ރަސްމީ މަސައްކަތަށް ބުރޫ ނާރާހެން އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. އަތޮޅަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ރަޝީދުގެ ދަތުރުފުޅުގެ ތެރެއިން މ. އަތޮޅުގެ މީހުން ދިރިއުޅެމުންދާ ބައެއް ރަށްރަށަށް ވަޑައިގެން އެނާ ވަނީ އެރަށރަށުގެ ތިމާވެށީގެ ހާލަތުބައްލަވާލައްވާފައެވެ. މިނިސްޓަރ ރަޝީދުގެ ދަތުރުފުޅުގައި އެއަތޮޅުގެ ރަށްތަކަށް ވަޑައިގެން ދަތުރުފުޅުގައި ކޮޅުފުށި، މުލި، މުލައް، ވޭވަށް، ރަތްމަންދޫ، ނާލާފުށި އަދި މަޑުއްވަރީއަށް ޒިޔާރަތްކުރައްވައި އެއަތޮޅު ކައުންސިލާއި މ. އަތޮޅުގެ ރަށްތަށުގެ ރަށުކައުންސިލާއި ބައްދަލުކުރެއްވައިފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން މައުލޫމާތު ދެއްވިއެވެ.

އެބައްދަލުވުން ތަކުގައި މ. އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވާކަމަށާއި އެ މަޝްވަރާތަކުގެތެރޭގައި ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ކުނީގެ މައްސަލަ ދިމާވެފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވާކަމަށް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މިނިސްޓަރުގެ ސިލްސިލާ ދަތުރުފުޅުގައި މި މަހުގެ ތެރޭގައި ގދ. ތިނަދޫއަށް ވަޑައިގެން އެ ރަށުގެ ތިމާވެށީގެ ހާލަތު ބައްލަވާލައްވައި އެ މައްސަލަތަކާއި ގުޅޭގޮތުން ވަނީ ކައުންސިލާއި މަޝްވަރާކުރައްވާފައެވެ. އަދި އެ ދަތުރުފުޅުގައި ތިނަދޫއަށް ދިމާވެފައިވާ ފެންބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ފެންހިންދާ ނިޒާމު ޤާއިމުކުރުމަށް ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން އެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނެރޭޓަރެއް ބެހެއްޓުމުގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. އަދި ތިނަދޫގައި ސޯލާރ ފާމެއް ޤާއިމުކުރުމަށް އެ ރަށު ކައުންސިލާއެކު އެމްއޯޔޫ އެއްގައި ވަނީ ސޮއިކޮށްފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް ހުސައިން ރަޝީދު ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކީ ރަސްމީ މަސައްކަތްތަކަށް ބުރޫ ނާރާނެހެން ސަރުކާރުގެ ރަސްމީ ބަންދުދުވަސްތަކަށް ޝެޑިއުލް ކުރައްވައިގެން ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟަނީ

    ނަޖިހުން ހަކަތަ އުފައްދާނަމޭ ބުނި މޮޔަ މީހާ އެއްނުމީ

  2. ޖިންނި

    ތިމާވެއްޓޭ ކިޔާއިރު ރަތްމަންދޫ ، މަޑިފުށި ފަޅު އެއްކޮށް ހަލާކު ކޮށް ނިންމައިފި މިހާރު ރަތްމަންދޫ ވެސް ގިރަގިރާ އެ އޮންނަނީ އެންޓަނާ އާއި ދިމާލުން ވެސް

    4
    1
  3. ހުސްނު ނޫނު

    ނަޖިހުން ތޮށި ލެވޭނެ ދިރާސާއެއް ނުކުރިއްޔާވާ ރަގަޅު..