ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީގެ ޕާސަނަލް ސެކްރެޓަރީ، އާތިކާ އިބްރާހީމް ސަސްޕެންޑުކޮށްފިއެވެ.

އާތިކާއަކީ ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުވެސް މެއެވެ.

އޭނާ ވަޒީފާއަށް ނުނުކުމެ ގޭގައި މަޑުކުރަން މިއަދު އެންގީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާތިކާ ސަސްޕެންޑު ކޮށްފައިވަނީ ޑީޖޭއޭއިން ތަހުގީގު ކުރަމުންދާ އޭނާގެ މައްސަލައަކާ ގުޅިގެންނެވެ. އާތިކާ ސަސްޕެންޑް ކޮށްފައިވަނީ މާދަމާއިން ފެށިގެން، އެފަރާތުން ވަކި ގޮތެއް އަންގަންދެނެވެ.

މިފަހަކަށް އައިސް ޖޭއެސްސީ އާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ މެދު ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ. ޖޭއެސްސީއިން އަންނަނީ މިހާރުވެސް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް، ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއްވެސް ބަލަމުންނެވެ.

ޑީޖޭއޭ މިހާރު ވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ބެލެނިވެރި ފަރާތް ޖޭއެސްސީގެ ދަށަށް ގެނެވިފައެވެ. އެ ބަދަލުތައް ގެނެވިފައިވަނީ ރައްޔިތުންގެ މަޖިލީހުން އިސްލާހުކޮށްގެން ފާސްކުރި ޤާނޫނުތަކުގެ ތެރެއިންނެވެ. ކޯޓުތަކުގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ޑީޖޭއޭއިން މިހާރުވެސް ދަނީ ކުރަމުންނެވެ.

ޑީޖޭއޭ އިން ޝަރުޢީ ދާއިރާގެ އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކާ ހިތްހަމަނުޖެހި ޑީޖޭއޭއާ މުއާމަލާތް ނުކުރުމަށް ކޯޓުގެ ސެކްރެޓްރީ ޖެނަރަލަށް އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެފައިވާ މައްސަލައެއް މިހާރު ޖޭއެސްސީއިން ދަނީ އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    މިމީހުން ނޭވާހޮޅިއަށް އެޅިގެން މިއުޅެނީ، އެހެންވެ އަތުންފައިން ގޯސް މިހެދެނީ.

    84
    2
    • އައްދޯއި

      ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ

      74
      6
  2. މޮޔަެބެ

    މުޅިއޮޑީގައި އަންނިގެ ހަތަރެސް ފައި މަވާ ބޮޑު ބިރު ހުންނަނީ އޭތި ކަޑައެ ޑިމޮކްރަސިީ ދޮންވެ ފައްކަަަަަާވަނީ އެހެންގޮތަކަށް

    52
    3
  3. ާާާޢަލީ

    ދެންމަށަށްބުނެވޭނީ މަތިތިބިމީހުން އަންގާގޮތަމަށް ނޫންތަ؟؟ ތިޔާ ކިޔާނީ ސެ ކުރެޓަރިގެވާހަ ކަވިއްޔަ؟ ސާބަހޭ ދެންތިވަރު ޖޭދެބައިވެގެން ނޫޅުނަސްވާނެ ހިސާނޫ އިންސާނުންނަށް ކުކުޑަ ކުޑަ ބާރެއް ލިބުނަސް ހާދަފުއްޕައޭ؟؟؟ ކަލޭ އަބަދު ތިމަގާމުގަ ސޯލިހުގެ ވެރިކަމުގައެއްނޫން ދުނިޔެއޮންނާނީ ކީ!!! ތިހެންފުއްޕާފަ ތެޅެނި ކޮށް ވެރި ކަންވެއްޓުނީވެސް....ބޯބުރާންތިތަ ކެއް ތެޅޭހެން ތިތެޅެނީ ކީއްވެތަ؟؟؟

    47
    4
  4. ޚާލި

    ޕާސަނަލް ސެކެޓަރީ ވެސް ކަލޭމެން ނަށް ސަސްޕެންޑު ކުރެވޭތަ؟

    51
    2
    • ފާނަ

      އެ ކުރީނުން އެއީ ކީ ގޮތެއް ފޮތެއް އޮންނަ ބައެއްނޫނޭ ހަމައެއް ލަމައެއް ނޯންނާނެ...ހިތައިދޫމީހަ ކަށް ހުދުފޮށައެއް ލިބުނީމަ އުޅޭހެން...ވެއްޓިލެޑޭނެ ބާރަ ކަކށް..އިރާދު ކުރެއްވިއްޔާ...ބަލަންތިބެމާ

      30
      2
      • ައަހްމަދު

        ހިސާންހުސައިނަކީ ހިތާދޫ މީހެއް. އެހެންވެ ހުދުފޮށައެއްލިބިގެން އެއުޅެނީ.

        1
        1
      • ހުސެންއަފީ

        އިންޝާﷲ

  5. ނަސޭހަތް

    ހެޔޮނުވާނެ ތިހެން ނުފިރުކި ފިޔަވަޅުއަޅަންއުޅެގެން ކުރީފަހަރުވީގޮތައް ކަތިފިޔަވަޅެއްނާޅައްޗޭ އަދިމިސަރުކާރައްކިރިޔާ އަނހަރުވީ

    20
    2
  6. ސިކުނޑި

    ނިކަން ބާރަށް ހަޅޭލަވާފަ ހަޔާތް ކުޑަކޮށް ތެޅުނަސް ގާނޫނު އެނގޭ ކަމަކަށް ނުވާނެ! ރާއްޖެ ދުސްތޫރީ ނިޒާމުގެ ތަޖުރިބާއެއްނެތް މީހުން ގައުމު ހިންގަން އުޅެގެން ކުރިން ވެސް ބުއީ ބޮނޑި. މިފަހަރު ވެސް ބޯނެ!!

    30
    2
  7. ދޮހޮއްކޮ

    މި ކަމަނާއަކީ މީގެ މާކުރިން ފެށިގެން ފިޔަވަޅު އެޅިފައި ހުންނަންޖެހޭ ކަމަނާއެއް. މި ކަމަނާގެ ފާޓު ފުޅާކަމުން ފަނޑިޔާރުންނާ ހަމައަށް މިނޫން މުވައްޒަފުންގެ އަޑުއިވުނަ ނުދެއްވާ. މިއީ އަނެއްކާ ވަރަށް މައުސޫމް ދުވަހަކު ދޮގެއްހަދަންވެސް ހިތްޕުޅައްވެސް އަރާފައިވާ ކަމަނާއެއް ނޫން. ޑރ.ޑީޑީ ވެސް މިކަމަނާ އެއްޗެއް ވިދާޅުވެއްޖެތަ ދެން އެރައްދުވާ ފަރާތް އެއީ ކޮންމެ ބޭފުޅަކަށްވިއަސް ހޭވެސް އަހާނުލައްވާނެ. ވަގުތުން ފިޔަޅު އަޅަން އަންގަވާނީ. މިއީ ސުޕްރީމް ކޯޓުގެ ހިންގުން ކުރިއަށް އޮތްތަނުގައި ހަރުދަނާވެގެން ދާނެ ހަރުދަނާ ފިޔަވަޅެއްކަމަށް ފެންނަނީ. ސާބަހޭ ޑރ.ނަޒީރުގެ ޓީމް.

    3
    19
  8. ޚަދީޖާ

    މީނައަކީ ހަމަ އެކިޔާ ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުން ޗިޓް ހަދައިގެން ޑީޖޭއޭ އިން ވަޒީފާ ދީފައިވާ މީހެއް. އެހެންކަމުން އެޤަވާޢިދާއި ޚިލާފު ވީމައި ވަކިކުރެވޭނެއެވެ. އެއީ ކޮންމެހެން ސަރުކާރު ސިޔާސީ ވުމެއް ނޫނެވެ. މިނައަށް ހީވެފައިވަނީ ސުޕްރީމް ކޯޓަކީ މީނަގެ އައްޕަގެ ކޮމްޕެނީއެއް ކަމަށެވެ. އޮފީހަށް އަންނަނީވެސް ހިތުހުރި ގަޑިއަކަށެވެ.

    4
    22
  9. ފާއިޒު

    ކޮންމެވެސް ފަރާތަކުން މި މައްސަލަ ވެއްޖެ ހަމަޖައްސަން
    އެއް ގޮތަކީ ޖުޑިޝަލްސާރވިސް ކޮމިޝަނުގެ ފަރާތުން ކަންކަން ކުރާ ގޮތުން ޤައުމީ މަސްލަހަތު ގެއްލޭތީ އެ ކޮމިޝަން ސަސްޕެންޑްކުރުމަށް، ނުވަތަ ސްޕްރީމް ކޯޓުގެ ކަންކަން ބަލައި ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަކީ އެ ކޮމިޝަނުގެ އިހްތިޞާސުން ބޭރުގައިވާ ކަމެއްކަމަށް ކަނޑައަޅައި ދިނުމަށް އަމިއްލަ ފަރުދަކުނަމަވެސް ސްޕްރީމްކޯތަށް ހުށަހެޅުން.
    އަދި ހަމަ އެއާއެކު މަޖިލީހުން ސްޕްރީމްކޯޓާއި އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ބަލާނަމަ ނުވަތަ ކޯޓުތަކުގެ ޤާނޫނަށް އެއްވެސް ބަދަލެއް ގެންނަނަމަ އެކަމެއް މަޖިލީހަށް ހުށހެޅުމުގެ 3ދުވަސް ކުރިޔަށް އެމައްސަލަ ސްޕްރީމްކޯޓަށް ހުށހެޅުމަށާއި އެއިން ކަމެއް ކުރިޔަށް ގެންދިޔުމަށް ސްޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމުމުން މެނުވީ އެމައްސަލަ އާއި މެދުގައި މަޖިލީހުގައި އެއވެސް ވާހަކައެއް ދެއްކުން މަނާ އަމުރެއް ސްޕްރީމް ކޯތުން ނެރުމަށް ހުށަހެޅުން

    3
    1
  10. ލިިތިލިލް

    އޯކޭ!