ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން އިސްލާހް ހުށައެޅުއްވި ގޮތަށް އިތުރު ބަދަލުތަކެއް ނުގެނެސް ކޮމިޓިން ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ މިހާރުގެ ދައުރަކީ ތިން އަހަރު ދުވަހެވެ.

ކައުންސިލްތަކުގެ އުމުރު އިތުރުކުރުމަށް ގާނޫނު އަސާސީއަށް ހުށައަޅާފައިވާ އިސްލާހް ދިރާސާކުރަނީ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން އެ އިސްލާހް ވަނީ ފާސްކޮށްފައެެވެ. އެ އިސްލާހް ފާަސްކޮށްފައި ވަނީ މިދިޔަ ބްރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމެއްގައެވެ.

ސަރުކާރުން ފޮނުވި ގޮތަށް ތަޅުމަށް ވަނީ ފޮނުވާފައެވެ.

މި އިސްލާހް ތަޅުމުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގްކުރެއްވުމުން، އަންނަ އަހަރުގެ އޭޕްރީމް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންމެ ކައުންސިލެއްވެސް އިންތިހާބުކުރާނީ ފަސްއަހަރު ދުވަހުގެ މުއްދަތަކަށެވެ.

ލާމަރުކަޒީ ނިޒާމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ ތަރައްގީގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެއު

    ހުރިހާ އާރަކާއި ބާރެއްވެސް ލިބިގެން ކޮންކަމެއްހޭ ތިޔަވަނީ ބޮޑެތި މަސްރޫއުތައް ހުއްޓިފަ ބަޖެސް ފާސްކުރުމުގެކުރިން ހުސްވެފަ ހުސް ދަރަނި ސަލާމަތެއްނެތް ކައިކައިހުސްވަނީ ބާރުއޮތީމާ ނުބެލުނަސް ބާރުދިޔައީމާ ބަލާނެ ވިސްނާތި ދެންވެއްޓޭއިރު ތަދުވާނެކަން. މަހޭ ގާސިމޫ ކޮބާ ކިހިނެއް