ހުޅުމާލޭ ބަސް ޓާމިނަލް ކައިރިން އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހިގެން ހިނގި ނުަރައްކާތެރި އެކްސިޑެންޓާއި ގުޅިގެން، އެ ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 10:40 ކަންހާއިރު އެވެ. މި އެކްސިޑެންޓުގައި، ސައިކަލުގައި އިން 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ.
ފުލުހުން ވިދާޅުވީ މިރޭ އެކްސިޑެންޓް ހިނގީ، ސްކޫޕީ ސައިކަލެއްގައި އެމްޓީސީސީ ބަހެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓުވުމުން، ބަސް މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުން ވަނީ ހައިވޭގެ ޔޫޓާން ނަގާ ސަރަހައްދުން ބަސް ހުއްޓުވާ، އެ ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، އެ ބަސް ދުއްވަން އިނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މި އެކްސިޑެންޓު ހިނގި މަންޒަރު ދުތް ބައެއް މީހުން ބުނީ، އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުން އައިސް، ހައިވޭއަށް އަރާ ހިސާބުން ހުޅުމާލޭ ބަސް ޓާމިނަލް ކައިރިން ކަމަށެވެ. އަދި އެ ސައިކަލުގެ ފަހަތުން އައި އެމްޓީސީސީ ބަސް ސައިކަލުގައި ޖެހުމާއެކު، ސައިކަލުގެ ފަހަތުގައި އިން 13 އަހަރުގެ އަންހެންކުއްޖާ ވަނީ ބުރައިގެން ގޮސްފައި ކަމަށްވެސް މަންޒަރު ދުތް މީހުން ބުނެއެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ނިޔާވީ އުމުރުން 51 އަހަރުގެ އަންހެނަކު ދުއްވަން އިން ސައިކަލުގެ ފަހަތުގައި އިން ކުއްޖާ ކަމަށާއި، އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށެވެ.
ވަރަށް މަތީގައި އުޅޭބައެއްތީ
އެކްސިޑެންޓުވި ބަސް ދުއްވި ޑްރައިވަރު ހައްޔަރުކޮށްފި
ވަރަށް ހިތާމަހުރި ކަމެެއް. ބަސް ދުއްވާ ގިނަ ޑްރައިވަރުން ތިބެނީ ސައިޒު އޮޅިފަ އެހެރަ ބަސް ދުއްވާލަނީ 80ކިލޯ މީޓަރަށް ވުރެން ބާރައް.. ފުކެއް ބޮޑުވަރެއްނު މީ.. މާ ފަރިތަ ބޮޑުވެގެން ތިމާމެން ވަރު ބަޔަކު ނެތިގެން.. އަޅުގަނޑު ކަމާބެހޭ އިދާރާ ތަކަށް ގޮވާލަން އެއްވެސް އުޅަނދެއްގެ ޑްރައިވަރެއްގެ އިހްމާލުން މީހެެއްގެ ފުރާނަ ގޮސްފި ނަމަ މަރުގެ ދިޔަ ނަގައިދިނުމާއެކު މަދުވެގެން 15އަހަރުގެ ޖަލު ހުމުކުމެއް އަންނަ ގޮތަށް ޤާނޫނު ބަދަލުކުރަން
ބުނާނީ ކީކޭ ދޯ
އެމްޓީސީސީ ބަސްތައް ދުއްވުން ހުއްޓާލަން ވެއްޖެ އެންނު ދެން. ރައްޔިތުންނަށް ހުރި ބޮޑު ބިރަކަށް ވެއްޖެ މިހާރު ތިކަންތަށް.
ހައިވޭއާއި ބްރިޖްގަ ބަސް ދުއްވަނީ 70 އަށް ވުރެވެސް ބާރަށް މިކަން ފެންނަނީ ކޮން ބަޔަކަށް މިކަން ހުއްޓުވެނީ ކޮން ބަޔަކަށް ، އަބަދުވެސް މި ފެންނަނީ ނުޤަވާއިދުން ޕާރކް ކޮށްފަ ހުންނަ ހުންނަ އުޅަނދު ތަކަށް އަދަބު ދީގެން ސަރުކާރަށް އާމްދަނީ ހޯދަދޭތަން، ޤަވާޢިދާ ޚިލާފަށް ދުއްވާއިރު ކުރެވޭ އެއްކަމެއްވެސް ނެތް، މިވަރަށް ޤާނޫނާއި ޤަވާޢިދު ބަޔަކަށް ތަންފީޒް ކުރެވޭނީ
މޓސސ ބަސް ދުއްވަނީ ވަރަށް ބާރަށް. ނުވެނުދާނެ ކަމެއް މި ދިމާވި. ވަރަށްވެސް ހިތާމަވެރިކަމެއް.
މޓސސ ވެސް ދޭތެރެ ދޭތެރެއިން ތިޔަ ބަސްތައް ދުއްވާ މީހުން ގަވާއިދުންތޯ ދުއްވަނީ ބެލޭނެ މެކޭނިޒަމެއް ގާއިމް ކޮށްގެންނޫނީ ސަލާމަތެއް ނެތް.
ބަސް އެކަނި އެއްނޫން ބާރު ސްޕީޑުގައި ދުއްވަނީ. ސައިކަލް ތައް ހީވަނީ ބުރިޖު މަތިން އުދުހޭ އެއްޗިސް ތަކެއްހެން. އެމްޓީސީސީ އަދި އެމްޕީއެލް ގެ ބަސްތައް ހުންނަނީ 50 އަށް ސްޕީޑު ލިމިޓް ކޮއްފައި. ބާރު ސްޕީޑުގައި ދުއްވާއިގެނެން ނޫން ހަމަ އެކަނި އެކްސިޑެންޓް ހިނގަނީ. ތިޔަބުނާ ބަސް ޑުރައިވަރުންނަކީ ބަސް ދުއްވުމުގެ ޑއުޓީ ނިމުމަށްފަހު ކާރުގަ ޓެކްސީ ކޮއްގެން އިތުރު އާމްދަނީ ހޯދާއިގެން އުޅޭ ބަޔެކޭ ލީބޭ ކުޑަމުސާރައިން އަނބިދަރިން ގޮވާއިގެން މާލޭގަ ނޫޅެވޭތީވެ. ދެން އެވަރުބަލި ކަންމަތީގަ އަނެއްފަހަރު ބަސް ދުއްވަން އެރީމަ ނިދިޖެހިޖެހި ހުންނަނީ މީހާ ވާނުވާ ނޭނގޭ ވަރުގަ. ދެން ކިތަންމެ މަޑުން ދުއްވާފަ ގޮއްސަ ސައިކަލެއްގަ ޖެހުނަސް އެސައިކަލެއްގަ ހުންނަ މީހާ ދާނީ ބުރާއިގެނެންނު.
އިންސާނުން ވަރުބަލި ވވވީމަ ނިދި ވެސް ޖެހޭނެ. ޢެހެންނޭ ކިޔާފަ ނިދި އައިސްފަ ހުރިއްޔާ ބަސް ނޫން އެހެން އުޅަނދުތަކަށް ވެސް ނާރަން ވީ. އެހެން ނޫނީ މިކަހަލަ ކިތަންމެ ހިތާމަ ވެރި ހާދިސާއަކާ ކުރިމަތި ލާން ޖެހޭނެ
އޭބަލަ މިހި ރަގަމާ ރުމީހާ. ކަލެއަކަށްނޭގޭތަ ބަސްއައިސް ފަހަތުންކަމެއް ޖެއްސީ. ކޮންބަހަނާ އެއް. ވަ ރުބަލިވެހު ރެ ގޮސް ވެމްކޯ ކުނިއުކާބަލަ ކާ ރުނުދުއްވާ މީހުންމަ ރަން.
ބަންދު ކުރުމަކުން ނުފުދޭ. މާދަމާ އިންނާނީ އެއަށްވުރެ ބޮޑު އިހުމާލަކުން ބައެއްގެ ފުރާނަ ގެއްލޭ ވަރުގެ ކަންކަން ކުރަން ފުރުސަތު ލިބޭ މަގާމެއްގައި. މިފަދަ ކަންކަމުގައި މަރުގެ ދިޔަ ނަގައިދުމަށް ފަހު އުމުރު ދުވަހު ޖަލަށް ނުވަތަ ނުވަތަ މަރަށް މަރު ހިފުމަށް ފެނޭ.
ޢާއްމުކޮށް ބަސް ދުއްވާ ސްޕީޑް ވަރަށް ބާރުކަން ފާހަގަ ކުރަން، ބުރިޖުގަ ކެމެރާ ހަރުކުރަން އުޅުނީ ޕޮލިހުން ކަމަށް މަޢުލޫމާތު ލިބޭ، އެމަސައްކަތް ހުއްޓިފައިއޮތީ ކިހިނެތް ވެގެންތޯ؟
މާފަންނު ސްޓޭޑިއަމް ކުރިމަތީ ހުންނަ ޓްރެފިކް ޕޮލިހާއި އި ސްކަންދަރުކޮށި ކުރިމަތިން ގްރޫޕް ހަދާފައި ބާރުބާރަށް ސައިކަލް ދުއްވާއިރު ވެސް ކުޅިބަލަން ދެން އަދި ކިހިނެއް އެހެންނތަނެއް ހުއްޓުވޭނީ
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
މާތް اَللّٰهُ , މައްޔިތާ އަށް ސުވަރުގެ މިންވަރު ކުރައްވާންދޭވެ. آمیـــــــــــــن.
ކޮންމެފަހަރަކުވެސް އެކްސިޑެންޓްވި ވާހަކަ ... ފުރާނަ ދިޔަވާހަކަ.. ހަބަރުތަކުން މިފެންނަނީ.
އެއްވެސްފަހަރަކު އެއްވެސް އެކްސިޑެންޓެއްގައި އެ ހާދިސާ ދިމާވަން މެދުވެރިވިގޮތް އިންވެސްޓިގޭޓް ކޮށް އެކަމާ ބެހޭޮތުން ރިޕޯޓްއެއް ހަދާފައި ޝާއިރު ކުރެވިފައި ނުވެއެވެ. އަދި އެހާދިސާ ހިގަން މެދުވެރިވީ މިހެންކަމާ .... މިފަދަ ކަންކަމަށް .... މިފަދަ ހާލަތްްތަކުގައި ސަމާލުވާންވީ ކޮންކަންތަކެއްކަން ރައްޔިތުންނަށް މީސްމީޑިއާއިން ހޭލުންތެރި ކުރުވުން އެއީ ވަރަށް މުހިންމު ކަމެއްކަމަށް ދެކެން. އަދި ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި ޤަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުއްވުމަށް މިފަދަ ކަންކަމާބެހޭ މުއައްސަސާ ތަކަށް ގޮވާލަން. އަދި އެ ޝަރީއަތް ނިމުނުގޮތް ރައްޔިތުންނަށް ހިއްސާ ކުރުމަކީވެސް ވަރަށް މުހިންމު ކަމެއްކަމުގައި ދެކެން. ޝުކުރިއްޔާ.
ތި ޑުރައިވަރައް ވެސް ވާނީ ނިދިފަ..
އަބަދުވެސް ތި ބަސްތައް ދުއްވަނީ ވަރަށް ބާރަށް މިކަން ހުއްޓުވަން ޖެހޭ، އެޔޮއް ބޮޑު ބަސް އޯވަރޓޭކަށް އަރާކަށް ނުޖެހޭ.
ކޮބާ، ބިރިޖު އެޅީމަ ވީ ގޮތް ތީ. އެސަރުކާރުން ނުކުރޭ ރަނގަޅު އެއްކަމެއްވެސް.
ބަސް ދުއްވަން ވަކިން މަގެއް އޮއްނަ ނަމަ ކިހާ ރަނގަޅު.. ހަމަ އެކަނި ބަސް ދުއްވަން.. ދެން ކާރު ސައިކަލައް ވަކިން އެހެން މަގެއް.. އެގޮތައް ބައި ބައި ކޮއްފަ ހުއްނަ ނަމަ ވަރައް ސޭފް ވީސް.
އެއްވެސް ދުއްވާ އެއްޗެއް ނުދުއްވޭ ގޮތަށް އުމުރު ދުވަހަށް ލައިސަންސް އަތުލާފަ ބާއްވާތި. މީހެއްގެ ފުރާނަ އެދިޔައީ.