ކުރިއަށް އޮތް އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު، މުހައްމަދު އަސްލަމް ފާހަގަކުރައްވައިފިއެވެ. އަސްލަމް ވިދާޅުވީ އިންތިޚާބުތަކާއި، ޕްރައިމަރީތައް އަބަދުވެސް އަންނާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ވޯޓުލާން ތިބޭފުޅުން ނުނިކުތަސް އަޅުގަނޑު ދަންނަވާނީ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުން. ލާމަރުކަޒީ ޤާނޫނުގެ ދަށުން އިދާރީ ގޮތުންނާއި މާލީ ގޮތުން، ކައުންސިލްތަކަށް މިވަރަށް ބާރު ދެއްވާފައިވާއިރު، މި އިންތިޚާބު ނަގަން ޖެހޭ ކޮންމެހެންވެސް. ވަރަށް މުހިއްމު، ވަރަށް ބޭނުންތެރި ކަމެއް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަކީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިގޮތަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ލީޑާޝިޕް ހޮވުމަށް ބާއްވާ އިންތިޚާބުގައި އެޕާޓީގެ ނައިބު ރައީސް ކަމުގެ މަޤާމަށް އޭނާ ވާދަކުރާތީ މިރޭ މާލޭ ގްރޭންޑް ޢިމާރާތުގައި ތިރީ ބައިގައި އަސްލަމްގެ ރަސްމީ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޚާއްސަ އެއްވުމެއްގައެވެ. އަސްލަމްގެ ކެމްޕެއިން އޮފީސް ލޯންޗުކޮށްދެއްވާފައިވަނީ އޭނާއަށް ތާޢީދުކުރައްވާ ބޭފުޅުންގެ ތެރެއިން މިރޭގެ އެއްވުމަށް ވަޑައިގެން ތިއްބެވި ބައެއް މަޖިލިސް މެމްބަރުންނެވެ. އެބޭފުޅުންގެ ތެރޭގައި އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހީމް ޝަރީފް، މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު، މުހައްމަދު ފަލާހް ހިމެނެއެވެ.

ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އަސްލަމް ވިދާޅުވީ އޭނާ އާއި އަދި ކެމްޕެއިން ޓީމުން ޕާޓީގެ މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއަހާފައިވާ ކަމަށެވެ. އެމްޑީޕީގެ މެމްބަރުންގެ ޝަކުވާތަކާއި، ކަންބޮޑުވުންތަކާއި، އުދާސްތައް ވެސް ބައިވަރު ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ 2012 ވަނަ އަހަރު އަޅުގަނޑުމެންގެ ޕާޓީގެ ވެރިކަން ފުރޮޅާލައިގެން ދިޔަ ފަހުން އެތަކެއް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވޭ، އެތައް ބަޔަކުގެ ވަޒީފާއިން ޑީމޯޓް ކޮށްފައިވޭ، އެތައް ބަޔަކުގެ ވިޔަފާރިތައް ފުނޑާލާފައިވޭ. މިފަދަ މައްސަލަތައް އަޅުގަނޑުމެން ބަލަން ޖެހޭ. ޕާޓީގެ މެމްބަރުންނަށް ހައްގު ބަދަލު ހޯދައިދޭން ޖެހޭ." އަސްލަމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުން ބަދަލުދޭން ޖެހޭ ފަރާތްތަކަށް ބަދަލުދޭތީ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަސް، އެކަންކަމަށް ޒިންމާވާން ޖެހެނީ ހަމަ ކުރީގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ކަމަށެވެ. އަދި އެޕާޓީގެ މެމްބަރުންނަށް ހައްގުވާ ބަދަލް ހޯދައިދެއްވާނެ ކަމަށެވެ.

"ދެންމެ އަޅުގަނޑު މިއައީ ކަންދިމާކުރި ގޮތުން ދެދޮރު ދޭތެރޭ އެއްވުން އޮތް މަގަކުން. އަޅުގަނޑަށް އަޑުއިވުނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރަކު، ސަރުކާރުން ބަދަލުދޭ ވާހަކަ ދައްކާ އަޑު. ޔާމީން ސަރުކާރުން ހިނގާ ދިޔަ ނުބައި ނުރަނގަޅު އެތައް ކަމެއްގެެ ސަބަބުންނޭ ރައްޔިތުންނަށް ބަދަލުދޭން ޖެހުނީ. މީހުންގެ ހައްގުތަކަށް އަރައިގަތީމައޭ ބަދަލުދޭން ޖެހެނީ. އެބޭފުޅުން ޒިންމާދާރު ކުރަން ޖެހޭ. އެބޭފުޅުންނަށް ހައްގު އަދަބު ލިބެން ޖެހޭނެ." އަސްލަމް ވިދާޅުވިއެވެ.

ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އަސްލަމްގެ ވާހަކަފުޅުގައި ވިދާޅުވީ އޭނާގެ ލީޑާޝިޕެއްގައި އެމްޑީޕީގެ ކޮންގްރެސް ޖަލްސާއެއް ކޮންމެ އަހަރެއްގައި ބާއްވާނެ ކަމަށެވެ.

"ހިންގަވާށޭ އަޅުގަނޑުމެން އެންމެން އެއްކޮށް އަހަރަކު އެއްފަހަރު ކޮންގްރެސް އެއް ބާއްވަން. ކޮންމެ އަހަރަކު ކޮންގްރެސް އެއް ބޭއްވިގެން ދިޔައީމާ ޕާޓީގެ ގޮފިތަކުގެ ކަންބޮޑުވުންތަކާއި، ދާއިރާތަކުގެ ކަންބޮޑުވުންތައް ސާފުވެގެންދާނެ. ސިޔާސަތު ތަކާއި، އަސާސީ ޤަވާއިދަށް ގެންދަން ޖެހޭ ބަދަލުތައް ގެނެވޭނެ. މިކަންތައް ކުރިއަށް ގެންދެވޭނަމަ މި ކަންބޮޑުވުންތައް މަދުވެގެންދާނެ." އަސްލަމް ވިދާޅުވިއެވެ.

ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިރޭގެ ޖަލްސާގައި ވަނީ އަސްލަމްގެ ކެމްޕެއިން ޙަރަކާތުގައި ބައިވެރިވެވޭ ގޮތަށް ޚާއްސަ ވެބްސައިޓެއްވެސް ލޯންޗުކޮށްފައެވެ. އެ ވެބްސައިޓް މެދުވެރިކޮށް ޕާޓީގެ ހުރިހާ މެމްބަރުންނަށްވެސް އަސްލަމްގެ ކެމްޕެއިނުގައި ބައިވެރިވެވޭނެ ކަމަށް އޭނާގެ ކެމްޕެއިން ޓީމުން ހާމަކޮށްފައިވެއެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެޕާޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވީ މިހާރުވެސް އެޕާާޓީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު އެވެ. ނައިބު ރައީސްގެ މަޤާމަށް އަސްލަމް އާ ވާދަކުރައްވަނީ މިހާރުވެސް އެޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު ޝިފާޒް އެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކާމިޔާބު ތިބާ

    ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުމަކީ ވަރަށް މުހިއްމު ކަމެއް:
    މިއީ މޑނ ގެ އެންމެ ބޮޑު އެދުން.
    އޭރުން 3 ބާރު އެއްވެ، ރައްޔިތުންގެ ބާރު ކެނޑިގެންދާން.
    އަދި ރަސްމީކޮށް މާތްވި އިސްލާމް ދީނާއި މިހާރު ކުރަމުންދާ ހަނގުރާމަ އިތުރަށް ކުރިޔަށް ގެންދާނެ.

    47
    1
  2. އަލީ

    ރައްޔިތުންދެނެއް ނުހެއްދޭނެ ލާދީނީ ބައިގަޑަކަށް. ކުރިން ވޯޓު ދިނިން. ދެނެއް ނުދޭނަން.

    63
  3. ނިމުމުގެ ސިއްކަ

    3 ބާރު ވަކި ކުރަން އަޑުގަދަ ކޮށް. މައުމޫނު ވެރިކަމުން ބާލުވާފަ، މިހާރު 2ބާރު އަތުލައިގެން ތިޔަ އުޅެނީ، އަދި 3 ވަނަ ބާރުވެސް ދޭށޯ،

    ރަސޫލު صلي الله عليه وسلم އަށް ފުރައްސާރަ ކުރުން ނުހުއްޓާ ހާލު ރައްޔިތުންނެއް ނުދޭނެ ކައުންސިލްތައް މޑނ އަކަށްވެސް، އަދި އެމީހުންގެ ނިވާފައްގަނޑު. މޑޕ އަކަށްވެސް

    39
  4. މިއަދު

    ގައުމުގައި ހުޅުޖެހުމަށް

    48
  5. ކެޔޮޅު

    ކައުންސިލްތައްބޭނުންވަނީކީއްކުރަން ފައްޅިއަޅަންތަ؟

    38
  6. މާރިޔާ

    ހަރާންފަދަ ވާނެ ދެން ކަލޭމެނަށް ވޯޓުލީޔާ

    34
  7. ކ.ހ.ގ އިބިހިންތައްކާނު

    ލާދީނީފިކުރައް ތާއީދެއްނެތް

    36
  8. އެކަލޯބެއްުޔާ

    ކަލޯކޮންމިއިންތިހާބަކާާއިކަވެރިވީމެއި
    މިސްކިތުންވަރައްގިނައިންފެނެއި
    އިންތިހާބުނިމެއިމިސްކިތުންނިފެނެއި

    33
    1
    • ވިސްނާ

      ދީން ހަތިޔާރަށް ހަދައިގެން ސިޔާސީ މަންފާ ހޯދާ މީހުން އަމަލު ކުރާނީ ތިޔަބުނި ގޮތައް.

  9. ނަގޫރޯޅި

    ތިމާމެން ސިއްރާ ފާޅުގަ ގައުމުދަވާލަން ކުރި ތާކުންތާކު ނުޖެހޭ އެގްރިމެންޓް ގޯހުންގޯހައް ދިޔައީމަ އިސްތުއުފާ ދީފަ ފިލާރައްކާވީ. އެއީ މިދިޔަ ސަރުކާރުން ހަވާލުވާން ޖެހޭކަމެއް ނޫން. ތިމާމެން ސަރުކާރުގަ ޖމރ އިން ނެގިލާރިގެ 54 މިލިޔަން ޑޮލަރު ދައުލަތައް ނުލިބެ، އެމީހުން ދޭންޖެހޭ ޓެކްސެއް އެމީހުން ނުދެ. މިއަދު އަޑުބާރުކޮއް ކޮންމެ ވާހަކަޔެއް ދެއްކިޔަސް އަދި މިހާރު ތިގެންދާ ގޮތައް މާލިއްޔަތު ކާލިޔަސް އަދި ކޮމެޓީ ހަދައިގެން ތިނަގާ ކޮންމެ ވަކިރުފިޔާއެއް ހަމަކަލޭމެން އަތުން ހޯދާނަން. ތިކަނީ ޔާމިނުގެ ލާރިއެއް ނޫން ތިކަނީ ރައްޔިތުންގެ ލާރި. އެހެންވީމަ ޔާމިނުނެތިއްޔާ ހަސަނުވެސް ތިލާރި ހޯދަން ނުކުމެ ﷲގެ އިރާދަ ފުޅުން ތިހޯދާނަން. އަބަދަކު ތި ބާރުގަ ނުތިބެވޭނެ.

    16
  10. ބަނާނާ

    ހާދަ އަމިއްލަ އެދުން ބޮޑޭ ދޯ.. އައްޗީޑި.. މި މީހުން އަނގަ ހުޅުވާލަން ލަދުގަންނަންޖެހޭ

    15
    1
  11. އަޙްމަދު

    އެމްޑީޕީގެ މައްސަލައަކީ ލާދީނީ! ޑިމޮކްރަސީއޭ ކިއަންޏާ އެފޮލޯވެސް ކުރަންޖެހޭ. ނަޝީދު ނަޝީދު ނޫން އެހެން ލަވަޔެއް ކިޔަންޖެހޭ. މީނުން އެހެންމީހެއް ބޭނުން! ނަޝީދު ހުރެގެން ލޯކަލް ކައުންސިލް އިންތިހާބް ކީއްކުރަންތޯ އެއްވެސް އިންތިހާބެއްގައި އެމްޑީޕީ މީހަކަށް ވޯޓެއް ނުލިބޭނެ! ކަލޭމެން ފުރަތަމަ ބުނީ ވެރިކަން ބަދަލު ކޮށްދޭށޭ. ދެންބުނި މަޖްލީސް، މިހާރު ކައުންސިލް. މާދަމާ ޤައުމު ވިއްކާލާނީ!

    18
  12. ާހމެދ

    ނޯ އަ ސިންގަލްވޯޓް. މަވާސަލާމް. ވަރަށް ސަލާމް
    ސްޕެޝަލީ އަންނި އެންޑް މާރިއާ
    އެއީ ތަޅާލާނެ ކުދިންކޮޅެއް ހޯދާތީ

    16
  13. Anonymous

    މަޖްލިސް ދިނީމަ ސުޕްރީމް ކޯޓުގައި އައަޑޫ މީހުން ނުބައިތިެްބަން އެއުޅެނީ. މާލޭ ބޭފުޅުންޏޯ އެތާ ތިބެންޖެހޭނީ. އަސްލަމް މެނަނަށް ދިވެހިން ހެއްލުމުން ތިކުރާކަމަކީ ނަޝީދަށް ބަދަލު ހިފައިދިނުން. އައްޑޫން ނަޝީަށް މަރުހަބާ ނުކީމަ މިހާރު ހުންނާނާ އެކަމުގެ ބަދަލު ހިފަން ތައްޔާރުވެގެން. އިޒުރޭލު ގެ ބޮޑުވަޒީރަށްވުރެވެސް ނަޝީދު ނުބައި.

    18
  14. ކޮރަލް

    އެމްޑީއެން ދޫކޮށްނުލާތީ އެމްޑީޕީ އަށް ތާއީދު ކުރެވެން ނެތެވެ.

    18
  15. ކަނބާ

    އެންމެހައި ލޮބުވެރި ދިވެހި އަޚުންނާއި އުޚުތުންނޭވެ! މިޤައުމު ސަލާމަތްކޮށް އިސްލާމީ ޤައުމެއްގެ ގޮތުގައި ބޭއްވުމަށްޓަކައި މިއީ ރައްޔިތުންނަށް ލިބޭނެ އެންމެ ފަހު ފުރުޞަތެވެ. މިފުރުޞަތުގެ ބާނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ކައުންސިލްތައް އެމްޑީޕީގެ ކިބައިން ސަލާމަތްކުރާށެވެ. ފާއިތުވެއްޖެ ވަގުތެއް އަނބުރާ ނާންނާނެއެވެ.

    20
  16. އިންސާނާ

    ވަރައް މުހިމްމޭ ނުކިޔާ މުހިމްމު ސަބަބު ނިކަން ބުނެބަލަ ރައީސުކަން ދެވިއްޖެ މަޖިލީސް ދެވިއްޖެ ޖުޑިށަރީ ފޭރިގެންފި އެވަރުންވެސް ރައްޔިތުންނައް ކޮށްދެވުނުކަމެއްނެއް ދެން ލޯކަލް ކައުންސި އެއްކޮށް އޮޅާފަ ހިމަރޯނުގަ ފެންލާފަ ބަނދެފަދިނަސް ވާނީ ކޯންކަމެއް

  17. ކާފަދ

    ވެރިކަމަށް ފައި ނަގަމުން ދިޔައިރު ވި ވައުދުތައް ފުއްދައިދީ. އޭރުން ވޯޓެއްނޫން އެހެން އެއްޗެހިވެސް ދޭނަން. އެކަމަކު ރޭގެ ކުރީރޭ ރައީސް ޕޯޑިއަމްގަހުރެގެން ވިދާޅުވި ލިސްޓްގަ އެއް އަހަރު ދުވަހުގެ ތެރޭގައި ކޮށްދީ ނިމުމުން ކަންކަމުގެ ލިސްޓްގަ އޮތީ 64 ކުދިންނަށް ސްޓޫޑަންޓް ލޯން ދިނުން އެކަނި. އެއްއަހަރަށް 64 ސޫޑަންޓް ލޯން އޯކޭ ރައްޔިތުންނަށް. ބޭނުން ވަރަކަށް ކާލަން ރަށުބިމެއް ނުދެވޭނެ

  18. އަފޭ

    ތީ ބޭކާރު ލޯ ކަނު ކައުންސިލުން ތިމީހުންގެ ބޭނުމެއް ނެތް ތިއީ ލޯކަނު ބައެއް

  19. ނަސީދު

    ޢަސްލަމް ތިއިންތިހާބު ހޯދަން ދެން ނޫޅޭ ރައްއިތުން ހޭއަރައިފި ދެން އެއްވެސް ވޯޓެއް ލައިގެން ތިބައިގަނޑު ނުހޮވެނޭ ވަގުހަދަން ޖެހޭނީ އެނޫންގޮތަކައް ތިކައުސިލް އިތިހާބު ކާމިޔާބުނުވާ