އުމުރުން ދުވަސްވީ މީހަކު ދަން ޖެހިއްޖެއެވެ.
އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ޅ.އަތޮޅު ނައިފަރުންނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."
އަމިއްލަ އަށް މަރުވަނީ ނަފްސާނީ ވެގެނެއް ނޫން. ހިސާބަށް ވުރެ އީމާންކަން ބަލިކަށިވީމަ
ދަންޖެހުމުގެ ސީޒަން ދޯ
މިއީ ވަަރަށް ދެރަ ކަމެއް.
ނޫސްތަ ކުގަ ލިޔާވަރަ ކަށް ތި ކަން ދާނެހިގަމުން
އީމާންތެރިކަން ނެތީ..
އަހަރެން ހިތަށް އަރަނީ ކީވެބާއޭ މި ދީނަށް ފުރައްސާރަ ކުރާ މީހުން ދަން ނުޖެހެނީ.. މި ގައުމުގަ ދީނަށް ފުރައްސާރަ ކުރާ ކޮންމެ މީހަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ސަރުކާރުން ނިންމާފަ ވިއްޔާ ތިބެނީ
ފާފަތައް ކުރުން ގިނަވެއްޖެ...
ދަންޖެހޭ ވާހަކަ ޚަބަރުގައި ގެނެސްދޭ ލެއް އިތުރުވާވަރަކަށް ދަންޖެހި މަރުވާ މީހުންގެ އަދަދު މޫސުމެއްގެ ސިފައިގައި އެކަމެއް ހިނގާ އަހަރެއްގައިނަމަ އިތުރުވެގެން ދޭ. އެހެންކަމުން، މިކަހަލަ ޚަބަރުތައް ރިޕޯޓްނުކުރުން އެދެން. ކުރާނަމަވެސް، "އަމިއްލެއަށް މަރުވިކަމަށް ބެލެވޭ މީހެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނަކަމަށް، ނުވަތަ ރިޕޯޓްކޮށްފިކަމަށް" ބުނެވިދާނެ. ނުވަތަ ފުލުހުން ޝައްކުކުރާ ކަމެއް އުޅެގެން ބޮޑު ތަހުގީގެއް ފަށައިފިނަމަ އެ އެންގަލުންވެސް އެޚަބަރު ގެނެސްދެވިދާނެ. އެހެންނޫނީ، ރަނގަޅީ މިފަދަ ޚަބަރުތައް ނޫސްތަކުގައި ނުޖެހުން.