ރާއްޖޭގެ އުތުރު ރަށެއްގައި ސްކޫލެއްގެ ޕްރިންސިޕަލަކު، އެ ސްކޫލްގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އުތުރު ރަށެއްގެ ސްކޫލެއްގެ ޕްރިންސިޕަލަކު ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ބުނެ ރޭގެ ވަގުތެއްގައި، މައްސަލަ އެއް ހުށަހަޅައިފައި ވާކަމަށެވެ. އަދި އެމައްސަލަ ބަލަމުން ދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިމައްސަލަ އާއި ގުޅިގެން އެސުކޫލުގެ ޕްރިންސިޕަލް ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ "ކަނޑައެޅިގެން" ދޮގެއް ކަމަށެވެ. އަދި އެއީ އޭނާ އަބުރު "ކަތިލުމަށް" ބަޔަކު ކުރަމުންދާ މަސައްކަތެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ޖެންޑާ މިނިސްޓްރީންވެސް އަންނަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޮނިފުހެޭ

    ކުޑަ ކުދިން ގިނަފަހަރަށް ހަދަަާނިިީ ތެދު މަޖުބޫރުވެގެން ނޫނީ ދޮގެއްނަހަދާނެ އެކުއްޖާގެ ކަންތައް އިހްލަަާސް ތެރިކަމަާއެކު ބަލައިދީ

    40
    1
  2. ޓަކަފިރޯށި

    ހެހެ ގުރުއާން ޓީޗަރަކު މައްޗަށް މިކަހަލަ ތުހު މަތެއް ކުރެވިއްޖިޔާ ނިކަންބާރަށް މިއުޅޭ މިނިވަން ފިކުރުގެ މީހުން ހަޅޭއްލަވާނެ

    25
    4
  3. ޢުބު

    ދޮގުނުހަދާ

  4. ބޮޑު ގޮހޮޑާ

    އެއީކީ ސްކޫލް ކުއްޖެއްވެސް ނޫން. ޢެމީހުން ރާވާއިގެން ކުރާ ކަމެއްތީ ﷲ އެބައި މީހުންގެ މަގްސަދުން ނާކާމިޔާބު ކުރައްވާށި!

    10
  5. އިޤާބު

    ތިޔަ ވާނީ އުމުރުން 23 އަހަރުގެ ކުޑަކުއްޖެއްކަމަށް

    8
    2