ރައްޔިތުންގެ މަޖިލީހުގައި އަލްކަހޯލް(ރާ)ޓެސްޓު ކުރެވޭ ނަމަ، ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީ ވައްކަމުގެ ޖެހިފައިވާ މީހުން ޓެސްޓުކުރެވޭ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަސް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރުގެ ބަޖެޓާއި ގުޅިގެން ބަހުސްކުރައްވަމުން ގެންދަވަނިކޮށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ނިޒާމީ ނުކުތާ ނަންގަވައި، މަޖިލީހުގައި "ޑޯޕް" ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ ޖާބިރު އަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގައި ރާވިއްކުން މަނާކުރުމަށް "ފާޑުފާޑުގެ" ގަރާރުތައް ހުށަހަޅާ ކަމަށާއި އެހެން ނަމަވެސް ފުރަތަމަ މަނާކުރަން ވީ މަސްތުގެ ހާލަތުގައި މަޖިލީހަށް ވަނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައި ވަނީ މަޖިލީހުގައި ތިބޭ މެންބަރުންނަށް ދުވާ "ނުބައި މުޑުދާރު ވަހުން" ތިބެވެން ނެތް ކަަމަށެވެ.

މިކަމާއި ގުޅިގެން ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އަލްކަހޯލް ޓެސްޓް ހެދޭނެ އިންތިޒާމް މަޖިލީހުގައި ހަމަޖައްސާ ކަމަުގައި ވާނަމަ، މަޖިލީހުގެ ދޮރުމަތީގައި އެމްއެމްޕީއާރުސީ ވައްކަމުގައި ޖެހުނު މީހުންނާއި އެއްޖިއްސުން ގުޅުން ހިންގާ މީހުން ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސަން ޖެހޭ ކަމަށެވެ. ނަމަވެސް އެޓްވީޓު ޖާބިރު ވަނީ މިހާރު ޑިލީޓު ކުރައްވާފައެވެ.

އެމްއެމްޕީއާރުސީ ވައްކަމުގައި ޖެހުނު ކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ނާޝިޒްގެ އަނބިކަނބަލުން ރޮޒައިނާ އާދަމަށް ޖާބިރު ވަނީ އެތައް ފަހަރެއްގެ މަތިން ތުހުމަތު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތިމާވެހި

    ކަލޯ ހާދަވަރެކޭ ތި އަރަނި އަލްކަހޯލް ޓެސްޓްކުރާ ވާހަކަ ބުނީމަ!

    10
    1
  2. އަންޒަލީ

    ބުނާނެ އެއްޗެއް ނެތް. އަމިއްލަ ކުށް ފޮރުވަންވެގެން އެހެން މީހުންގެ ބޮލުގަ އިލްޒާމުތިއަޅުވަނީ. ޖާބިރުގެ ހުރިހާ ޓެސްޓެއްވެސް ހަދަންވީ ޕްރެގްނެންސީ ޓެސްޓްވެސް އ

    12
    2
  3. އަހަންމައިދީ

    ޖަޖަޖަޖަޖަޖަޖަޖަޖަޖަޖަ..........ޖާބިރޫރުރުރުރު
    މޑޕ ގެ ނިގަ
    އައްޗި ވެރިކަން!!!!!!