ޕްލޭނިން މިނިސްޓްރީގެ ދަށުގައި ތިބި އައްޑޫގެ ޕަބްލިކް ވޯކްސް ސައިޓުގައި މަސައްކަތްކުރާ 105 މުވައްޒަފެއްގެ ވަޒީފާ ގެއްލިއްޖެއެވެ.
މިއަދަށް ކޮންޓެކްޓް ހަމަވި 124 މުވައްޒަފުންގެ ތެރެއިން ވަޒީފާގައި ތިބުމުގެ ފުރުސަތު ލިބުނީ 19 މުވައްޒަފަކަށެވެ.
ޕްލޭނިން މިނިސްޓްރީގެ ދަށުގައި ތިބި އައްޑޫގެ ޕަބްލިކް ވޯކްސް ސައިޓުގައި މަސައްކަތްކުރާ 124 މުވައްޒަފުންގެ ވަގުތީ ކޮންޓްރެކްޓު ހަމަވެފައިވާއިރު ޕްލޭނިން މިނިސްޓްރީން ވަނީ އެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުމަށް ފޯމެއް ފުރުމަށް މުހުލަތެއް ދީފައެވެ. މުހުލަތު ހަމަވިއިރު އެ ފޯމު ފުރާފައިވަނީ 19 މުވައްޒަފުންނެވެ.
ސިވިލް ސާވިސް އަށް ބަދަލުވާން ގިނަ މުވައްޒަފުން ބޭނުން ނުވީ ސިވިލް ސާވިސް އަށް ބަދަލުވުމުން އާމްދަނީ ވަރަށް ބޮޑަށް ދަށްވާތީއެވެ. އަދި އުމުރުން 55 އަހަރުވެފައިވާ މުވައްޒަފުން ރިޓަޔާ ވާން މަޖުބޫރު ވާތީއެވެ. 55 އަހަރު ވެފައި ތިބި 19 މުވައްޒަފަކު އެތަނުގައި މަސައްކަތް ކުރެއެވެ.
ވަޒީފާ ގެއްލުނު މުވައްޒަފަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އާމްދަނީ މަދުވެއްޖެނަމަ އަނބިދަރިން ބެލެހެއްޓެން ނެތް ކަމަށެވެ.
"މިނިސްޓްރީން އެބަ ބުނޭ ފޯމެއް ފުރަން. އެކަމަކު އެފޯމު ފުރައިގެން ސިވިލް ސާވިސް އަށް ބަދަލުވެއްޖެ ނަމަ މިހާރު އަހަރުުމެންނަށް ލިބޭ އާމްދަނީއެއް ނުލިބޭނެ. އެހެން ވެއްޖިއްޔާ ކިހިނެއް އަހަރުމެންގެ އަނބިދަރިން ބަލަހައްޓަނީ. އަދި އޭގަ އެބަ އިނދޭ 55 އަހަރުގެ މީހުން ވަޒީފާއިން ވަކި ކުރާނެ ކަމަށްވެސް. އެހެން ވެއްޖިއްޔާ 19 މީހެއްގެ ވަޒީފާ އެބަ ގެއްލޭ" އޭނާ ބުންޏެވެ.
އޭނާ ބުނީ ސަރުކާރުން މިފަދަ ނިންމުން ނިންމާއިރު އާންމު ފަގީރު މަސައްކަތްތެރިންނާއި މެދުވެސް ވިސްނަން ޖެހޭ ކަަމަށެވެ.
ކުރީގެ ރޯޑް ކޯޕަރޭޝަންގެ މުވައްޒަފުންގެ ގޮތުގައި އެކި ރަށްރަށުގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން މި ސަރުކާރު އައި ފަހުން ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.
އައްޑޫ ކުދިންނޭ ބާރަށް އަތްޖަހާ...
ވަރައް ބަރާބަރު ހަހަހަހަހަ، މަ ވަރަށް ހިތް ހަމަޖެހިއްޖެ.
އާހިއްވަރާއެކު ގޮސް ކައުންސިލްއިންތިޚާބުގަ ވީހާވެސްގިނަބަޔަކު އެމްޑީޕީއައްވޯޓްދޭތި
ވ ދެރަ
ވޯޓުލީ ބީރު މަންމަނުންނަށް ހަމަ ސާބަސް........
އައްޑޫ މީހުނައް އެވަނީ ރަނގަޅައް ޔާމީން އެހާރަނގަޅައް ކަންތައް ކޮއްދިނީމާ ވެސް ހަރާން ކޯރުވި ބައެއްތީ
ކިހާ ރަނގަޅަކަށްތަ؟ އެސޮރުގެ 5 އަހަރުގެ ބަޖެޓު އެއީ ގާތްގަނޑަކަށް 130 ބިލިއަން ރުފިޔާ، ދައުރު ނިމުނުއިރު ކެންޕޭނަށްގޮސް ބުނީ 1 ބިލިއަން އައްޑޫއަށް ހަރަދުކޮށްފީމޭ. 130 އަކުން 1 ދިނީމަ އެއީ އޭނަގެ ނަޒަރުގަ އައްޑޫމީހުން ޝުކުރުވެރިވާންޖެހޭވަރު. ދެންއެކަމަކު އެކަމާވެސް އަތްޖެހި 3 ރޭ 3 ދުވާ ވަންދެން.
ހެޔޮ ވެރިކަމެއްގަ ތި ލިބުނީ ހައްގު މިންވަރު. ލާރި ކެޔޭބުނި ސަރުކާރުން ކޮންމެ ނަމެއްގަވިޔަސް މިހާރައްވުރެ ހާސްބައި ރަނގަޅު.
ކުދިންނޭ މާޔޫސްނުވެ ނުކުމެ މުޒާހަރާކުރޭ؛ ޑިމޮކްރެސީ ގައި ހައްގު ލިބޭނީ 1 އެކަކު ނަމަވެސް މުޒާހަރާކޮށް އިހުތިޖާޖްކޮށްގެން... ވަޒީފާއިން ވަކިކުރީމަ 105 އާއިލާ ބިކަވާނެ، ކިޔަވާކުދިންގެ ޓިއުޝަން ފީތަކާއި އަދި އެހެނިhެން ޚަރަދު ތައް. ވެރިކަމުގައި ތިބި ޖައްބާރުންނޭ..
ދިވެހިންގެ އެތައްބަޔަކު ވަޒީފާނެތި މަގުމަތީ ތިބިއިރު ވަޒީފާގައި ތިއްބެވި ބޭފުޅުން ކަޑާލަނީ އެއްވެސް ރަހުމެއްނެތީމަތޯ..
ވާޒީފާއިން ވަކިނުކުރާނެ މާލޭގެ އޮފީތަކުގަ އަދިކުންފުނިތަކުގަ އުޅޭހެން ރީނދޫކުލަ ކަޅުކުލާ ގަތިބޭނަމަ ސަރުކާރު ކުންފުނިތައްކާރި ހީވާނީ ބޭރުގައުމެއްގެ ޓެކްސީ ކިއުއެއްހެން ރީނދޫ ހެދުން އަދިޓައިއަޅާފަ ދުންއަރުވާލާއިރު ބައެއްފަހަރު ހީވޭމީހުން އަރާހެންވެސް ދުއްވަން ބޭރުގައުމު ތަކުގަ ޓެކްސީކުރާ ކާރުތަކުގަ ހުއްނާނީވެސް ރީނދޫކުލަ.
ސާބަހޭ ރައީސް ސޯލިހު ތީ ހަމަ ރައްޔިތުންގެ ފައިދާއާއި ލާބައަށް ކަންކުރައްވާ ބޭފުޅެއް އެންމެން ވަޒީފާއިން ވަކިކޮށްލާ އޯކޭވާނެ އެންމެ 105 މުވައްޒަފުންނެއްނުން މާދަމާ ހަދާނެއް ނުހުންނާނެ އޯކޭވާނެ ސާބަހޭ ރައީސް
ޥޯޓް ދީފަ ބަހައްޓާ، ދެން ގެޔަށް ގޮސް ރާ ޓީވީ ބަލާފަ އަތްޖަހަން ތިބޭ
ޢޯގާތެރި ސަރުކާރުން ރއްޔިތުމީހާ އަށް ކިހާ އޯގާތެރިތޯ،
ޔާމިން ސަ ރުކާ ރުގަ 435 ސިޔާސީ މީހުން. ނަމުން ސޯލިހު ކަމުން ޖައްބާ ރު ބުނީ މިސަ ރުކާ ރުގަ ހިލާ އެހެނެއް ނުވާނޭ ކިޔާޖޯކުޖެހިމީހުން މިހާ ރު މިސަ ރުކާ ރުގަ މިހާތަނައް 785 ސިޔާސީ މީހުން. އެވެސް ހުސްވަގުން
105 މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތަކުން ބާރަށް އަތްޖަހަމުން ދުވޭ އަވަހަށް ރީނދޫ ހަރުގެއަށް ލޯކަލް އިންތިޚާބުވެސް %100 އަށްވުރެ މަތިން މުޅިއައްޑޫއިން އެމްޑީޕީ މެންބަރުން ހޮވަން. ދެން އެމްޑީޕީ އިން ބުނެލާއިރަށް ގައުމުގައި ހުޅުޖަހަން.
ބަދަލުގައި އައްޑޫއަށް ތެޔޮހަމެއް.
މިވަރުން ފުދޭނު. ގަޅި އައްޑޫ ރައްޔިތުން. އެމްޑީޕީ އާއި ހެދި ހޭބަލުވާވަރަކަށް އެމްޑީޕީ އިން އައްޑޫ ފުނޑުފުނޑު ކުރަނީ.
ބާރަށް އަތްޖަހާ ބާރަށް.
އަދިވެސް މޑޕ އަށް ވޯޓު ދޭތި .. ދެން އަށްޖަހާ ބާރަށް..
މީ އޯގާތެރި ސަރުކާރެއް އެހެންކަމުން މިސަރުކާރުން ބޭނުމެއް ނުވީ ރައްޔިތުންލައްވާ ބުރަމަސައްކަތް ކުރުވަން އެހެންވެ އެމީހުން ބަލިފިލުވަން ގެއައްދިއުމައް ހުއްދަދިނީ