މާލިއްޔަތު ގާނޫނު ބަދަލުކޮށް އެމްއެމްޕީއާރުސީއިން ބޮޑެތި ހިޔާނާތްތަކެއް ވެފައި ވާއިރު އެފައިސާ އަނބުރާ ދައުލަތައް ނުލިބޭނޭ ކަމަށް ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
2020 ގެ ބަޖެޓާއި ބެހޭ ގޮތުން މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު ވިދާޅުވީ މާލިއްޔަތު ގާނޫނު ބަދަލުކޮށް އެމްއެމްޕީއާރުސީ އިން ބޮޑު ވައްކަމެއް ކުރަން ރޭވިގެން ދިޔައިރުގައި އެކަން މަޖްލީހުގެ ސަމާލުކަމަށް ގެނެސްފައި ވާނޭ ކަމަށެވެ.
"އެދުވަހު ވެސް ބުނިން މާލީއްޔަތު ގާނޫނުގެ ކަންކަން ބަދަލުކޮށް އެމްއެމްޕީއާރުސީ އިން ބޮޑު ވައްކަމެއް ކުރަން ދިޔައީމާ ތި ދަނީ ނުބައި ދިމާލަކަށޭ." ޣަފޫރު ވިދާޅުވިއެވެ.
މިލިއަނުން ބިލިއަނުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތަށް ބޮޑު ގެއްލުމެއް ވެފައި ވާއިރު މި މައްސަލަ ހިނގީ މަޖިލީހުގެ ބައިވެރިވުމާއި އެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ 3 ބިލިއަނާއި 4 ބިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގި ގެއްލިފައި ވާއިރު އެފައިސާ އަނބުރާ ދައުލަތައް ނުވަންނާނޭ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"ނުބައި ދިމާލަކަށް ގޮސް ގޯޅި އަޅާއިފައި މި އޭޝިއާ ތެރޭގައި ނުހިގާ ވަރު ބޮޑު ވައްކަމެއް މި މަޖިލީހުން ހިނގާ ދިޔާއީ" ޣަފޫރު ވިދާޅުވިއެވެ.
ރައްޔިތުންގެ ފައިސާއާއި ލާރި ޒިންމާދާރުގޮތެއްގައި ބެލެން ޖެހޭނޭ ކަމަށާއި މިއަދު މަޖިލީހުގެ ބައެއް ބޭފުޅުން މިކަމުގައި ޝާމިލުވެ ހުރެ މަޖްލީހުގައި ވާހަކަ ދެއްކުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
2020ގެ ހަރަދަށްކަނޑައަޅައިފައިވާ 37.5 މިލިއަން ރުފިޔާއަކި އުމްރާނީ ތަރައްގީއަށާއި އާއިލާތަކުގެ ދުޅަހެޔޮކަމަށް އެންމެ އެކަށޭނޭ ބަޖެޓް ކަމަށް ޣަފޫރު ވިދާޅުވިއެވެ.
އަދި ދައުލަތުގެ މިފައިސާއަށް ރަނގަޅަށް ބަލާ ދައުލަތުގެ މުއަސަސާތަކުންނާއި ޒިންމާދާރުވެރިން އެލާރި ހަރަދުވާ ގޮތާއި ހުރިހާކަމެއް ރަނގަޅު ނިޒާމެއްގެ ތެރެއިިން ބަލަމުން ގެންދިއުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
"ރާއްޖޭގެ ކޮރަޕްޝަން މަދުކުރެވޭނީ މި ބަޖެޓްގެ 20 ޕަސެންޓް ސަލާމަތް ކުރެވިގެން" އޭނާ ވިދާޅުވިއެވެ.
މިކަން ކަން ކުރެވޭނީ ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިންނާއި ކުންފުނީގެ ބޯޑު މެންބަރުން އެކި ގައުމުތަކަށް ކުރާ ދަތުރުތައް މަދުކުރެވިގެންނާއި އޮފީސްތަކުގެ ފަރުނީޗަރތައް އަހަރަކު އެއްފަހަރު ބަދަލު ކުރުމުގެ ވިސްނުން ދޫކޮށްލައިގެން ކަމަށް ޣަފޫރު ވިދާޅުވެފައިވެއެވެ.
ލިބޭނީވެސް ކިހިނެއް! ކަލޭގެ ޕާޓީގެ ބޮޑުން ވަނީ އެތަކެތި ޙަޖަމްކޮށްފައި! ރިއާސަތުގައި އިން ކަލޭގެ ކޭވަރު މަދެއްނޫން! އަދި ކޮބައި އަނިޔާވެރި 3 އަހަރުން ދިރުވާލި 4.5 ބިލިއަން ރުފިޔާ! އެވެސް ދައުލަތަށް ހޯދަންއުޅެންވީނު!
ގުއިވަސްދުވާ ވާހަކަނުދައްކާ ބޭފުޅާ ހަނުހުންނެވުން އެދެން.. މމޕރސގެ ބައިސެންޓްވެސް ނުލިބޭމީހުން ތިވާހަކަދައްކަން ދޫކޮއްލަވާ... މަނިކުފާނު އިބުރާހިމު އަދީބުގެއިން ކުނިއުކާދިންއިރު ބަލަންހުރެ ކުނިކޮތަޅުގަ އެހީތެރިވެފަ ދެންކޮންވާހަކައެއް..
ކަލެއަށް ލިބުނު ބައި ދައްކާލާ. އެވަރު ކުރެވޭނެނު ކަލެއަށް.
އޭނަ އެބުނީ އެއިން އޭނައަށް ލިބުނު ލާރިގަނޑު ނުދޭނެ ވާހަކައެއްނު. ފަލަފަލަ ވަގެއް. ދޭނެތަ؟ ނުދޭނެ.
ހަހަހާހާ. އަދީބު އަތުން ފައިސާ ނެގި މީހުންނަށް އެނގޭނެ ނޫންތޯ އެމީހުންގެ އަތުން ދެން އެފައިސާ އަބުރާ ނުލިބޭނެކަން. ބުޅާ ގޯނިން ބޭރުވަނީތާ.