ކުރިއަށް އޮތް އިރުވައި މޫސުމުގެ ހަޅަ އަށް ފަހު އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު ނިމުމަކަށް އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ތާރިޤު މިގޮތަށް ވިދާޅުވެފައިވަނީ ޕީޕީއެމް-ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓޮމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން 3 އަހަރާއި ދުވަސްކޮޅެއް ފަހުން ނިމުމަކަށް އައިއިރު، މިހާރުގެ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމަށް 1 އަހަރާއި ކުޑަ ދުވަސްކޮޅެއް ފަހުން ނިމެން އަންނަ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ކުރިއަށް އޮތް އިރުވައި މޫސުމުގެ ހަޅަ ނިމިގެން މި ވެރިކަން ހިފަހައްޓާލާނެ ކަމަކަށް. އިރުވައި މޫސުމުގެ ހަޅައަށް ފަހު، ވެރިކަން އޮންނާނީ ނިމިފައި. ރައްޔިތުންގެ މަޖިލީހުގައި ރައީސް ޞާލިހު އަށް ތާޢީދުކޮށް ޘަނާ ކިޔައި، އުޅުއްވާ ގިނަ މެމްބަރުންނަކީ މިއަހަރުގެ ބަޖެޓު ފާސްވަންދެން ތިބި ބައެއް." ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ މިވެރިކަން އޮތީ "ޣަރުބަގަތް އިރު ވެސް ބައިގެން ގޮސްފައި" ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އެ ވިދާޅުވާ 4 ލީޑަރުންނާއެކު ބައިއެޅި ވެރިކަމުގެ ތެރެއިން ކެބިނެޓް އުފެއްދީ. ރައީސް ޞާލިހުގެ އެއް ވަޢުދަކީ އުފެދޭ ކޯލިޝަން އެގްރީމެންޓް ޤާނޫނަކަށް ހެދުން. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލާނެތް ގޮތަކަށް ހޯދައިދިނުމަށް ރައީސް ޞާލިހުއާއި ރައީސް ނަޝީދުގެ ރޭވުމުގެ ތެރެއިން އެމްޑީޕީއަށް މެޖޯރިޓީ ހޯދައި، އޭރުގައިވި އެގްރީމެންޓް 1 އަހަރުވީއިރު ކުރެވިފައެއް ނުވޭ. ރައްޔިތުންނަށް ވަޢުދުވެ، އެ ވަޢުދު ނުފުއްދިއްޖެ ނަމަ، މި ވެރިކަމުގެ ސިއްކަ ޖެހޭނެ. އެ ވެރިކަން މިއޮތީ ޣަރުބަގަތް އިރު، ބައިގެން ގޮސްފައި. މިވެރިކަން މިދަނީ ނިމެން." ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ އޭނާއަށް މިހާރު ފެންނަނީ މީގެ 7 އަހަރު ކުރިން ވެރިކަމަށް އައި ޑރ. ވަހީދުގެ ސަރުކާރުގައި ފެނިގެން ދިޔަ މަންޒަރު ކަމަށެވެ.

"އޭރުގައިވެސް އަޅުގަނޑުމެން ޕީޕީއެމް އާއި ޑީއާރްޕީގެ މަދު މަޖިލިސް މެމްބަރުން ކޮޅެއް އެ ވެރިކަން ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންދިޔަ. ރާއްޖޭގެ ރަށްތަކަށް އަންނަ ކުރިއެރުމެއް ނެތް. މިހާރު އިބްރާހީމް މުހައްމަދު ޞާލިހު އަކީ ހަމައެކަނި އިންތިޚާބުވެފައި ހުރި ރައީސް އެއް. އެއްވެސް ބަދަލެއް ނާދޭ. ރައްޔިތުންގެ އަތްމަތި ދަތި ވެއްޖެ." ޓޮމްރޭގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ސަރުކާރު ޒިންމާދާރު ކުރުމުގެ ގޮތުން ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޮމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަކީ ވެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ އުއްމީދެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން، މިހާރު ރައީސް ޞާލިހުގެ ފަރާތުން ފެނިގެން ދަނީ މީހަކަށް އެމީހަކު އުއްމީދު ނުކުރާ ކަމެއް ލިބުނީމަ "ވެރީ، ވެރީ ހެޕީ" ވެގެން އުޅުއްވާ ތަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަހާދުރު

    އެއްވެސް ގައުމަކުން އެކައްޗެއްވެސް ނުލިބެ ދެންފޮނިވާހަކަ ދައްކަނީ ލޯކަލްއިންތިހާބު ލިބޭތޯ
    މިސަރުކާރަކައް އެއްވެސް ކަމެއްނުކޮއްދެވޭނެ ދެން އެއުޅެނީ އަނެށްބަޖެޓް ކާލަން

    28
    8
  2. ހަންއަސް

    ދީނައް ކުރާ ފުރައްސާރައިގެ އިސްސަފުގަޔާއި އަދި އެންމެ ގުރާސްރޫޓުގަ ތިބީ މި ސަރުކާރައި އެމްޑީޕީގެ މީހުން. މިއީ އެެއްވެސް ޝައްކެއްނެތް ކަށަވަރު ކަމެއް. މި ސަރުކާރު ނައްތާލައިގެން އަދި ފޮހެލައިގެން މެނުވީ ދިވެހި ރާއްޖޭގައި ދީނައްކުރަމުންދާ ސިސްޓަމެޓިކު ފުރައްސާރަ އާއި އިސްލާމީ ދީނީނީ ފިކުރު އަދި އަޙުލާގު ފޮހެލަން ހިންގާ ޕުރޮޕަގަންޑާ އާއި ސަރުކާރުގެ އެތެރޭތިބެގެން އިސްލާމީ ވަހްދަތު ބަލިކޮއްލަން ކުރާ މަސައްކަތައް ހުއްޓުމެއް ނާންނާނެ. ފައިސާއާއި ދުނިޔެވީ މަންފާތަކުގެ ދަހިވެތިކަމުގައި އެމްޑީޕީއައް ތާއީދުކޮއްގެން ތިބި މީހުން މިކަމުގައި ބޮޑުތަނުން ފާފަވެރިނުވާނެ ހަމައެއްގޮތެއްވެސް ނެތް. އަދި ކައްވަޅުގަޔާއި އާޚިރަތުގައި ނިކަމުގެ ވޭންދެނިވި ހިތިރަހައާއި ބައްދަލުކުރަންޖެހޭނެ

    25
    6
  3. Anonymous

    އިންޝާﷲ ..އޭގެވެސް ކުރިން ބަދަލުވިއްޔާ ރަނގަޅީ. މިސަރުކާރަށް ވޯޓްދެވުނީތީ ސަހަރޯހީވޭ.

    36
    9
  4. ޝެޓީ

    މި ސަރުކާރަށް ވޯޓް ލީ ކުދިން ކޮޅު އަދިވެސް ވޯޓް ދޭތި، ދެން ތިބެންޖެހޭނީ މިކަހަލަ ގޮތަކަށް އެއްވެސް ކުރިއެރުމެއް ނެތްތާންގައި ދީނަށް ކުރަނީ ފުރައްސާރަ، އިސްސަފުގައި އެމްޑީޕީ ބޮޑުންތިބީ

    23
    6
  5. ބެއްޔާ

    އަސްލުވެސް އަތްމަތި ވަރަށް ދަތިވެއްޖެ. މިވެރިކަމަށް ވަރަށް ފޫހި ވެއްޖެ.

    24
    7
  6. ތޯރިގޫގޫ

    ބެއްޔާއަށް ބުނެލަން ޖެހެނީ އަތްމަތި ދަތިވަނީ ވިއްކާނެ ޑުރަގު ނުލިބޭތީތޯ ނުވަތަ ކައްނެއްކަމުން މަސައްކަތެއް ކުރަން ނުކުރޭތީތޯ ނުވަތަ ހަލާލުނޫން ފައިސާ ގެއައްވެއްދިކަމަށް އިޢުތިރާފުވީ ރުބޭލާއެކު ފައިސާ ގުނަން ކޮޓަރީގައި އުޅުނުކަމަށްބުނާ ކަލޭގެ އަތުން ނާޖާއިޒު ފައިސާ ފޮއްޗެއްވެސް ނުލިބޭތީތޯ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    14
    12
  7. ޓޮމް މޮޔަ

    ޓޮމް ކަލޭތިހުރީ ޔާމީނު ވައް ކަން ކޮއް ކޮއް މޮޔަވެފަ

  8. ހަލާކު

    ތިހެން ހަލާލްނޫންފައިސާއޭ ވަގޭ ދޮންކޭލޭ ފަޅޮލޭނުކިޔާ ގައުމުގަ އާމްދަނީއިތުރުކުރަން މަސައްކަތްކޮއްބަލަ ނިކުތްކޮންމެދިމާލަކުން ފެންނަނީ ކަކުލުހުޅުންވާގިނެތިފަ ތިބޭ ބައިވަރުގަނޑު ނޫނީފޭރޭ މީހުން މީތަ ތިކިޔާޖަޒީރާވަންތަކަމަކީ