އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ދިފާއުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިން ތެދުވެ ވާހަކަފުޅު ދައްކަވައިފިއެވެ.

ޝެއިޚް އިލްޔާސް މިގޮތަށް ވާހަކަ ދައްކާފައިވަނީ ޖޫޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުއްތަމަ ފަނޑިޔާރާއި ގުޅޭ ގިނަ ސުލޫކީ މައްސަލަ ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ. ޖޭއެސްސީ އިން އުއްތަމަ ފަނޑިޔާރާއި ޑރ އަހުމަދު އަބްދުﷲ ދީދީ އާ ގުޅޭގޮތުން ބަލަމުން އަން މައްސަލަތަކަކީ ގާނޫނީ އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ކަމަށް ބުނެ އެކުލަވައިލި ރިޕޯޓްގައި ހިމެނޭ މައްސަލަތަކެވެ.

އުއްތަމަ ފަނޑިޔާރު ދިފާއުގައި ތެދުވެ ޝެއިޚް އިލްޔާސް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކަމުގެ އިލްމު ލިބިފައިވާ ގާބިލް، ގުރުއާން ހިތުދަސް އަދި ޝަރީއާއިން ޕީއެޗްޑީ އޮތް ބޭފުޅަކު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

"ކަމުގެ އިލްމު ލިބިފައިވާ ގާބިލް، ގުރުއާން ހިތުދަސް އަދި ޝަރީއާއިން ޕީއެޗްޑީ އޮތް ބޭފުޅަކު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވުމަކީ ވަރަށް ބޮޑު ފަޚުރެއް" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވަނީ ޝަރުއީ އިލްމު ލިބިފައި ނުވާ ބަޔަކު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ގެނައުމަކީ ކޮންކަހަލަ ކަމެއްތޯ އަހައި ސުވާލު އުފައްދާފައެވެ. އަދި އިލްޔާސް ވަނީ ދިވެހި ރައްޔިތުން އެކަމާއި މެދު ވިސްވުމަށް ދަންނަވާފައެވެ.

"އެފަދަ ބޭފުޅަކު މަގާމުން ވަކިކޮށް ޝަރުއީ އިލްމު ލިބިފައި ނުވާ ބަޔަކު އެ މަގާމަށް ގެނައުމަކީ ކޮންކަހަލަ އިންސާފެއްތޯ؟ ރައްޔިތުން މިކަމާ މެދު ވިސްނަވާ" އިލްޔާސް ކުރެއްވި ޓްވިޓުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ރައްޔިތުން

    ގައުމުގެ ބޮޑު ހިސާބުން އަދުލެއް ނެތް ކަން މިއިން މި އެގެނީ

    70
    3
  2. އިބްރާހީމު

    ރައްޔިތުންތޯ ވިސްނަންވީ ނުވަތަ ސުންނަތުން ވާރިދުވެފައިވާ ސިފަފުޅުތައް ހުންނަ ވެރިޔެކޭ އިބޫއަކީ ބުނެގެން ރައްޔިތުން ގުނބޯހެއްދި މީހާތޯ ވިސްނަންވީ؟ އަޖައިބު އަންތަރީސް.

    120
    5
  3. ސުރައްޔާ

    ތިހާހިސާބުން ތިކަން ނިންމާލާ! ކަލޭގެ ކަމަކީ މި ސަރުކާރު އިސްލާމްދީނާ ޚިލާފްވާއިރުވެސް ބަހެއް ބުނެލާފަ "އެއީ ބޭބެ އެހެން ބުނި އެއްޗެއްނޫނޭ" ސަރުކާރުގެ އިސްވެރިޔަކަށް ފޯނުން ގުޅާފަ ހަނު ހުރުމެވެ. އޭގެ ފަހުން އެ ބުނެވުނު ބަހުގެ ކައްފާރާއެއްގެގޮތުގައި ވެރިމީހައަށް ސަނާގެ އަޑެއް އިއްވާލުމެވެ. ނަގޫފިތި ، ފިލްމުކުޅުވާފަ ތިބޭ މީހުން އުޅޭގޮތާ ކަލޭގެ އުޅުމާ ތަފާތެއް ނެތެވެ.

    95
    1
    • ހެހެހެ

      ސަތޭކައިގެ ކޮމެންޓެއް.

      77
      1
  4. އަހަރެން

    ދެން ދިވެހިރާއްޖޭގެ ރައީސްކަމަގެންނަން ރަގަޅީ ކޮންކަހަލަ މީހެއްތޯ ބުރާންތި ކަލޭ އެންމެރަގަޅީ ތިހެންބުނަން

    64
    2
  5. އަހަރެންތަ

    ދެން ދިވެހިރާއްޖޭގެ ރައީސްކަމަގެންނަން ރަގަޅީ ކޮންކަހަލަ މީހެއްތޯ ބުރާންތި ކަލޭ އެންމެރަގަޅީ ތިހެންބުނަން

    38
    2
  6. ކަންނެލިއޮޑި

    ކަލޭ ތެދުވާނެ ކަމެއް ނެތް. ކަލޭ އިށީނދޭ. އެމްޑީއެންއަށް ހޭހަންކުރޭ. އަހަރުމެން ގައިކޮޅުގައިގާ.

    65
    1
  7. ރަންގޮމާ

    ޤުރުއާނާއި ހުރިހާ އެއްޗެއް ހިތުދަސްވެހުރެ ފައިސާގެ ދަހިވެތި ކަމުގައާއި އިއްޒަތާއި ކަރާމާތަށްޓައި އިންސާފުން އެއްކިނބާވެހުރެ އިންސާނުންގެ މައްޗަށް ކޮންމެ ފަދަ ޙުކުމެއް ނެރުނަސް އޯކޭތޯ މަނިކުފާނޫ! 1 ފެބްރުއަރީގެ ޙުކުމުންވެސް އެހެރީ ސާބިތުވެ ފެންނަން.

    49
    3
  8. ހިޔާލް

    ކކިތަމެ މޮލަށް ކިޔެވިޔަސް ޖާހިލަ ކަވެދާނެ.ޖާހިލަ ކަ ވަނީވެސް ތިމާއަމިއްލަޔަ.ދީނުގެނަމުގަ ފިތުނަ ނޫފަދަވާ.

    24
  9. އަލީބަލީ

    ކިޔެވިއެއްޗެއްގެ ބޭނުން ނުހިފާ މީހަކަށްވުރެ ނުކިޔަވާ ހުރި އަދުލުވެރިއެއް މާ ރަގަޅު.

    26
    2
  10. ބެއްޔާ

    ކަމުގެ އިލްމު ލިބިފައިވާ ގާބިލް، ގުރުއާން ހިތުދަސް އަދި ޝަރީއާއިން ޕީއެޗްޑީ އޮތް ބޭފުޅަކު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވުމަކީ ވަރަށް ބޮޑު ފަޚުރެއް" އިލްޔާސް ވިދާޅުވިއެވެ. އެޖެންޑާ19ގެ ބޭނުމަކީ އިސްލާމީ އިލްމުގެ އެއްވެސް މީހަކު މިގައުމުގެ ކޯޓެއްގައި ފަނޑީޔާރުކަން ނުކުރެވޭ ގޮތްހެދުން. މިގައުމުގަ އޮތް އިސްލާމްދީން ފުނޑާލުން. މިކަން ނޭގެނީ އިލްޔާސްމެންނަށް އަހަރެމެން މިތިބީ ހޭލާ. ދީނީ ޢިލްމްވެރިން މިކަމާމެދު ވިސްނާ ރައްޔިތުންނަށް މާކުރިންވެސް ވިސްނޭ. ރައްޔިތުން ވިސްނަށް އިލްޔާސް ބުނީތީ ހައިރާންވޭ.

    39
    1
  11. ރާޅު

    މިކަލޭގެ އަދި ޔާމީން ސަލާމަތް ކުރަންވެސް ނުކުންނާނެ !

    27
    4
  12. ޝައްފަ

    މީ އަޅެ އެއްޗެއް ކެވިފަ ހުރި މީހެއް ތަ ؟

    13
    1
  13. ހިސެން

    މިވާ ހުރިހާ ކަމެއްގަ އަހަރުމެން ވަރައްވިސްނާ ގޮތް ނިންމައިގެން މިތިބެނީ. ބޯވެސް، އަތްވެސް ދެފައިވެސް ބާނަނީ، ބިރުދައް ކައްނީ، ތިޖޫރީ ހުސްވަނީ، ދަރަނި އަތްނުފޯރާ ފަށައް އެރީ، އަވައް ޓެރި ގައުމެއްގެ އުނގައްވެއްޓި ފަހަތު ފަޔައް ބުރަވެ ނިމުނީ. ދީނެއް އެހެން ކަމެއް ނެތް ހުރިހާ ކަމެއް ހަމަ ހަމަ. އެވަރު ވެގެންދިޔަ އިރުވެސް ކައުންސިލޭ ބާރޭ ކިޔަ ކިޔާ އެޖައްސާމަޅީގެ ބޭނިފަ ތިތިބެނީ. އަހަރުމެން ގޮތް ނިންމައިފިން ދެންއޮތީ ސޭހުމެންގެ އިހްލާސް ތެރި ކަމެއް.

    15
    1
  14. ފާއިޒް

    ކޮން ވާހަކަ އެއް ދައްކާކަށް މި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލުމުގެ އެންމެ ބޮޑު އެއް މޭސްތިރި އަކީ ކަލޭ... މި ކަމުގެ ޒިންމާ ކަލޭވެސް ނަގަން ޖެހޭނެ...

    14
    2
  15. މުންނަ

    ޝެއިޚް އެވެ. ފަޚުރަކަށްވާނި ލިބިފައިވާ ސެޓްފިކެޓަކުން ނޫނެވެ. އަހަރެމެންނަކީ އެމަނިކުފާނު ކައިރީގައި އެނބުރޭމީހުނީމެވެ. އެވިދާޅުވާ ޕީއެސް ކަމަނާ ވިދާޅުވާ ކޮންމެ އެއްޗަކީ އެމަނިކުފާނަށް ހަމަ އަލިފެއްހައި ތެދުވާހަކައެވެ. އަހަރެމެން ކުދިކުދި ފަނޑިޔާރުންނަށްވެސް ދަސްވެފައިވަނީ ޝަކުވާއެއް ހުށަހެޅިއްޖެނަމަ ކަމުގެ ދެކޮޅު ބަލައި ޑިސިޝަން ނެގުމަށެވެ. ނަމަވެސް ތިޔަ ވިދާޅުވާ ޤުރުއާން ހިތުދަސް ޑރ އަކީ އެފަދަ ހިތްވަރެއް ދައްކާފައިވާ ބޭފުޅެއް ނޫނެވެ. ފަޚުރަކީ ލިބިފައިވާ ސެޓްފިކެޓަކުން ނުވަތަ މީހާގެ ބޭރުފުށަކުން ލިބިގެންދާ އެއްޗެއް ނޫނެވެ.

    6
    2
  16. ޢަލީ ޒަރީރު

    މަނިކުފާނު ދިވެހިން ކައިރީގައި އާދޭސް ދަންނަވައިގެން ގެނައިސަރުކާރު މިގައުމުގެ ދީނާއި ފަޑިޔާރުގެ އާއި މިނިވަންކަން ދުއްވާލާފި. މިކަންކަމާ މަނިކުފާނު ވިސްނަވާ ދިވެހިން ވިނާނެކަމެއްނެތް. ޥަރަށް ސަލާމް

    4
    1
  17. މުއްތު

    އިލްޔާސް އާއި ބެހޭ ކަންކަމާއި ބެހުމަށް ހަނދުމަފުޅުއަރުވަން އެހެންނޫނީ އިލްޔާސްއަށް ފާޑުކި
    ޔަންޖެހިދާނެ

    1
    1
  18. ތުބުޅި ސުޖާ

    ޔާމީން ގެ ވެރިކަން ދިފާޢުކޮށްދީ އަމިއްލައަށް ސޮއިކޮށް ނެރުނު އަމުރު އަމިއްލައަށް ކެންސަލްކޮށް ޤާނޫނީ ޢަދަދު ހަމަނުވާ މަޖްލިސް އަކުން ފާސްކޮށް ޔާމީން ބުނި ހުރިހާ ގޮތަކަށް ކަންތައްކޮށްފައިވާ ތަޖުރިބާއެއް ނެތް އުއްތަމަފަނޑިޔާރެއް. ދއން އިލްޔާސްކީ ފަހެ އުޑުން ފެއިބި ބޭފުޅެއްތޯ އިލްޔާސަށް ތިހެން ހީވީމަ ދެން ތިބި ހުރިހާ މީހުން އިލްޔާސަށް ހެއްލެން

    1
    2
  19. ހަސަން

    މިހާ މީހަކަށް ވަނީ އެމީހަކު ކިޔެވި ޔުނިވާސިޓީ އަކުން, އަތުގައި އޮތް އިލްމީ ފާހަކުން ނޫން. ލިބިފައިވާ އިލްމެއް ހެޔޮގޮތުގައި ހިފާ މީހާ. އުއްތަމަ ފަނޑިޔާރު އިސްލާމީ ޝަރީއާ އުނގެނި ވަޑައިގެން ހުންނެވިކަން އެނގެނީ އަތްޕުޅުގައި އޮތް ސެޓްފިކެޓުން އެކަނި, ޢަމަލު ފުޅުން އިސްލާމީ ޝަރީޢާ ނޭގޭ މީހަކަށްވުރެން ކުރައްވާފައި ހުރި ހުކުމް ގޯސްކަން ހަމަ ޝެއިޚަށް އެނގިވަޑައި ނުގަންނަވަނީތޯ

    1
    1
  20. ތުބުޅި ސުޖާ

    ގުރުއާން ހިތުދަސް އަދި ޝަރީއާ އިން ޕީއެޗްޑީ އޮތް ބޭފުޅެއް ނަމަވެސް ނިންމަވާފައިވާ ހުކުމްތައް އިލްޔާސް ދިރާސާކޮށްލެއްވުމަށްފަހު އެއްޗެއް ވިދާޅުވުން ރަގަޅެވެ. ގުރާން ހިތުދަސްވުމަކީ އަދި ޝަރީޢާއިން ޕީއެޗްޑީ އޮތުމަކީ އެމީހު މާތްވާން ޖެހޭ ސަބަބެއް ނޫނެވެ. އެންމެ މާތް މީހަކީ ކާކުތޯއެވެ. ތަގުވާވެރި މީހާއެވެ. މާތް ﷲ ގެ ހަޟްރަތުގައި އަދުލަށް ހުކުމް ނުކުރާމީހާގެ ހުކުމަކީ ކޮބާކަންވެސް އިލްޔާސަށް ރަގަޅަށް އެނގޭނެއެވެ

  21. ެުފެދެސާ

    ލިބިފައިވާ ޢިލްމާއެއްގޮތަށް ޢަމަލު ނުކުރިޔަސް ހެޔޮތޯ؟ 5 ފަނޑިޔާރުން އިއްތިފާޤުން ނެރުނު ހުކުމް ދެތިންދުވަހުތެރޭ ހަމައޭގެތެރޭން 3 ފަނޑިޔާރުން ވެގެން ބާތިލުކުރުން ކިހެނެއްތޯ ބަލައިގަންނާނީ. އެހެންވެ މިދައްނަވަނީ ޙުލުމްތައް ހިތުހުރިގޮތަކަށް ނެރުމުން އެ މައްސަލަ ބަލަންޖެހެޔޭ! މިދުވަސް އަންނާނެކަން ހަނދުމަ ނެތުނީތޯ؟

    1
    1
  22. ޢަބްދުﷲ

    ފުލުހުންނަށްވެސް އެއްޗެއް ވިސްނެއްވެއްޖެއެވެ. ސިފައިންނަށްވެސް އެއްޗެއް ވިސްނެއްވެއްޖެއެވެ.

  23. ބޮލި މުލައް

    ޢިިލިޔާސަކީި ވ ލަދުކުޑަ މީހެއް. ދެން ރައްޔަތުންގެ ލޮލުގަ ކޮން އަނދުނެއް އަޅުވާކަށް.