ސިނަމާލެ ބުރިޖާއި ގުޅޭ (ހައިވޭގައި) ހަލިމަގަގުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެކެވެ.

ފުލުހުން ވިދާޅުވީ، މިރޭ 22:40 ހާއިރު ހުޅުމާލެ ނިރޮޅު މަގުން އައިސް ހަލިމަގަށް އަރާ ހިސާބު ޓާމިނަލް ކައިރިން ސައިކަލާއި ބަހެއް ޖެހިގެން އެކްސިޑެންޓް ވެފައި ވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ނިޔާވީ އުމުރުން 51 އަހަރުގެ އަންހެނަކު ދުއްވަން އިން ސައިކަލުގެ ފަހަތުގައި އިން ކުއްޖާ ކަމަށާއި، އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށެވެ.

އަދި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އަންހެން މީހާ ގެންގޮސްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއަށް ޖިސްމާނީ ގޮތުން ގެއްލުމެއް ލިބިފައިނުވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މިޑީއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި، ސައިކަލަކާއި ބަސް ޖެހި އެކްސިޑެންޓް ވުމުން ބަސް މަޑުނުކޮށް ގޮސްފައިވާ ކަމަށާއި، ބަސް ހުއްޓުވާފައި ވަނީ ހަލިމަގުގައި ޔޫޓާން ނަގާ ސަރަހައްދުންނެވެ.

މި ހާދިސާ ހިނގިިއިރު، ބަސް ދުއްވަން އިނީ 54 އަހަރުގެ ފިރިހެނެކެެވެ. އޭނާއަށް މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    މިއޮތީ މަގުތައް އަމާންވެފަ. އެކް ސިޑެންތައް އާއު ސްމިނަގަޑަކަށް ވެފަ. ނިޔާވިކުޑަކުއްޖާގެ އާއިލާއަށް ކެތްތެރިކަންމިންވަރު ކުރައްވާށި. އާމީން

    103
    2
  2. ޖަހާންގީރު

    ފުލުހުންގެ ޒިންމާ ކޮބާ ކެމެރާ ކޮބާ ލާދީނީ ސަރުކާރުން ބަލަނީ މުރުތައްދުން ހިމާޔަތް ކޮށް ސިޔާސީ ވަޒީފާ އިތުރު ކުރެވޭތޯ

    99
    25
    • ކަލޯ

      ބަލަގަ ކޮންމެކަމެއް ސިޔާސީ ނުކޮއްބަލަ ދޯ..

      33
      52
    • ަަސ

      ކަލޯ. މީހަކު ބާރައް ދުއްވީމަވެސް ސަރުކާރު ދޯ ގޯސް ވީ. ކަލެޔައް ހެޔޮ ވިސްނުން ދެއްވާށި!!!

      55
      50
  3. ސޮނިފުހެޭ

    އާއިލާ އަށް ތައުޒިޔަާ ދަންނަވަން ކުޑަކުއްޖަކަށް މިފަދަ ކަމެއްދިމަާވީމަ ވަރަށް ދެރަވޭ

    70
    2
  4. ސުޢޫދު

    ވަރައްދެރަކަމެއް މާލެ އަތޮޅުގަ ހެދިފުރަތަމަ މަގުމީ އީ ރަގަޅު ފެންވަރެއްގަ ގިނަމީހުން ދުއްވަނީ މަޖީދީމަގުގަ ދުއްވާހެން ހަތަރުފުރޮޅުލީ އުޅަދުފަހަރުގެ ދެއަރިމަތިން ދެފުރޮޅުމަތީގަ މަގުގަ ކުރަހާފަ ހުރިލައިން ތަކައްބެލުމެއްނެތި ބޭރުމީހުން ބޭރުގައުމު ތަކުގަދުއްވާފަ ތިބިދިވެހިން ބަލާނީ ގަވާއިދު މަގުކުރަހާފަހުރި ގަވާއިދައްދުއްވަމުން އައްނައިރު މަޖީދީމަގު ދުއްވާގަވާއިދުން ބައެއްމީހުން އައްނާތީ ގިނައެކްސިޑެންޓްތައް ދިމާވާގޮއެތްވަނީ މިއަދުވެސް ގިނަހާދިސާތައްވަނީހިނގާފަ ނުރައްކާތެރި

  5. ޙަރުބަޖަން

    އެއްވެސް ގޮތަކަށް މަގުމަތީގަ އުޅުން މިހާރު މި ރާއްޖޭގަ ރައްކާތެރިއެއް ނޫން. ދުއްވާ އެއްޗިސް ދުއްވާ ގިނަ މީހުން ވަރަށް ފަރުވާ ކުޑަ. އެގޮތަށް ނުބަލާ އުޅޭ މީހުންނާ ހެދި ގިނަ ފަހަރަށް ބަލައިގެން އުޅޭ މީހުންނަށް ކަންތަކާ ދިމާ ވަނީ. ހިތައް އަރާ ކިތައް މީހުން އެކްސިޑެންޓް ތަކުގަ މަރުވެގެން ދާފަހުންބާއޭ މި މީހުންނަށް އެއްޗެއް ވިސްނޭނީ...

    59
  6. ޙުސޭން

    ބަސް ހުއްޓުވީ އެއަރޕޯރޓް ތެރެއިން

    30
  7. ރަމް

    ސޭޑް...

    24
  8. އެފް

    ދެރަކަމުގެ ކޮޅެއްނެތެވެ. އުއްމީދީ ލޮބުވެތި ދަރިއަކު އަހަރެމެންނާ ވަކިވެ ދިޔައީ އެވެ. އާއިލާ އަށް ކެއްތެރިކަން ދެއްވާ އެ ދަރިފުޅުގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވާށިއެވެ. އާމިން.

    28
  9. ާއަސްލަމު

    މަގުމަތި އަމާންވާނީ މަގުމަތީގައި އުޅަދުތައް ދުއްވާ މީހުން ހަމައިގަ ތިބެގެން.

    18
  10. ޝަރީފުބެ

    ދުއްވާ ސަވާރީއަށް އަރާއިރު އެކަމަށް އޮންނަ ޚާއްޞަ ދުޢާ ކިޔަން ހުރިހާ ސަވާރުންވެސް ހަނދުމަފުޅު ކުރެއްވުން ވަރަށް މުހިއްމެވެ. ރައްކާތެރިނ ކުރައްވާނީ މާތްﷲ ޞޥ އެވެ. ޔާﷲ މިފަދަ ހިތާމަވެރި ހާދިޘާތަކުން މި ދިވެހި މުޖުތަމަޢާއި އިސްލާމީ މުޖުތަމަޢު ސަލާމަތް ކުރައްވާނދޭވެ. އާމީން!

    25
  11. ޙަބީބު

    މިއޮތީ ކޮންކިރިޓް ތަރައްގީގެ އިންތިޒާމެއް ނެތްކަން

    1
    5
  12. ޓިނު ވަގު

    ފުލު ފުލުން މަގުތައް އަމާން...