަމެއް. މި ސަރުކާރު ނައްތާލައިގެން އަދި ފޮހެލައިގެން މެނުވީ ދިވެހި ރާއްޖޭގައި ދީނައްކުރަމުންދާ ސިސްޓަމެޓިކު ފުރައްސާރަ އާއި އިސްލާމީ ދީނީނީ ފިކުރު އަދި އަޙުލާގު ފޮހެލަން ހިންގާ ޕުރޮޕަގަންޑާ އާއި ސަރުކާރުގެ އެތެރޭތިބެގެން އިސްލާމީ ވަހްދަތު ބަލިކޮއްލަން ކުރާ މަސައްކަތައް ހުއްޓުމެއް ނާންނާނެ. ފައިސާއާއި ދުނިޔެވީ މަންފާތަކުގެ ދަހިވެތިކަމުގައި އެމްޑީޕީއައް ތާއީދުކޮއްގެން ތިބި މީހުން މިކަމުގައި ބޮޑުތަނުން ފާފަވެރިނުވާނެ ހަމައެއްގޮތެއްވެސް ނެތް. އަދި ކައްވަޅުގަޔާއި އާޚިރަތުގައި ނިކަމުގެ ވޭންދެނިވި ހިތިރަހައާއި ބައްދަލުކުރަންޖެހޭނެ.

    5
    5
  3. ވަގު

    މަށަކީވިސް ދިވެއްސެއް އަދުރޭ ކަލޭ މެނައް އެގޭތަވާޖިބާ ހަރާމާ ހަލާލާ ބުނެދެން ތީބޮޑެތިވަގުން ނޭ ބުނާތީ އިވޭ ވީމާ ތިގުރޫޕްގެ 3 4 މީހުން ބުނާ ގޮތްހާދާނީ ކާކު ތިއުޅެނީ ކުރިންލިބުނުވަރައްނުލިބޭތީހެން ހީވަނީ

    16
    8
  4. ވދެރަ

    ނޭވަޔަކު ދެ ފަހަރު ވެރިކަން ބަދަލު ކުރުމުގެ ނާތަހުޒީބީ ގޮވާލުމަށް ރައްޔަތުން އެބަޖެހޭ ނޫނެކޭ ބުނަން ،
    ދައުރެއް ފެށޭ އިރައް ވެރިކަން ވައްޓަން! ގައުމެއް ހަލާކު ކޮއް ފަނާކުރުން މިއީ.
    އަހުރެމެން ދިވެހިން ހާދަހާ ނާތަހުޒީބޭ.

    13
    8
  5. އިހުސާނާ

    ތި އަދުރޭމެންގެ ކޮރަޕްސަން ގެ ކަންތައްގަނޑު ބަލާ، އެކަމާ މެދު ސަރީއަތް ހިންގާ ފިޔަވަޅު އެޅުމަކީވެސް ދިވެހި ކޮންމެ ރައްޔިތެއްގެ ވާޖިބެއް!

    17
    6
  6. ާަބިޖޫ

    ރައްޔިތުންނޭ ހޭއަރާ ކައުނސިލް އިންތިހާބުގަ އެމްޑީޕީ ކޯލިސަނައް ވޯޓް ނުދޭތީ ދީފިއްޔާ މިގައުމް ފުނޑާލަން ތިޔަހިއްސާ ދެވުނީ ނަމަ ނަމަ ނުދޭތި

    5
    10
  7. މާވަޑި ފަލާހް

    މިވެރިކަން ބަދަލުނުވެގެން މަންމާފުޅު އަދުރޭ ހާދަވަރަކަށޭމިތެޅެނީ، ކުރިންކުރިވަރަށް ވައްކަން ނުކުރެވެނީ ދެއްތޯ؟ ރައްޔިތުން މިހާރުމިތިބީ ވަރަށްރަނގަޅަށް ހެލާ، ވަގުންނަކަށް އެއްވެސް ފުރުސަތެއްނުދެވޭނެ، ފޮރުވާފައި ހުރި ފައިސާތަކާ، އަގުބޮޑު ފުލެޓްތަކާ، ރޮލެކުސް އަތުކުރީ ގަޑިތަކާ، އަގުބޮޑު ކާރުތަކާ، އަނގޮޓިތަކާ ދައުލަތައް ވަރަށް އަވަހައްނެގިގެންދާނެ، ވަގުންހިފާ ހައްޔަރުކުރެވޭނެ

    7
    2
  8. އަލްޖިބްރާ

    ތިކަހަލަ ވަގުން ހިފާ ހައްޔަރު ކުރުމަކީވެސް މިއަދު ދިވެހިންގެ ވާޖިބެއް !

  9. އިހްލާސްތެރި ކަމާއެކުދިން ވޯޓް

    ބަދަލްކުރަން ވާޖިބުވި ވެރިކަން ބަދަލް ކޮށްފިން