ރައީސް ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ދަޢުވާއެއް ކަމަށް ވިދާޅުވީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުކަމަށް، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ.

"ރައީސް ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ދަޢުވާ އެކޭ މާ ކުރިންސުރެ އަޅުގަނޑުމެން މި އަންނަނީ ބުނަމުން. ރައީސް ޔާމީން، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމާއި ގުޅިގެން، އަޅުގަނޑުމެން މި ޓީމް ދިޔައިން ރައީސް ޞާލިޙު އާއި ބައްދަލުކުރުމަށް. އެދުވަހު ރައީސް ޞާލިޙު ވިދާޅުވީ، ސިޔާސީ ގޮތުން ތިކަމުގަ ކުރެވޭނެ ކަންކަން ކުރި ކަމަށް. އެ ދުވަހު އަޅުގަނޑުމެންނަށް ޔަޤީންވެއްޖެ އެއީ ސިޔާސީ ދަޢުވާއެއްކަން." އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލިފައިވަނީ ސިޔާސީ ދައުވާއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ އެއްވުމެއް މިރޭ ޕީޕީއެމް އޮފީސް ކުރިމަތީ އޮންނާނެ ކަމަށާއި ވީހާވެސް ގިނަ ރައްޔިތުން މި އެއްވުމަށް އައުމަކީ މި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިހާރު މި އޮތީ މަގުމައްޗަށް ނުކުންނަން ޖެހިފައި. ޖުޑިޝަރީ ފުނޑާލާއިރު ބަލަހައްޓައިގެން ނުތިބޭނަން. ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. ދިވެހި ގައުމު ދެކެ ލޯބިވާ ހުރިހާ އެންމެން އެބަޖެހޭ މިއަދު މަގުމައްޗަށް ނުކުންނަން. މަގުމައްޗަށް ނިކުމެ މި ސަރުކާރު ނިންމަން މަސައްކަތް ކުރަން އެބަޖެހޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ރާއްޖޭގެ މިނިވަންކަން ގެއްލުވާލާ، ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަން ފުނޑާލަން މަސައްކަތްކުރާ ކަމަށާއި، މިހާރުވެސް ފެންނަމުންދަނީ އެ މަންޒަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަލާޔާ ހަމަވެއްޖެއެއްނުން

    ސިޔާސީ ދައުވާއަކީ ހުންނަ އެއްޗެއްނޫންބާ؟

    8
    3
  2. ހިސާބު

    ޔަ މީން ވައްކަންކޮއްކޮއް މޮޔަވިމީހެއް އަދުރޭތީ

    5
    32
  3. ނަސީ

    ރ.ޔާމީނަށްވެސް ކުރަނީ ސިޔާސީ ދަޢުވާ! ރ.ނަޝީދާއި އެފަދަ މީހުނަށް ވެސް ކުރީ ސިޔާސީ ދަޢުވާ! މައްސަލަޔަކީ މިވަރުގެ މޮޅުބައެއްނެތްކަމަށް ހީކޮށް މިމީހުން ފަހާ ދުވާމީހުން ގިނަކަން! ހުރި ހިތާމައެއްގެ ބޮޑުކަމާ! މިއީ އަހަރެމެން ދިވެހިންގެ ޢަމަލު ތަކުން އަހަރެމެން އިމްތިޙާން ކުރުމަށް އަހަރެމެންގެ މައްޗަށް ފާޅުކުރައްވާ އަނިޔާވެރިންކަން ފަހެ ތިޔަބައިމީހުން ނުދަންނަނީމު ހެއްޔެވެ ؟ މިމީސްމީހުންގެ ފަހަތުން ދުވުން ހުއްޓާލާ ޢާފިލްކަމުން ނުކުމެ ގަތުމަށް އަހުރެން އެންމެހާ އަޙުންނާއި އުޙުތުންނަށް ނަސޭޙަތްތެރިވަން!

    21
    2
  4. އައްޓަމަސް

    މާބޮޑައްވެސް ލަސްވެއްޖެ އަވަހައް ނިކުންނަންވީ ޤާނޫންއަސާސީގެބާރު ކަނޑުވާނުލަނީސް ނުކުމެ މިކަން ހަމަޔަކައްއަޅުވަންވީ އެކަކައްމަވެސް ނިކުންނާނަން

    19
    4
  5. އަލީ

    50 ގުނަ 4 ވީމަ 200000 ކަމަށް ބުނީކާކު ހަމަ ހިނިއަންނަނީ

    7
    13
  6. އަލްޖިބްރާ

    އަދުރޭ މިހާރު ހަމައެއްނޫން ! ކަލޭ ކިތަންމެވަރަކަށް ތެޅުނަސް ދެނެއް ތިކަމެއް ނުވާނެ ! ކަލޭމެނަށް ބާރުއޮތްއިރު ހިތުހުރިގޮތަކަށް ކަންތަށް ނިންމަމުން ދިޔައިރު ފަހުންވެދާނެ ގޮތަކަށް ނުވިސްނީމަ މިހާރު ތިއޮތީ ރާކަނިމަސް ކެވިފަ ! ދެން ބާރަށް ތެޅޭ !

    2
    3