ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިންގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.

އެ މައްސަލަ ބަލަން ނިންމާފައި ވަނީ ފަސް ގާޟީންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޟީ އަލީ ރަޝީދާއި، ގާޟީ އަހުމަދު ޝަކީލާއި ގާޟީ މުހައްމަދު ސަމީރާއި ގާޟީ އަލީ އާދަމް އަދި ގާޟީ ހުސެއިން ފާއިޒް ރަޝާދެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔާމީންގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ މަނީ ލޯންޑްރިން ކުށުގެ ދައުވާގެ ޝަރީޢަތް އެއް ގާޟީއަކު ބެލުމުގެ ބަދަލުގައި ގާޟީންގެ ބެންޗަކުން ބަލައި ދިނުމަށް ޔާމީންގެ ފަރާތުން މައްސަލައިގެ އިބްތިދާއީ މަރުހަލާފައި އެދިފައި ވާނެކަމަށާއި އަދި މިހާރު ވެސް އެކަން އެގޮތަށް ހަމަޖެއްސުމަށް އެދޭކަމަށް ބުނެ ޔަމީންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން މައްސަލައިގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް ކޯޓުތަކުގެ ޤާނޫނުން ލިބޭ އިހްތިޔާރުގެ ދަށުން ޔާމީންގެ މައްސަލަ ބަލައި ނިޔާ ކަނޑައެޅުމަށްޓަކައި ބެންޗެއް އެކުލަވާލާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވެއެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް މިދިޔަ ހަފުތާގައި އިއްވަން ހަމަޖެހިފައި ވަނިކޮށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ހައިލަމް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ޔާމީންގެ މައްސަލަ ބަލަން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލިއިރު، އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބޮކި

    ތިޔަ ބެންޗު އެކުލަވާލިޔަސް ޔާމީން ކުއްވެރި ނުވާނެ އެއްވެސް ގޮތެއް ނެތްނ ؟

    15
    132
    • ބަޙުޘް

      ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ އ ގައި ބުނެފައިވާ ފަދައިން އެއްވެސް ޝައްކެއްނެތް މިންވަރަށް ތިމައްސަލަ ޝަރީޢަަތަށް ސާބިތުނުވާނެކަން، ލައިވް ކުރި ޝަރީޢަތަކަށްވާތީ، ޖިނާއީ ޤާނޫނު ދަންނަ ކޮންމެ ވަކީލަކުވެސް ޤަބޫލުކުރޭ. ހެކި ވަޒަންކުރުމުގައި ބަލާނެ ޕްރިސިޑެންޑްތައް މަތީ މަރްޙަލާގެ އެތަކެއް ޤަޟިއްޔާއަކުން ސާފުވޭ. މައްސަލަ ވަރައްސާފު.

      40
      2
    • ޖާބިރު

      މިހާތަނަށް ޝަރީއަތެއް ފެށިގެން ނިމެންދެން ލައިވްކުރި ހަމައެކަނިި ޝަރީއަތަކީ ޔާމީންގެ ޝަރީއަތް. މި ޝަރީއަތް ބަލައި އަޑުއެހި ކޮންމެ މީހަކަށް އެނގޭނެ ޔާމީންގެ މައްޗަށް ޤާނޫނު އަސާސީގައި ބުނާ މިންގަނޑަށް ކުއްސާބިތު ނުވާކަން.
      ދެން ޔާމީންގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭނީ ޤާނޫނުތައް ބާއްވާފައި އަންނި ބުނާގޮތަކަށް. އޭރުން ކުއް ސާބިތުވާނެ. އެކަން ނުވެގެން އެއުޅެނީ.

      38
      2
  2. ބަރުގޮނު

    މަސްއަލަ މިހާރުވެސް އޮތީ ހިގަހިގާ. ޙުކުމްކުރުމާ ދާދި ކައިރިވެފައި އޮއްވާ ނަޞްރުގެ ދުވަހު ވައިބަރ ގްރޫޕަކުން ފެނުނު ކާޓޫނު ފޮޓޯއަކާ ހެދި ޙުކުމް ލަސްވެއްޖެ. ޤާޟީއަކު ސަސްޕެންޑް ވެއްޖެ. ދޮގެކޭ ބުނަންވެސް ސަރުކާރު ހުއްޓުންއެރި ވާހަކައެއް ފެންމަތިވެއްޖެ. މިހާރު ދިގު ބޮޑު ބެންޗެއް ޖަހާ ވާހަކަ އެބަ އިވޭ.

    77
    3
  3. ތިނު

    ދެންބުނަންވީނު ތިމައްސަލަ ބެލޭނީ ހަމައެކަނި އަދުރޭ އަށޭ އެއިރުން ތިބޭނުންވާގޮތަށް ނިމިދާނެ؟

    10
    92
  4. ތެދު

    ﷲއެއީ އެއްމެމޮޅައް ދެނެވޮޑިގެންވާފަރާތް..އިންސާނުން ކިތައްމެވަރަކަށް ރޭވިޔަސް ބޭނުންހާގޮތެއް ނުހެދޭނެ....ﷲއަޅަމެއްނަށް ހެހޮވިސްނުންދެއްވާށި...
    އަދުލުވެރިބަޔަކުކަމުގައިލައްވާށި..

    44
    2
  5. ރޭޝް

    ތަންދޮރު ނުދަންނަމީހުން މިބާވަތުގެ ތެރެއަށް އަނގަބާނާތީއޭ ގައުމު ހަލާކުވެގެން މިދަނީ އަގނަނުތަޅާ މަޑުން ތިބެބަލަ. އަދުލަކީ ކޮބާ ؟ އިންސާފަކީ ކޮބާ ؟ މި ދެސުވާލަށް ނިކަން ޖަވާބުދީބަނަ ތި ކޮމެންޓް ކުރާމީހުން.

    15
    1
    • ހހހހ

      އަދުލުގެ ނަމަކީވެސް އިންސާފުގެ ނަމަކީވެސް "ނަޝީދު". ސާފު؟

      21
      1
  6. މޭން

    އަލްހަމްދުﷲ ދުޢާއަކީ ތި ޔާމީނު ދެން އަވަހަށް ޖަލައްލުން.

    7
    84
    • ދަލޫފް

      މޭންގެ ކޮމެންޓްގެ ލައިކްސް އާއި ޑިސްލައިކްސް ބަލާލީމަ އެއްޗެއް ފަހުމުވާނެ ކަމަށް އުއްމީދުކުރަން

      12
  7. ގަންޖާބޯ

    ދީބާޖާ، ބޮޑުމޮހޮރާ..... ވަގު "ބަދަލު" ޔަމް ޔަމް. އަހަރުމެން ލާރި އެއްކުރީ ކަމަކު.

    10
    2
    • ހަހަހަ

      ކިތަންމެ ދިގު ބެންޗެއްވެސް ހޯދިދާނެ ދޯ؟ ގަދަ ކަލޭ.

      1
      1
  8. ޖަމީލް

    އެމްޑީޕީ އެކްޓިވިސްޓުންނަކީ ކުށްވެރި ނުވިޔަސް މީހުން ޖަލަށް ލަމުން އުޅޭބައެއް. އިސް ޤާޒީ ވެސް ގޭގައި ހުއްޓާ އެއްވެސް ކަމަކާ ނުލާ އެއްވެސް ކުށެއް ނެތް އިރުގައި ވެސް ގޮސް ކޮންމެސް ތަނެއްގައި ފޮރުވާލީ.

    31
  9. ނަރީ

    މި ފެންނަނީ ފަހުޒަމާނުގެ އަލާމާތް ބާ

    15
  10. ކާމްޗޯރު

    ބަލަ މާކުރިންވެސް އެދިފައޭ އޮތީ ޝަރީއަތް ފަނޑިޔާރުންގެ ބެންޗަކުންބަލާދިނުމައް ކީއްވެ އޭރުއެގޮތައް ކުރިއައްނުގެންގޮއްސަ މިހާރުގެންދަން ތިއުޅެނީ ސާބިތުނުވާނެތީތަ ނޫނީ ޕްރެޝަރު ބޮޑުވީތަ އެހެންވާނީ ނުފޯރާފޮތިން ފޮށާއަންނަންއުޅެންޏާ ދެން ޖަލައްޙުކުމް ކުރިޔަސް އަހަރެމެން ޤަބޫލެއްނުކުރާނަން އެއީސައްހަޙުކުމެއްކަމަކައް

    26
  11. ފެމެލީ

    އަހަރެންވެސް ބޭނުން އަހަރެން ބައްޕަގެ މައްސަލަ ބަލަން ފަނޑިޔާރުންގެ ބެންޗަކާ ހަވާލުކުރަން. ޔާމީނުއާ، އަދީބުއާ، އަންނިއާ، އިބޫއާ، ގާސިމުވީމަ ބޭނުން ގޮތަކަށް ވަކި ހާއްސަ ގޮތަކަށް ގެންދިއުމުގެ ހުއްދަ ދެވިގެން ނުވާނެ.

    7
    4
  12. އަލްޖިބްރާ

    ބެންޗެއް ނޫން އަތްގަޑުލީ ގޮޑިއެއް ބެހެއްޓިއަސް ޔާމީނަށް މަނީލޯންޑްރިން ގެ މައްސަލައިގާ ހުކުމެއް ނާންނާނެ ގޮތެއް ނުހެދޭނެ !

    3
    12
  13. އައްޔު

    ފުރަތަމަ އެދުނު އެދުމަށް އިޖާބަނުދީ ކުރީގެ އިސްގާޒީ ސަސްޕެންޑް ކުރުމަށްފަހު ބެންޗެއް އެކުލަވާލުމުން ސުވާލުއުފެދޭ ލިޔެފައިއޮތް ހުކުމެއް އަޑުއިއްވުން ނޫން ކަމެއް ނުކުރާނެ ތިމީހުން ކޯޓުތަކުގެ ފަޑިޔާރުންގެ ވިސްނުން މިއޮތީ މަތީ ދެކޯޓު އެބައޮތޭ ތިމަންނާމެން ކުރާނީ ހުކުމޭ މިގޮތް އެބަޖެހޭ ބަދަލުވާން ދެން އޮތީ ޝަރީއަތުގެ ވާހަކަ ކުޑަކުއްޖާވެސް ބުނާނެ ސާބިތުނުވޭ
    އެންމެ ޕޮއިންޓެއް ބުނެލާނަން އެބުނާ ވޮޑެމުލާގެ ޗެކު އެސްއޯއެފް އެކައުންޓަށް ޖަމާނުވަނީސް ޔާމީނު އެކައުންޓަށް އެއްޗެކު ޖަމާވެއްޖެ މިވަރުން ސާބިތުވޭ ބުނެފިއްޔާ އަހަރެެމެން ގަބޫލުކުރާނީ ރަންރީނދޫ ކޯޓު