ދަރުމަވަންތަ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓަކު، އެތަނަށް ހިދުމަތް ހޯދަން ދިޔަ ޒުވާން އަންހެން ޕޭޝަންޓަކު ރޭޕް ކުރަން އުޅުނުކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ އައިޖީއެމްއެޗް ގައި މަސައްކަތް ކުރަމުން ދިޔަ ތެރަޕިސްޓަކު މިދިޔަ މަހުގެ 9 ވަނަ ދުވަހު، އެހޮސްޕިޓަލަށް ފިޒިއޯ ތެރަޕީ ހަދަން ދިޔަ 19 އަހަރުގެ އަންހެން ކުއްޖަކާއި މެދު ބަދުއަހުލާގީ އަމަލު ހިންގުމަށް މަސައްކަތް ކޮށްފައި ވާކަމަށެވެ.
އަދި މި މައްސަލަ ހުށަހެޅިފައި ވީނަމަވެސް، އޭނާ ހައްޔަރު ކޮށްފައި ނުވާކަމަށާއި، އެމައްސަލަ މިހާރު ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެމައްސަލަ އާއި ގުޅިގެން އެ އަންހެން ކުއްޖާ މިހާރު ބަލަހައްޓަމުންދާ ފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެކުއްޖާ ތެރަޕީ ހަދުމަށް ދިޔައީ މައިބަދައިގެ މައްސަލަ އެއް ހުންނާތީ ކަމަށާއި، އަދި އެއީ ދެވަނަ ދުވަސް ކަމަށެވެ. އެކުއްޖާ ބުނެފައިވާގޮތުގައި ފުރަތަމަ ވަނުމުންވެސް އަރޫން ނަމަކަށް ކިޔާ އެތެރަޕިސްޓު ކޮޓަރީގެ ދޮރު ތަޅުލި ކަމަށް އޭނާ މައުލޫމާތު ދިނެވެ.
"އޭނަ ގުޅާފަ ބުނީ، ތެރަޕިސްޓް ގަޔަށް އަރަން މަސައްކަތް ކުރީއޭ. އެންމެ ފުރަތަމަވެސް އޭނަ ވަނީމަ ޑޮކްޓަރު އިން ކޮޓަރީގެ ދޮރު ތަޅުލި ކަމަށް ވަނީ. އެއީ އަރޫން ކިޔާ ތެރަޕިސްޓެއް" އޭނާ ހިއްސާ ކުރިއެވެެ.
އަދި ތެރަޕިސްޓުގެ އަމަލުތައް ހުރި ގޮތުން އެކުއްޖާ ހުރީ ވަރަށް ބިރުގެންފައި ކަމަށާއި، އެމީހާގެ "ވަކިތަކުން" ސަލާމަތްވީ ފާހާނަ އަކަށް ދިއުމަށް ކަމަށް ބުނެ އޮޅުވާލައިގެން އެކޮޓަރިން ނިކުމެވުމުން ކަމަށް އޭނާ ހިއްސާކުރިއެވެ. އަދި ވަގުތުން ބެލެނިވެރިޔާ އަށް ގުޅި ކަމަށާއި އެވަގުތު ހޮސްޕިޓަލަށް ގޮސް ބެލި ބެލުމުން އެކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ވަކި އަޅާފައިވާތަން ފެނުން ކަމަށް އޭނާ ކިޔައިދިނެވެ.
"އެކަން ހިނގުމާއި އެކު ފާހަނަ އަށް ދަނީއޭ ކިޔާފަ އޭނަ ނިކުތް ކަމަށް ވަނީ. ދެން އަހަރެންނަށް ގުޅީމަ ގޮސް ބެލި އިރު ގައިގެ އެތަން މިތަނުގަ ހުރި ވަކި އަޅާފައި" އޭނާ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި ފުލުހުންނަށް ހާޒިރުވުމުން ފުލުހުން ވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެއަންހެން ކުއްޖާގެ ބަޔާން ނަގައިފައެވެ. އަދި ފުލުހުން ފަހުން ބުނެފައިވާ ގޮތުގައި އެތެރަޕިސްޓު ވަގުތުން ހައްޔަރު ކޮށްފައި ވާކަމަށާއި، ނަމަވެސް އޭނާ އަދިވެސް ހުރީ އައިޖީއެމްއެޗް ގައި ތެރަޕިސްޓެއްގެ މަގާމުގައި ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އޭނާަ ބުންޏެވެ.
މީގެ އިތުރުން އޭނާ ކިޔައިދީފައިވާ ގޮތުގައި އެކަން ހިނގުމާއި އެކު ހޮސްޕިޓަލަށް ގޮސް ތެރަޕިސްޓާއި ދެމެދު ހަމަނުޖެހުމެއް ހިނގިއެވެ. އަދި އައިޖީއެމްއެޗް އިން މަސައްކަތް ކުރަމުން ދަނީ އެކަން ފޮރުގައި ތެރަޕިސްޓް އަރޫން އާއި ދެމެދު ހިނގި ހަމަނުޖެހުން ބެލުމަށް ކަމަށްވެސް އޭނާ ތުހުމަތު ކުރިއެވެ.
މިކަމާއި ގުޅިގެން "ވަގުތު" އިން އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.
އިންޑިޔާ ފަސްޓް ޕޮލިސީ ތިއީ!
އިންޑިއާ މީހެއް ކަމަށް ތިވާނީ.
ގެރިންގެ އާއިލާ މީހުންގެ ފުރަތަމަ ރުކުނަކީ އަންހެނަކު ފެންނަ އިރަށް މޮޔަ ވުން. ތި ގެރި އާއިލާ މީސްމީހުން ނުވާނެ ތަނެއްގަ ތިޔަކަހަލަ މަގާމުތަކަށް ކުފޫ ހަމަވާ ބައެއް ނޫން ތީކީ. ސަރުކާރުން ވެއްޖެ ނުން މި ގެރިންތައް އެމީހުންގެ ގައުމަށް ފޮނުވަން. ކޮންފަދަ ބައްޔެއް
ވިހަން ދާއިރު ވެސް ފިރިހެނެކެވެ. ލަދުން ބޯހަލާކު ވިއެވެ. އަންހެން ވިއްސާ ޑޮކްޓަރުން ނުގެންނަނީ އެވެ.
މި ގުންޑާ ސަރުކާރަކުން ނުބަލާނެ އިންޑިޔާ މީހުންގެ މައްސަލައެއް. ގުންޑާ ސަރުކާރު އިސްތިއުފާ.
ތީހަމަ ތެދު ވާހަކައެއް. އަޅުގަނޑަށްވެސް ތި އަރުން ގެ ކިބައިން ކިރިޔާ ސަލާމަތް ވެވުނީ.
ފިރިހެނަކު އަންހެނަކަށް ފިޒިއޮދެންޏާ އިތުރު އަންހެނަކު ކައިރީގަ ހުންނަން ޖެހޭނެ.
ތިހެން ތި ވީ ކުރީ ސަރު ކާރުން އެޅި ހޮސްޕިޓަލެއް ވީ މާ
ތީ ކުރީ ސަރު ކާރު ކަމެއް
ދަރުމަވަންތަ ހޮސްޕިޓަލަކީ މިހާރުގެ ސަރުކާރަށް ހަަޖަމްނުވި ތަރައްޤީ..
ޢައިޖީ އެމް އެޗް ގެބައެއްގެ ގޮތުގަ ދަރުމަވަންތަ ހޮސްޕިޓަލް ހެދުމަކީ އޭގެ ހެއްކެއް.
ތިގޮތަށް ކޮމެންޓް ކުރުމުން އެގެނީ ތީވެސް ހަަމަ މީހެއް ނޫންކަން.
ހަހަހަހަ ތެދު ވާހަކައެއް.
އެހެންތާވާނީ ލާދީނީ ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގައި އަންހެނުންނައް ތެރަޕީދޭން މިދަނީ ފިރިހެނުންވިއްޔާ. އަދި އެއީވެސް ޣައިރު މުސްލިމުން. ލާދީނީ ބަޔަކު ނޫޅޭނެ އިސްލާމީ އުސޫލްތަކައް ހަމަ އެއްކަމެއް ފައްތާކައްވެސް.
އަޅުގަނޑަށް ވެސް ތިކަހަލަ އުނދަގުލެއް ކުރިމަތިވި އައި ޖީ އެމް ހޮސްޕިޓަލުން. ސްކޭން ކުރަން ހުރި ބޭރު ޑޮކްޓަރެއްގެ ފަރާތުން. ދޮންކޮށް ޗަބީކޮށް ހުރި މީހެއް އެއީ
މިހާރުކިޔަނީ ދަރުމަވަންތަހޮސްޕިޓަލްކޮމްޕްލެކުސް" އައިޖީއެމްއެޗްގެލޯގޯޖަހާފަ އެލޯގޯޖެހިދިދަނަގާފަ ހުންނަނީ ދެންކޮންދަރުމަވަންތަހޮސްޕިޓަލެކޭތިކިޔަނީ ތިޔަތަނަކީ މައިސަރުކާރުގެކަރުގަޖެހިފަހުރިކައްޓެއް ވޯޓުދިންހުރިހާމީހުންބާރަށްއަތްޖަހާ
ތިޔަވާނީ އިންޑިޔާ ގުންޑާޔަކަށް. އިންޑިޔާ މީހަކު މީހަކު މަރާލިޔަށް މިބައިގަނޑަށް މައްސަލައަކަށް ނިވާނެ.
ރަށުގަ އުޅޭގޮތަށް މިތާގަވެސް އުޅެން ފެށީދޯ؟
އައި.ޖީ،އެމް.އެޗް އިން ތިމަށްސަލަ އޮށްބާލަން އުޅުނީ ކީއްވެބާ!!