މަސްތުގެ ހާލުގައި ފެރީ ދުއްވި މީހާގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި މީސް މީޑިއާގައި ވަނީ މަސްތުގެ ހާލުގައި ހުރި މީހަކު ފެރީއެއް ދުއްވަނިކޮށް ވީޑިއޯ އެއް އާއްމުވެފައެވެ.

އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެފެރީގެ ކެޕްޓަން ހުރީ މަސްތުގެ ހާލުގައެވެ. އަދި އޭނާ ކޮޅަށް ހުރި އިރު އޭނާގެ ފައިގައި އެއްވެސް ކަހަލަ ވަރެއް ނެތި ވަނީ ހަށިގަނޑު އެއްކޮށް ގުދު ވެފައެވެ. އޭނާ ވަނީ ފެރީގައި މަސްތުގެ ހާލުގައި ހުރެ ސިނގިރެޓް ބޯން ހުރެފައި އެ ސިނގިރޭޓް މޫދަށް އުކާލާފައެވެ. ބައެއް ފަރާތްތަކުން މީސް މީޑިއާގައި ބުނަމުން އައީ އެއީ އެއާޕޯޓުގެ ފެރީއެއް ކަމަށެވެ.


ފުލުހުން މި މައްސަލައާއި ގުޅިގެން ބުނެފައިވަނީ އެ ފެރީ ދުއްވަން ހުރި ކެޕްޓަން އަކީ ކާކުކަން އެނގިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. މިކަމަކާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަރީބު

    ވަރަށް ޖަޒީރާ ފެރީ ދުއްވުމެއް. ދެން މިކަމަށް ވެސް ޕްރިންސިޕަލެއް ހޯދަމާ... ކައްޕިއަށް އަންގާ 200 ފަހަރު "ޖަޒީރާކޮށް ނޫންނީ ފެރީ ނުދުއްވާނަން" މިހެން މާފަންނު ސްޓޭޑިޔުމް ފާރުގައި ވަށައިގެން ގޮބޮޅިއަކުން ލިޔަން.

  2. ޙަރީބު

    ވަރަށް ޖަޒީރާ ފެރީ ދުއްވުމެއް. ދެން މިކަމަށް ވެސް ޕްރިންސިޕަލެއް ހޯދަމާ... ކައްޕިއަށް އަންގާ 200 ފަހަރު "ޖަޒީރާކޮށް ނޫންނީ ފެރީ ނުދުއްވާނަން" މިހެން މާފަންނު ސްޓޭޑިޔުމް ފާރުގައި ވަށައިގެން ގޮބޮޅިއަކުން ލިޔަން..

  3. ސަޓޯ

    ޓުވީޓަރު ހަމީދު ޓުވީޓަކުން މައްސަަލަ ނިންމާލާނެ

  4. މަންޖެ

    "މަސްތުގެ ހާލުގައި ހުރެ ސިނގިރެޓް ބޯން ހުރެފައި އެ ސިނގިރޭޓް މޫދަށް އުކާލާފައެވެ" ރަނގަޅަށް ވިޑިއޯ ބަލާބަލަ. އޭނަ މޫދަށް އަޅިކަނޑާލީ. ސިނގިރެޓް އެއޮތީ އަތުގައި.