ހުޅުމާލޭގައި އިތުރު އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެއެެވެ.

މިއެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ފިރިހެނަކަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 22:55 ހާއިރުއެވެ.

މަންޒަރު ދުށް މީހަކު ބުނީ، މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ކަހާލައިގެން ކަމަށެވެ.

އަދި އޭނާ ބުރިޖު ހުރަަސްކޮށް ހުޅުމާލެ ގޮސްފައި ވަނީވެސް ހެލްމެޓް ނާޅާ ކަމަށް އެ މީހާ ބުންޏެވެ.

އެ މީހާ އިތުރަށް ބުނީ، އެ މީހާ ބުރިޖު ފައިބައިގެން ސައިކަލު ދުއްވަމުން ގޮސް ޓްރީ ޓޮޕް ހޮސްޕިޓަލް އިންނަ މަގުންގޮސް ކޮންޓްރޯލް ނުވެ، އޭނާ އެރީ ޕޭމެންޓް މައްޗަށް އަރާ އޮތީ ގަސްތަކު ތެރޭގައިކަމަށެވެ.

މި އެކްސިޑެންޓުގައި އެ މީހާ ކަހާލައިގެން ގޮސް ވެއްޓުނުއިރު، އޭނާ ދުއްވަން އިން ސައިކަލު އޮތީ އޭނާއާ 50 ފޫޓު ދުރުގައި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި، އޭނާއަށް ލިބިފައި ވަނީ ކުދިކުދި އަނިޔާތަކެއް ކަމަށް އެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލްް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ފަލިކާއޮ

  ސަރުކާރުގެ ހަރަދު ގައި ގަވައިދާ ހިލާފު އަމަލު ކުރީ މަ ލިބޭ އަނިޔާ އަކާ ފަރުވާ ނުކުރެވޭނެ ނިޒާމެއ ހަދާބަލަ

  16
  1
 2. ފާއިޒް

  ވަރަށް ސަޅި ... ހުންނާނި ރާކަނިމަސް ކެވިފަ...

  20
 3. ތިމަންނަ

  ހޭބަލިވާ މީހުން މިހާރުން މިހާރަށް ގުރައިދޫއަށް ފޮނުވާލެވޭނެގޮތެއް ހަދައިގެން މެނުވީ ގައުމާ ރައްޔަތުންގެ ސަލާމަތެއް ނެތް

 4. އިމްތިހާން

  މި ފަދަ އަމަލު ހިންގާ މީހާ އަބަދުވެސް ސަލާމަތުން މިހުންނަނީ. މިވެސް ވަރުގަދަ އިމްތިޙާނެއް

 5. ހަމަހަމަ

  މިކަހަލަ އަމިއްލަ އެދުން ބޮޑު މީހުންގެ ސަބަބުން އެހެންމީހުންގެ ފުރާނައަށް ނުރައްކާ ވެ. ކުއް ވެރިން ޖޫރިމަނާކޮށް ލައިސަންސު އަތުލަންޖެހެ.