މާލެ އިން މިއަދު ދަންޖެހިފައި ހުއްޓާ ފެނުނު ކުޑަ ކުއްޖާގެ މަރުގައި ޝައްކު އުފެދޭ ކަމެއް ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ދަންޖެހިފައި ހުއްޓާ ފެނުނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 07:00 ހާއިރު އެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ކުއްޖާ އޮތީ މަރުވެފައެވެ.

އެ ކުއްޖާ ދަންޖެހުނީ ބަޔަކު ގަސްދުގައި ކުރުވި ކަމަކުން ކަމަށް ބުނެ އާއިލާއާ ހަވާލާދީ މީޑިޔާއަކުން ރިޕޯޓުކޮށްފައިވަނިކޮށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މިއަދު މާލެ އިން ރިޕޯޓުކުރި މަރުގެ މައްސަލާގައި ފުލުހުންގެ ފޮރެންސިކް ޕޭތަލޮގިސްޓެއް މަރުވެފައިވާ ކުއްޖާގެ ހަށިގަނޑު ބެލި ކަމަށާއި، އެ ކުއްޖާގެ މަރުގައި އެހެން މީހެއްގެ ފަރާތުން އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިވާ ކަމަށް ޝައްކު ކުރެވޭ ފަދަ ކަމެއް ނެތް ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

އިޒްމިއާ ވިދާޅުވީ، އެ މައްސަލާގެ ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން، މި ހާދިސާގައި އެހެން ފަރާތެއްގެ އަމަލެއް އެކުލެވޭ ކަމަށް ޝައްކު ކުރެވޭ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

އަދި މި މަރުގެ މައްސަލާގައި އާއިލާއިން ބުނެފައިވާ ގޮތުގައި އެއްވެސް މީޑިޔާއަކަށް މައުލޫމާތު ހާމަކޮށްފައިނުވާ ކަމަށާއި އަދި ފުލުހުން ކައިރީ އާއިލާ އިން އެއްވެސް ޝައްކެއް އުފައްދާފައި ނުވާކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

"ވީމާ ހަބަރު ފަތުރާއިރު އާއިލާ މީހެއް ކަމަށް ބުނާ ފަރާތްތައް ވެރިފައި ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން" އިޒްމިއާ ވިދާޅުވިއެވެ.

އިޒްމިއާ ވިދާޅުވީ، ފުލުހުން މިފަދަ މައުލޫމާތު ހާމަނުކުރަނީ މިގޮތަށް އާއްމު ކުރެވޭ މައުލޫމާތެއްގެ ސަބަބުން މިފަދަ ކަންކަން އިތުރުވުން މެދުވެރިވިޔަ ނުދިނުމަށް ކަމަށެވެ.

ނޯޓް: އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަނިކު

    ބަލަ އިންޓަނެޓުން ބަލާއެއްޗެއްގެ ސަބަބުންވެސް މަރުވެދާނެ.. ނޫނީ ބްލެކްމެއިލް

    42
    4
    • ރިއަލިޓީ

      ރަގަޅަށް ތަހުގީގު ކުރަން ޖެހޭ.

      19
      1
  2. ހިތްތިރި އިންސާނާ

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
    اللهم اغفرله وارحم وثبت
    ‏لَآ حَوْلَ وَ لَآ قُوَّةَ إِلَّآ بِآلْلَّهْ
    އާއިލާއަށް ކެއްތެރިކަން ދެއްވާށި. ﷲ ތަޢާލާގެ އިމްތިހާން ތަކުގެ ކުރިމަތީ އެކަލާނގެ އަޅުންނަށް އޮންނާނީ ކެއްތެރިވުން. ކެއްތެރިވުމުގެ ޖަޒާއަކީ މެދުކެނޑުމެއް ނުވާ ނިއުމަތް ސުވަރުގެއިން ލިބުން. މިދުނިޔޭގައި އެމީހަކު ދާނެ ދިމާއަކަށް ދިއުމުގެ ކުޑަ އިހްތިޔާރެއް އެކަލާނގެ އިންސާނުންނަށް މިންވަރު ކުރެއްވިއަސް އެއްބަޔަކު އެމަގު ހިޔާރުކޮށް އަނބުރާ އަނެއްކާ ދީނުގެ ތެރެއަަށް އާދޭ އިސްލާހްވޭ. އަނެއް ބަޔަކަށް އެފުރުސަތު ވެސް ނުލިބި މަރާ ކުރިމަތިލާންޖެހޭ. ނަމަވެސް މިއިން ކޮންމެ ފަރާތަކަށް ވެސް ﷲ ގެ އިމްތިހާންތައް ދެދުނިޔޭގައި ވެސް ކުރިމަތިލާންޖެހޭ. އިމްތިހާންތަކަށް ކެއްތެރިވެ ﷲގެ މަގު ފިޔަވާ އެހެން މަގެއް ހިޔާރު ނުކޮށްފި މީހާ ދެދުނިޔޭގެ ބާއްޖަވެރިކަން ހާސިލްވާނެ. ﷲ ދުނިއެއަަށް އިންސާނާ ފޮނުއްވެވީ ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އަޅުކަންކޮށް އާހިރަތް ބާއްޖަވެރިކޮށް ގެންދިއުމަށް ލިބިދޭ ފުރުސަތެއްގެ ގޮތުގައެ‏ވެ. ޅަފަތުގެ ދައުރެއްގައި ދުނިޔެ ދޫކުރި ކުއްޖާގެ އާއިލާއިން ކޮންމެ މުސްލިމަކަށް ވަރަށް ބޮޑު އިބްރަތެއް ހާސިލްް ވެގެންދާނެ

    30
    • ގަނީރު

      ކޮބާތަ ދެދުނިޔޭގެ އިމްތިޙާނަކީ؟ އެނގިފައިވާގޮތުގައި އިމްތިޙާނަކީ މިދުނިޔެ މަތީގައި ވާ އެއްޗެއް. ދެ ދުނިޔޭގަ ވާއެއްޗެއް ނޫން. ދެން އޮންނާނީ މި ދުނިޔޭގެ އިމްތިޙާންގެ ޖަޒާ ދެއްވުން. އެދުނިޔެއަކު އިމްތިހާނެއް ނޯންނާނެ. މާދިގުކޮށް ލިޔުނީމަ މިޔެވުނު އެއްޗެއް އޮޅުނީދޯ. އެހެންވެ މާ ދިގުކޮށް ނުލިޔަންވީ. އާޓިކަލްއަށްވުރެ ކޮމެންޓް ދިގުވިއްޔަ.

      3
      1
  3. މާހިރު

    ހަރާ މް އަކީ ހަރާ މް އޭގަ ބޮޑު ހަރާ މް އާއި ކުޑަ ހަރާ މެއް ނޯންނާނެ

    13
    5
    • ޢަބްދުއްލަޠީފު

      މީއަނެއްކާ އަނެކަކު. ތިހިރީ ޚަވާރިޖުންގެ ވިސްނުން. ފުރަތަމަ އީމާން ކަމުގެވެސް އެތައް ބައެއް ހިމެނޭ. ބަލިކަށި ވުމާ ގަދަފަދަ ވުންވެސް ހިމެނޭ. އެހެންވީމާ ކުދިފާފަ އާ ބޮޑެތިފާފަ ހުންނަހެން ކުދި ޙަރާމާ ބޮޑެތި ޙަރާމް ކަންތައްވެސް ހިމެނޭނެ.

      12
      2
    • އޯތް

      ކަލޭ ކޮންތާކުން ތީގެ ދަލީލު ހޯދީ؟ ފާފައިގައި ކުދި ފާފަތަކާއި ބޮޑުފާފަތައް ރަސޫލާގެ ހަދީޘުން އެނގެންއޮއްވައި ކަލޭތިކިޔަނީ ކީތް؟ ދޮގުހެދުމަކީވެސް ހަރާމްކަމެއް، ޝިރުކުކުރުމަކީވެސް ހަރާމްކަމެއް. އެކަމަކު ޝިރުކުކުރުމަކީ ދޮގުހެދުމަށްވުރެ ހަރާމްކަން ބޮޑުވެގެންވާކަމެއް.

  4. އަނި

    މިދިވެހި ގައުމުގަ އާދައިގެ ދެމަފިރިއަކު މަސައްކަތް ކޮއްގެން ވެސްލިބެނީ ކިރިޔާ ކުލި އަދި ބިލްތައް ދެއްކޭ ވަރުގެ ކުޑަ ލާރިކޮޅެއް ދަރިންގެ ބޭނުން ތައްވެސް ގިނަފަހަރު ނުފުއްދޭ އެކުދިންގެ ހުވަފެންތަކެއްވެސްވާނެ. ( ހުރިހާ ސިޔާސީ މީހުންނާ، ކޮންމެ ވެރިކަމެއްގަ އިސްމަގާމު ތަކުގައުޅޭ މީހުނުނާ، އެމީހުންގެ އާއިލާ މީހުންނާ އެމީސްމީހުންގެ ދަރިން އުޅޭ ފެނަވަރު އެހެން ކުދިންނަކައް ހަޖަމެއް ނުވާނެ. ) އާދައިގެ ނިކަމެތި މީހާ ފެލުންނޫން ކަމެއް އެއްވެސް ސަރުކާރަކުން ނުކުރޭ. ދެންވާނީ މިހިންތާ...ވަރައް ދެރަ.

    5
    2
  5. ޢަހުމަދު

    އޮޓޮޕްސީ ނަހަދާ ބޭރުފުށުން ބަލާލާފަ ނޭގޭނެ ބުނާކަށް ޝައްކުއުފެދޭކަމެއް ނެތެކޭ.

  6. ވަގުތީ

    މާލެ އިން މިއަދު ދަންޖެހިފައި ހުއްޓާ ފެނުނު ތުއްތު ކުއްޖާގެ މަރުގައި ޝައްކު އުފެދޭ ކަމެއް ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.