ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސ)ީ އިން އެމައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލައިފައިވާ ކޮމެޓީ އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން ވިދާޅުވީ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ބެލުމަށް ނިންމާފައި ވަނީ މިއަދު ކަމަށާއި އެހެން ނިންމެވީ، އާދަމް މުހައްމަދު ތަހުގީގަށް ހާޒިރު ނުވުމަށް ދައްކާފައިވާ އުޒުރަކީ ބަަލައި ނުގަނެވޭ އުޒުރަކަށް ވުމުން ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދު ތަހުގީގަށް ހާޒިރުވެވަޑައި ނުގަތުމަށް ނިންމާފައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައި ނުގަނެވޭން ކަމަށް ވިދާޅުވުމަށް ފަހުއެވެ. އޭނާ ވަނީ މީގެ ކުރިން ހިންގި ތަހުގީގީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންފައެވެ. އަދިި އޭނާގެ ވަކީލެއްގެ ގޮތުގައި މުހައްމަދު ޖަމީލް އަހުމަދު ހަމަޖެއްސެވި ނަމަވެސް ވަކީލު ބަލައި ނުގަނެވޭނެ ކަމަށް އާދަމް މުހައްމަދު ވަނީ ވިދާޅުވެފައެވެ.

އަދި ވަކީލު ބަލައި ނުގަތުމުގެ ސަބަބުން ދެތަހުގީގު ބައްދަލުވުން މިހާތަނަށް ވަނީ ކެންސަލް ވެފައެވެ. ފުރަތަމަ މަޖިލިސް ކެންސަލް ވެފައި ވަނީ ވަކީލު ބަލައި ނުގަތުމުގެ ސަބަބުންނެވެ. އަދި ދެވަނަ ބައްދަލުވުން ކެންސަލް ވެފައި ވަނީ ވަކީލު ބަލައި ނުގަތުމުން އިތުރު ވަކީލަކު ހަމަޖެއްސުމަށް މުހުލަތެއް ދިނުމުގެ ގޮތުންނެވެ.

މިކަމާއި ގުޅިގެން ޖޭއެސްސީ އިން މިއަދު ނެރު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ފަނޑިޔާރު އާދަމް މުހައްމަދު ތަހުގީގަށް ހާޒިރު ނުވުމަށް ނިންމާފައި ވަނީ ޖޭއެސްސީ އިން ކުރި އަމުރަކީ ބާތިލު އަމުރެއް ކަމުގައި ވުމުން ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ފަނޑިޔާރު އާދަމް މުހައްމަދު އެކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަން ޖެހޭ މައްސަލައެއް ކަމުގައި، ހަމަޖައްސާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.

އާދަމް މުހައްމަދުގެ އެދުމުގެ މަތިން ތަހުގީގު ބައްދަލުވުން މީގެ ކުރިން ވަނީ ޓީވީ އިން ދެއްކުމަށާއި މީޑިއާ ތަކާއި އާންމުންނަށްވެސް ވަދެވޭނެ ހެން ހުޅުވާލައިގެން ގެންދިއުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނައިންޓީ

    ފަނޑިޔާރު އާދަމް އަދި ކިރިޔާ ތިޔަ އެޅުއްވީ ރަނގަޅު ފިޔަވަޅު. ކޮންމެ އެއްޗެކޭ ކިޔައިން ފުއްޕިޔަސް ޖޭއެސްސީ ދަނީ ޤާނޫނާ ޚިލާފުން. ޖޭއެސްސީ މައިތިރި ކުރަން ޖެހޭ!

    3
    3
  2. ހަސަން ފުޅާ

    މި ޖއސީ އަކީ ހަމަ އެއް ލަމައެއް ބަލާ ބައެއް ނޫން.. މި މީހުން ނުރުހޭ ކޮންމެ ފަރާތަކީ ކުށްވެރި ޔަކަށް ހަދާ ބައިގަނޑެއް..ބާ ؟

    ޤާނޫނުން ނުލިބޭ ބާރުގެ ބޭނުން ހިފާކަން މިހާރު ގިނަރައިޔަތުންނަށް ވެސް ފާހަގަކުރެވޭނެ ؟

    ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ ރައިޔަތުން ބަސްބުނާ ދުވަހަށް މަޑު މިކުރަނީ..!

    މިހާރު މަޖިލީހާއި ޖޭއެސް ސީއަކީ އަންނިގެ (އެމްޑީޕީގެ) ހަރުގެ ތަކެއް ހެން ހީވަނީ..!

    1
    1