ވަޒީފާގެ ބިރުވެރިކަން އޮތުމުން އައްޑޫ ޕަބްލިކްސް ވޯކްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ސިޓީ ކައުންސިލަށް ގޮސްފިއެެވެ.

އައްޑޫ ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރަމުންދާ ނަން ހާމަނުކުރުމަށް އެދޭ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މައްސަލަ ހޫނުވެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް ބަދަލު ވުމަށް ޕްލޭނިން މިނިސްޓްރީ އިން އަންގާފައިވާކަމުން ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީ އިން އެދިފައިވާ ގޮތަށް ސިވިލް ސާވިސްގެ ދަށަށް ބަދަލުވެއްޖެ ނަމަ މިހާރު ޕްބްލިކް ވޯކްސްގައި މަސައްކަތް ކުރަމުން ދާ މީހުންނަށް ލިބޭ އާމްދަނީ އެއް ނުލިބޭނެ ކަމަށާއި، އަދި 55 އަހަރުން މަތީގެ މީހުން ވަޒީފައިގައި ނުބައިތިއްްބާނެ ކަމަށް އޭނާ ކިޔައިދިނެވެ. އެހެން ކަންކޮށްފި ނަމަ އެމީހުންގެ ތެރެއިން 19 މީހުން ރިޓަޔާ ވާނެ ކަމަށް އޭނާ ބުންޏވެ.

"މިހާރު ވާގޮތަކީ މިނިސްޓްރީ އެބަ ބުނޭ ފޯމެއް ފުރަން. އެކަމަކު އެފޯމު ފުރައިގެން ސިވިލް ސާވިސް އަށް ބަދަލުވެއްޖެ ނަމަ މިހާރު އަހަރުުމެންނަށް ލިބޭ އާމްދަނީ އެއް ނުލިބޭނެ. އެހެން ވެއްޖިއްޔާ ކިހިނެއް އަހަރުމެންގެ އަނބިދަރިން ބަލަހައްޓަނީ. އަދި އޭގަ އެބަ އިނދޭ 55 އަހަރުގެ މީހުން ވަޒީފާއިން ވަކި ކުރާނެ ކަމަށްވެސް. އެހެން ވެއްޖިއްޔާ 19 މީހެއްގެ ވަޒީފާ އެބަ ގެއްލޭ" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ސަރުކާރުން މިފަދަ ނިންމުން ނިންމާއިރު އާންމު ފަގީރު މަސައްކަތްތެރިންނާއި މެދުވެސް ވިސްނަން ޖެހޭ ކަަމަށެވެ.

އައްޑޫ ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރަމުންދާ 124 މުވައްޒަފުންގެ ކޮންޓްރެކްޓް މިހާރު ވަނީ ހަމަވެފައެވެ. ނަމަވެސް އެއިން އެކަކުވެސް މިހާތަނަކަށް ޕްލޭނިން މިނިސްޓްރީ އިން ބުނާ، ސިވިލް ސާވެންޓުންގެ ފޯމު ހުށަހަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމީ

    މީ އައްޑޫ މީހުނަށް ހައްގު މިންވަރު ކަން އިއްޒައްތެރި ރޮޒޭނާ ވިދާޅުވެފަ ވަޒީފާއިން ވަކި ކުރަންޖެހޭ ކަމަށް މަޑުމަމަޑުން ގޭގަ ތިބޭ އެބަޔަކު އަމިއްލަ އައް އެބަޔކު ހަލާކުވަނީ.....

    8
    1
  2. ސަޓޯ

    އައްޑޫ ގޫބައްޑާތައް އަދިވެސް ރީނދޫ މުއްލާއަށް ވޯޓުދީ... ހައްހައްހާ