ހދ. ކުޅުދުއްފުށީ ފެރީއެއްގެ ޖެނެރޭޓަރ ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 13:20 ހާއިރު އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެރަށުގެ އުތުރު ބަނދަރުގައި އޮތް އެމްޓީސީސީ ގެ "އުނިޔާ" ނަަަމަކަށް ކިޔާ ފެރީއެއްގެ ޖެނެެރޭޓަރު ރޫމްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވެފައި ވާ ކަމަށެެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފް ހާމަކޮށްފައެއް ނުވެއެވެ.